ދިވެހިބަހުގައި ބޭނުންކުރެވޭ "އިނުން" މި ލަފްޒް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގެ ސެކަންޑަރީ ސްކޫލުތަކުގެ ގުރޭޑް 8،9 ގެ ކުދިން ބޭނުން ކުރޭ ހެއްޔެވެ؟ ބޭނުންކުރާ ނަމަ އޭގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟

dc.contributor.authorNasiha, Fathimath
dc.contributor.authorފާތިމަތު ނާޞިޚާ
dc.date.accessioned2018-03-19T08:21:17Z
dc.date.available2018-03-19T08:21:17Z
dc.date.issued2014-11-01
dc.description.abstractމި ދިރާސާއަކީ ދިވެހިބަހުގެ ޤަވައިދުގައި ބޭނުންކުރެވޭ "އިނުން" މިލަފްޒު ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގައި ހިންގަމުންދާ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 8، 9 ގެ ކުދިން ބޭނުން ކުރޭތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. އަދި ބޭނުންކުރާ ނަމަ އޭގެ ސަބަބުތައް ދެނެގަތުމެވެ. ހަމަމިއާއެކު އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ގިނަބަޔަކު ބޭނުންކުރަމުންދާނަމަ ކުރިމަގުގައި މި ޤަވައިދަށް ކުރިމަތިވެދާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަން ބެލުމަށްޓަކައި މި ދިރާސާ އަމާޒުކުރެވުނީ ދެ ދާއިރާއަކަށެވެ.އެއީ ސްކޫލު ދަރިވަރުންނާއި މުދައްރިސުންނެވެ. މިގޮތުން ސްކޫލުގެ ދަރިވަރުންނަށް ސާރވޭ ފޯރމެއްދީގެން އެދަރިވަރުން "އިނުން" މިލަފްޒު ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ އެއްގޮތަށް ބޭނުންކުރަން އެނގޭތޯއާއި ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ބަލާފައިވާނެއެވެ. އަދި "އިނުން" ބޭނުންކުރަންޖެހޭ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތައް ވެސް "އިނުން" ބޭނުން ކުރަމުންދާ ކަމަށް ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް ބެލިބެލުމުން އެނގިގެން ދިޔައީ "ހަތަރު ފައިޖަހައިގެން އުޅޭ ތަކެއްޗަށް" އޮތުމުގެ ބަދަލުގައި ދިރާސާގައި ބައިވެރިވި ހުރިހާ ކުދިންވެސް ބޭނުންކޮއްފައިވަނީ "އިނުން" ކަމެވެ. ކުރެވުނު ސަރވޭއިން "އިނުން" މި ޤަވާއިދަށް ކުރިމަގުގައި ކުރިމަތިވެދާނެ މައްސަލަތަކާ ދަރިވަރުންނަށް "އިނުން" ބޭނުންކުރެވޭ މިންވަރު އެނގިގެންދިޔައެވެ. އަދި ސަރވޭ ފޯރމުތަކާ އިންޓަވިއުތަކުން ލިބުނު މަޢުލޫމާތުތަކުން "އިނުން" އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާންމުވާން ދިމާވާ ސަބަބުތައް ހޯދުނެވެ. އެގޮތުން އެންމެ ގިނަ ފަރާތްތަކުން ހާމަކޮއްފައިވަނީ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވަކިހަމައެއްނެތި "އިނުން" ބޭނުންކުރުން ޢާއްމުވާން ދިމާވާ އެއް ސަބަބަކީ މީޑިއާކިމުގައި ދިރާސާއިން ހާމަވިއެވެ. މުޅި ދިރާސާއިން ފާހަގަކުރެވުނު އެއްކަމަކީ، ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދުގައިވާ "އިނުން" ބޭނުންކޮއްގެން މި ދިރާސާގައި ބައިވެރި ހުރިހާ ދަރިވަރުންގެ ވާހަކަދެއްކުމުގައި 100 ޕަސެންޓު ޖުމުލަ ބޭނުންކޮއްފައިވަނީ ނުބައިކޮށް ކަމެވެ.en_US
dc.identifier.citationNasiha, F. (2014). Dhivehi bahugai beynunkurevey “innun” milafuzu Dhivehi bahuge ekhashaalhaafaivaa qavaaidhaa hilaafah Maleyge sekandary sukooluge gureydu 8, 9 ge kudhin beynun kurey hehyeve? Beynunkuraa nama eyge sababuthakake kobai hehyeve? Male', Maldives National University.en_US
dc.identifier.citationފާތިމަތު ނާޞިޚާ . (2014). ިވެހިބަހުގައި ބޭނުންކުރެވޭ "އިނުން" މި ލަފްޒް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގެ ސެކަންޑަރީ ސްކޫލުތަކުގެ ގުރޭޑް 8،9 ގެ ކުދިން ބޭނުން ކުރޭ ހެއްޔެވެ؟ ބޭނުންކުރާ ނަމަ އޭގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/992
dc.publisherFaculty of Arts, Maldives National Universityen_US
dc.subjectއިނުންen_US
dc.subjectދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށްen_US
dc.titleދިވެހިބަހުގައި ބޭނުންކުރެވޭ "އިނުން" މި ލަފްޒް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގެ ސެކަންޑަރީ ސްކޫލުތަކުގެ ގުރޭޑް 8،9 ގެ ކުދިން ބޭނުން ކުރޭ ހެއްޔެވެ؟ ބޭނުންކުރާ ނަމަ އޭގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehi bahugai beynunkurevey “innun” milafuzu Dhivehi bahuge ekhashaalhaafaivaa qavaaidhaa hilaafah Maleyge sekandary sukooluge gureydu 8, 9 ge kudhin beynun kurey hehyeve? Beynunkuraa nama eyge sababuthakake kobai hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
FATHIMATH NASIHA.pdf
Size:
1.62 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: