އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް
Loading...
Date
2009-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މި މަސައްކަތަކީ ދިވެހިބަހުގެ ޑިގްރީކޯސް-3ގެ ފދަރިވަރުން ރިސަރޗް ޕްރޮޖެކްޓް (އަތްދިށު ތަޙުޤީޤް) މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތައް ދަރިވަރު ބޭނުން ދާއިރާއަކުން ބޭނުން މައިގަނޑު ނަމެއް ނެގުމުގެ ފުރުޞަތު ލިބިދީފައިވެއެވެ. މިގޮތުން ލިބިދީފައިވާ ފުރުޞަތުގައި އަޅުގަނޑު ނެގި މައިގަނޑު ނަމަކީ "ދެޖިންސުގެ ކުޅުންތެރިން ޤައުމީ ފެންވަރުގާ ވާދަ ކުރާ ކުޅިވަރުތަކުގައި ފިރިހެން ކުޅުންތެރިންގެ ކުޅިވަރުތަކާ އެއްފެންވަރެއްގައި އަންހެނުންގެ ކުޅިވަރުތައް ތަރައްޤީ ނުވަނީ ކީއްވެތޯއެވެ." މިއީ ދިރާސާކޮށްގެން ރިޕޯޓެއް އެކުލަވާލަން ޖެހޭ މަސައްކަތަކަށް ވާތީ މި މަސައްކަތް ކޮށްފައި ވާނީ އަންހެނުންގެ ކުޅިވަރު ތަރައްޤީ ވުމުގައި ކުރިމަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ލިޓްރެޗަރ ރިވިއު ހެދުމަށްފަހު ކުޅިވަރާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ ބަސްދީގަތުމާއި، އޮބްޒަވޭޝަނާއި، ކޭސް ސްޓަޑީޒް އަދި ސާވޭ ފޯމް ފުރާފައި ވާނެއެވެ. މި މަސައްކަތް އެކުލަވާލާފައި ވާނީ މިދެންނެވި ކަންތައްތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށެވެ.
ޤައުމީ ފެންވަރުގާ ދެޖިންސުންގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަކުން ފިރިހެނުންނާ އެއްފެންވަރަށް އަންހެނުންގެ ކުޅުން ތަރައްޤީ ނުވާކަމަށް މި ދިރާސާެގެ ހޯދުންތަކުން ތަފާތު އެތައް ސަބަބުތަކެއް ފާހަގަ ކުރެވުނެވެ. ނަމަވެސް ދިރާސާގެ ނަތީޖާ ކަނޑައެޅުމުގައި ބެލީ އެ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ޤަބޫލު ކުރާ، އަދި އެސަބަބުތަކުން އަންހެނުންގެ ކުޅުން ތަރައްޤީ ނުވުމަށް އެންމެ ބޮޑަށް ހުށައެޅޭ ސަބަބުތަކަށެވެ. ޤައުމީ ފެންވަރުގާ ދެޖިންސުގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަކުން ފިރިހެނުންނާ އެއްފެންވަރަށް އަންހެނުންގެ ކުޅުން ތަރައްޤީ ނުވަނީ އަންހެން ކުޅުންތެރިންނަށް ކުޅިވަރު ފަރިތަ ކުރެވޭ މިންވަރު މަދުވުމުންނާއި، މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ކުޅިވަރު ފަރިތަކުރެވޭ މިންވަރު މަދުވުމުންނާއި، މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ބައިވެރިވެވޭ މިންވަރު މަދުވުމުންނެވެ. އަދި އަންހެން ކުދިން ކުޅުވަރު ކުޅުމަށް މުޖުތަމަޢުން ހިތްވަރުދޭ މިންވަރު ކުޑަވުމާއި އަންހެން ކުޅުންތެރިންނަށް ކުޅިވަރުގާ ދެމިތިބެވޭ މުއްދަތު ކުރުވުމުންނެވެ. މީގެއިތުރުން ކުޅިވަތުކުޅޭ ގިނަ އަންހެން ކުޅުންތެރިން އެއްކުޅިވަރަށްވުރެ ގިނަ ކުޅިވަރު ކުޅުމާއި، މުސާރައިގެ ގޮތުގައި އަންހެން ކުޅުންތެރިންނަށް ލިބޭ އާމްދަނީ މަދުވުންއެއީވެސް އަންހެނުން ކުޅުންތެރިންގެ ކުޅުން ތަރައްޤިނުވާ ސަބަބުތަށްކަމަށް ދިރާސާގެ މަސައްކަތުން ފާހަގަކުރެވުނު ސަބަބުތަކެވެ.
Description
Keywords
އަންހެނުންގެ ކުޅިވަރު, ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް, ދެޖިންސުގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަ
Citation
Haleem, I. (2009). Anhenunge kulhivaru tharahgeevumugai kurimathivaa dhathithah. Male', Maldives College of Higher Education.
އިބްރާހިމް ޙަލީމް. (2009). އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
އިބްރާހިމް ޙަލީމް. (2009). އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
