ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައް

Loading...
Thumbnail Image

Date

2011-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

މިދިރާސާއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެއްވާ ކަމަށް ޤަބޫލުކުރެވޭތީ، ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ފޮނޮލޮޖިކަލް ގޮތުން ހުންނަ މައިގަނޑު ތަފާތުތައް ހޯދުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާއަމާޒުކުރެވިފައިވަނީ ހަމައެކަނި މާލެ އަށެވެ. އެހެނީ، މި ދިރާސާކޮށްފައިވަނީ ހަމައެކަނި މާލެއިން ސާމްޕަލް ނަގައިގެން ކަމަށް ވާތީ އެވެ. އެހެންކަމުން، މި ދިރާސާގައި ބަލާލާފައިވާނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިތޯ އާއި ތަފާތު އަންނަން މެދުވެރިވަނީ ކީއްވެގެންތޯއެވެ. އަދި ހަމައެއާއެކު، ކުޑަކުދިންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ ސިލަބަލް ސްޓްރަކްޗަރ ތަކަކީ ކޮބައިތޯ ވެސް ބަލާލާފައިވާނެއެވެ. މި ކުރިއަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މިދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ކުޑަކުދިންގެ ތެރެއިން، ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ 10 ކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 10 މީހުންނެވެ. މި ދިރާސާެގެ އަލީގައި ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑުގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތައް ހޯދާފައިވާނެއެވެ. އަދި ހަމައެއާއެކު، ދިރާސާއިން ފާހަގަވެގެންދިޔަ ކަމަކީ، ކުޑަކުދިންގެ ވާހަކަދެއްކުމުގައި އަޑުތައް ބޭނުންކުރާ ގޮތަށް ބަދަލުގެނައުމަށްޓަކައި ތަފާތު އުސޫލުތަކެއް ބޭނުން ކުރާކަމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުން ތަފާތު ފާހަގަވެގެންވަނީ، ކުޑަކުދިން މި އުސޫލު ބޭނުންކުރާތީއެވެ. ކުޑަކުދިންގެ ވާހަކަދެއްކުމާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކުގެ ސަބަބުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރ އަދި ޕުލޭސް އޮފް އާޓިކުލޭޝަން އަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ކުޑަކުދިންގެ ވާހަކަދެއްކުމުގައި ތަފާތު ސިލަބަސް ސްޓްރަކްޗަރ ތަކަކަށް ފެތޭ ގޮތަށް ލަފުޒުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަވެގެންދިޔައެވެ.

Description

Keywords

ކުޑަކުދިންނާއި ބޮޑެތި މީހުން, ވާހަކަދެއްކުމުގެ ތަފާތު, ފޮނޮލޮޖިކަލް, ފޮނޮލޮޖިކަލް ތަފާތުތ, ދިވެހިބަހުގެ ޤަވާއިދު, ދިވެހިބަސް, ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރ, ޕުލޭސް އޮފް އާޓިކުލޭޝަން, ސިލަބަސް ސްޓްރަކްޗަރ

Citation

Zakariyya, N. (2011). Dhivehi kudakudhinnaai bodathi meehunge vaahakadhehkumugai maigandu gothehgai hunna fonological nuvatha aduthakuge thafaathuthah. Male', Maldives College of Higher Education.
ނައުފާ ޒަކަރިއްޔާ. (2011). ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައް . މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

Endorsement

Review

Supplemented By

Referenced By