ދިވެހި ބަހުގައި ކަމުުގެ ލަފުޒުތަކުގެ އަޞްލަކީ މަޞްދަރު ހެއްޔެވެ؟

Loading...
Thumbnail Image

Date

2013-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

Abstract

މި ދިރާސާއަކީ، ދިވެހި ބަހުގައި ކަމުގެ ލަފުޒުތަކުގެ އަޞްލަކީ، މަޞްދަރުތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް ކުރެވުން ދިރާސާއެކެވެ. މި ގޮތުން ދިވެހިބަހުގައި ކަމުގެ ލަފްޒުތަކުގެ އަޞްލަކީ ކޮބައިކަމާ މެދު މިހާތަނަށް އާންމު ވެފައިވާ ތިން ރައުޔުގެ މައްޗަށް ބަލައިލައިފައިވާނެއެވެ. މި ދިރާސާގައި ބޭނުން ކުރި ދިރާސާ މެތެޑަކީ މިކްސްޑް ޕެރެޑައިމް މެތެޑެވެ. މިސްކްޑް ޕެރެޑައިމްގެ ދަށުން އިންޑަކްޓިވް އަދި ޑިޑަކްޓިވް އެޕްރޯޗެވެ. މިކްސްޑް ޕެރެޑައިމް ބޭނުން ކުރާން ނިންމި ސަބަބަކީ މި ދިރާސާގެ ބާވަތުން ކުއަންޓޭޓިވް މެތެޑާއި ކޮލިޓޭޓިވް މެތެޑު ވެސް މި ދިރާސާގައި ބޭނުން ކުރާން ޖެހޭތީއެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތު މައިގަނޑު ގޮތެއްގައި ހޯދައިފައި ވާނީ ދިވެހިބަހުގެ ރަދީފު ފަދަ ޑޮކިއުމަންޓްތަކުންނާއި، އިންޓަވިއުތަކުންނާއި، ފަންނީ ބޭފުޅުންގެ އެހީގައި ހޯދުނު ޑާޓާތަކުންނެވެ. މި ދިރާސާއިން ވަނީ ދިވެހިބަހުގެ ކަމުގެ ލަފުޒުތައް އެކި ސީޣާތަކަށް ބަދަލުވާއިރު، އަންނަ ބަދަލުތަކަކީ ކޮބައި ކަމާއި، މި ބަދަލުތައް އަންނަ އިރު ކޮންމެ ސީޣާއެއްގައި ވެސް، ބަދަލު ނުވެ އެއްގޮތަކަށް އޮންނަ މައިގަނޑެއް އޮންނަ ކަމާއި، އެ މައިގަނޑަކީ ކޮބައިކަމާއި، ކަމުގެ ލަފުޒުތަކަށް އަންނަ ބަދަލުގައި މަޞްދަރު ޙިއްސާ ކުރާ ދައުރަކީ ކޮބައިކަން ދެނެގަނެވިފައެވެ. މީގެ އިތުރުން ދިވެހިބަހުގެ އިންފިނިޓިވް ފޯމަކީ ކޮބައިކަމާއި، ކަމުގެ ލަފުޒުތައް އެކި ސީޢާތަކަށް ބަދަލުވާއިރު، އިންފިނިޓިވް ފޯމުގެ ޙިއްސާއަކީ ކޮބައިކަން ވެސް ދެނެގަނެވިފައެވެ. އެއް މަޞްދަރެއްގައި ތަފާތު މާނަތައް އެކުލެވޭ ފަދައިން އެއް އިންފިނިޓިވްގައި ވެސް އެއް މާނައަށް ވުރެ ގިނަ މާނަ އޮންނަ ކަން މި ދިރާސާއިން ހާމަވިއެވެ. ތަފާތު މާނައިގެ ލަފުޒުތަކުގައި މަޞްދަރު އެއްގޮތް ވިޔަސް، ސީޣާތައް ބަދަލުވުމުގައި އެއް ގޮތަކަށް ނުހުންނަކަން މި ދިރާސާއިން ވަނީ ފެނިފައެވެ. އެހެންނަމަވެސް މާނަ ތަފާތު ނަމަވެސް އިންފިނިޓިވް އެއްގޮތް ނަމަ ސީޣާތަކަށް ބަދަލުވަނީ އެއްގޮތަކަށް ކަން މި ދިރާސާއިން ފެނުނެވެ. މި ދިރާސާއިން ކަށަވަރުވެގެން ދިޔައީ ދިވެހިބަހުގެ ޤަވާޢިދު ފޮތުގައި ބަހުގެ މައިގަނޑު އަށް ބައިގެ ތެރޭގައި ހިމަނައިފައިވާ މަޞްދަރަކީ ނުވަތަ ކަމުގެ ނަމަކީ ދިވެހިބަހުގެ ކަމުގެ ލަފުޒުތަކުގެ އަޞްލު ނޫން ކަމެވެ.

Description

Keywords

ދިވެހި ބަހުގައި ކަމުގެ ލަފުޒުތައް, ކަން, ލަފްޒުތަކުގެ އަޞްލު, ކަމުގެ ލަފްޒްތައް ބަދަލުވުން, މަޞްދަރު, ދިވެހިބަހުގެ ޤަވާޢިދު, ދިވެހިބަސް

Citation

Naseem, I. J. (2013). Dhivehibahugai kamuge lafuzuthakuge aslakee masdharu hehyeve?. Male', Maldives National University.
އިޔާޒު ޖާދުﷲ ނަސީމް . (2013). ދިވެހި ބަހުގައި ކަމުުގެ ލަފުޒުތަކުގެ އަޞްލަކީ މަޞްދަރު ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

Endorsement

Review

Supplemented By

Referenced By