Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/887
Title: 1900 މ. އިންފެށިގެން ދިވެހި ބަހުގައި ބޭނުންކުރަމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮނަކަހަލަ ބަދަލުތަކެއް ހެއްޔެވެ؟
Other Titles: 1900 meelaadheen feshigen dhivehibahugai beynunkuramun anna lafuzuthakuge therein maanaah bodathi badhaluthah aisfaivaa ebahurihehyeve? Hurinama efadha lafuzuthakuge maanaah aisfaivanee konkahala badhalu thakeh hehyeve?
Authors: Zahiyya, Fathimath
ފާތިމަތު ޒަހިއްޔާ
Keywords: ލަފުޒުތައް
މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ
ލަފުޒުތަކުގެ މާނަ
ލިންގްއިސްޓިކް މަރުހަލާ
އެެކްސްޓްރާ ލިންގްއިސްޓިކް މަރުހަލާ
ލިންގްއިސްޓިކް ޢިލްމު
linguistics
phrases
changes to the meaning
extra linguistics
Issue Date: 1-Nov-2011
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Zahiya, F., (2011). 1900 meelaadheen feshigen dhivehibahugai beynunkuramun anna lafuzuthakuge therein maanaah bodathi badhaluthah aisfaivaa ebahurihehyeve? Hurinama efadha lafuzuthakuge maanaah aisfaivanee konkahala badhalu thakeh hehyeve?
ފާތިމަތު ޒަހިއްޔާ. (2011). 1900މ. އިންފެށިގެން ދިވެހި ބަހުގައި ބޭޏުންކުރަމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮނަކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ . މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިދިރާސާއަކި 1900މ.އިން ފެށިގެން ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ލަފުޒުތައް ހުރިތޯ ބަލައި، އެކަން ދެނެގަތުމަށާއި ހުރިނަމަ އެފަދަ ލަފުޒުތަކުގެ މާނައަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަތުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން މިދިރާސާ ކުރިއަށްގެންދިއައީ ކޮލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ބިނާކޮށް އިންޑަކްޓިވް އެޕްރޯޗްއަށެވެ. އަދި ހަމައެހެންމެ، މިދިރާސާއަކީ ޑޮކިއިމެންޓޭޝަން އިންޓަރވިއުގެ އެހީގައި މަޢްލޫމާތު އެއްކޮށްގެން، ތައްޔާރުކޮށްފައިވާ ދިރާސާއެއްވެސް މެއެވެ. ދިރާސާއިން ހޯދި ހޯދުންތަކުގެ މައްޗަށް ބަލާއިރު، 1900މ. އިން ފެށިގެން ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ލަފުޒުތަކުގެ ތެރެއިން މާނައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ 15 ލަފުޒު ފާހގަކުރެވިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މާނަ ފުޅާވެފައިވާ 6 ލަފުޒާއި މާނަ ހަނިވެފައިވާ 3 ލަފުޒެވެ. އަދި އަގު ދަށްވެފައިވާ 4 ލަފުޒާއި އަގު މަތިވެފައިވާ 2 ލަފުޒު ފާހަގަ ކުރެވިފައިވެއެވެ. ހޯދުންތަކުން ފާހަގަކުރެވުނު ލަފުޒުތަކަކީ 'ލިންގްއިސްޓިކް މަރުހަލާ' އާއި 'އެކްސްޓްރާ ލިންގްއިސްޓިކް މަރުހަލާ' ގެ ތެރެއިން، ޑައިކްރޯނިކް (ޒަމާންތަކެއްގެ ތެރެއިން އަދި ސިންކްރޯނިކް (އެދުވަސްވަރެއްގެ އާއްމު ވާހަކަދެއްމުގެ ތެރެއިން ) މާނައަށް ބަދަލުއައިސްފައިވާ ލަފުޒުތަކެއްކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، ޖުމުލަކޮށް ބަލާއިރު މި ދިރާސާގައި ފާހަގަކޮށަފއިވާ 15 ލަފުޒަކީ ވެސް، ލިންގްއިސްޓިކް ޢިލްމުގައި މާނަ ބަދަލުވުމުގެ މަރުހަލާތަކުގެ ދަށުން، މާނައަށް ބަދަލުއައިސްފައިވާ ލަފުޒުތަކެއްކަން ހޯދުންތަކުން ފާހަގަކުރެވުނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/887
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Fathimath Zahiyya.pdf1.58 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.