ދިވެހި ބަހުގައި ކަމުުގެ ލަފުޒުތަކުގެ އަޞްލަކީ މަޞްދަރު ހެއްޔެވެ؟

dc.contributor.authorNaseem, Iyaz Jadulla
dc.contributor.authorއިޔާޒު ޖާދުﷲ ނަސީމް
dc.date.accessioned2018-03-14T04:26:08Z
dc.date.available2018-03-14T04:26:08Z
dc.date.issued2013-11-01
dc.description.abstractމި ދިރާސާއަކީ، ދިވެހި ބަހުގައި ކަމުގެ ލަފުޒުތަކުގެ އަޞްލަކީ، މަޞްދަރުތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް ކުރެވުން ދިރާސާއެކެވެ. މި ގޮތުން ދިވެހިބަހުގައި ކަމުގެ ލަފްޒުތަކުގެ އަޞްލަކީ ކޮބައިކަމާ މެދު މިހާތަނަށް އާންމު ވެފައިވާ ތިން ރައުޔުގެ މައްޗަށް ބަލައިލައިފައިވާނެއެވެ. މި ދިރާސާގައި ބޭނުން ކުރި ދިރާސާ މެތެޑަކީ މިކްސްޑް ޕެރެޑައިމް މެތެޑެވެ. މިސްކްޑް ޕެރެޑައިމްގެ ދަށުން އިންޑަކްޓިވް އަދި ޑިޑަކްޓިވް އެޕްރޯޗެވެ. މިކްސްޑް ޕެރެޑައިމް ބޭނުން ކުރާން ނިންމި ސަބަބަކީ މި ދިރާސާގެ ބާވަތުން ކުއަންޓޭޓިވް މެތެޑާއި ކޮލިޓޭޓިވް މެތެޑު ވެސް މި ދިރާސާގައި ބޭނުން ކުރާން ޖެހޭތީއެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތު މައިގަނޑު ގޮތެއްގައި ހޯދައިފައި ވާނީ ދިވެހިބަހުގެ ރަދީފު ފަދަ ޑޮކިއުމަންޓްތަކުންނާއި، އިންޓަވިއުތަކުންނާއި، ފަންނީ ބޭފުޅުންގެ އެހީގައި ހޯދުނު ޑާޓާތަކުންނެވެ. މި ދިރާސާއިން ވަނީ ދިވެހިބަހުގެ ކަމުގެ ލަފުޒުތައް އެކި ސީޣާތަކަށް ބަދަލުވާއިރު، އަންނަ ބަދަލުތަކަކީ ކޮބައި ކަމާއި، މި ބަދަލުތައް އަންނަ އިރު ކޮންމެ ސީޣާއެއްގައި ވެސް، ބަދަލު ނުވެ އެއްގޮތަކަށް އޮންނަ މައިގަނޑެއް އޮންނަ ކަމާއި، އެ މައިގަނޑަކީ ކޮބައިކަމާއި، ކަމުގެ ލަފުޒުތަކަށް އަންނަ ބަދަލުގައި މަޞްދަރު ޙިއްސާ ކުރާ ދައުރަކީ ކޮބައިކަން ދެނެގަނެވިފައެވެ. މީގެ އިތުރުން ދިވެހިބަހުގެ އިންފިނިޓިވް ފޯމަކީ ކޮބައިކަމާއި، ކަމުގެ ލަފުޒުތައް އެކި ސީޢާތަކަށް ބަދަލުވާއިރު، އިންފިނިޓިވް ފޯމުގެ ޙިއްސާއަކީ ކޮބައިކަން ވެސް ދެނެގަނެވިފައެވެ. އެއް މަޞްދަރެއްގައި ތަފާތު މާނަތައް އެކުލެވޭ ފަދައިން އެއް އިންފިނިޓިވްގައި ވެސް އެއް މާނައަށް ވުރެ ގިނަ މާނަ އޮންނަ ކަން މި ދިރާސާއިން ހާމަވިއެވެ. ތަފާތު މާނައިގެ ލަފުޒުތަކުގައި މަޞްދަރު އެއްގޮތް ވިޔަސް، ސީޣާތައް ބަދަލުވުމުގައި އެއް ގޮތަކަށް ނުހުންނަކަން މި ދިރާސާއިން ވަނީ ފެނިފައެވެ. އެހެންނަމަވެސް މާނަ ތަފާތު ނަމަވެސް އިންފިނިޓިވް އެއްގޮތް ނަމަ ސީޣާތަކަށް ބަދަލުވަނީ އެއްގޮތަކަށް ކަން މި ދިރާސާއިން ފެނުނެވެ. މި ދިރާސާއިން ކަށަވަރުވެގެން ދިޔައީ ދިވެހިބަހުގެ ޤަވާޢިދު ފޮތުގައި ބަހުގެ މައިގަނޑު އަށް ބައިގެ ތެރޭގައި ހިމަނައިފައިވާ މަޞްދަރަކީ ނުވަތަ ކަމުގެ ނަމަކީ ދިވެހިބަހުގެ ކަމުގެ ލަފުޒުތަކުގެ އަޞްލު ނޫން ކަމެވެ.en_US
dc.identifier.citationNaseem, I. J. (2013). Dhivehibahugai kamuge lafuzuthakuge aslakee masdharu hehyeve?. Male', Maldives National University.en_US
dc.identifier.citationއިޔާޒު ޖާދުﷲ ނަސީމް . (2013). ދިވެހި ބަހުގައި ކަމުުގެ ލަފުޒުތަކުގެ އަޞްލަކީ މަޞްދަރު ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/888
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectދިވެހި ބަހުގައި ކަމުގެ ލަފުޒުތައްen_US
dc.subjectކަންen_US
dc.subjectލަފްޒުތަކުގެ އަޞްލުen_US
dc.subjectކަމުގެ ލަފްޒްތައް ބަދަލުވުންen_US
dc.subjectމަޞްދަރުen_US
dc.subjectދިވެހިބަހުގެ ޤަވާޢިދުen_US
dc.subjectދިވެހިބަސްen_US
dc.titleދިވެހި ބަހުގައި ކަމުުގެ ލަފުޒުތަކުގެ އަޞްލަކީ މަޞްދަރު ހެއްޔެވެ؟en_US
dc.title.alternativeDhivehibahugai kamuge lafuzuthakuge aslakee masdharu hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Iyaz Jadulla Naseem.pdf
Size:
7.02 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: