ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!

dc.contributor.authorAli, Hafeeza
dc.contributor.authorޙަފީޒާ ޢަލީ.
dc.date.accessioned2018-03-22T18:02:22Z
dc.date.available2018-03-22T18:02:22Z
dc.date.issued2009-11-01
dc.description.abstractމި ދިރާސާއަކީ ދިވެހި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ ކީއްވެގެންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނުގޮތުގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި އިނގިރޭސީން ބޭނުންވާ ސަބަބުތަކެއްވެސްވެއެވެ. އެހެންކަމުން މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގޮސްފައިވަނީ އިނގިރޭސީންވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންނަންބޭނުންވެފައިވީ ދަނޑިވަޅެއްގައި ދިވެހިން އެފުރުޞަތު ދިނުމުންކަމެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ. ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔަ ދުވަސްވަރަކީ ދިވެހި ރަސްކަމުގެ ބޮޑުންގެ މެދުގައި ވަރަށް ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ހަމަނުޖެހުން އެންމެ ބޮޑުވި ސަބަބަކީ ކަކާގެ ޢާއިލާގެ ބޭފުޅުންނާއި އަތިރީގޭ ޢާއިލާގެ ބޭފުޅުންގެ މެދުގައި އޮތް ވެރިކަމުގެ ބާރު ހޯދުމަށް ކުރި މަސައްކަތުންނެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ވެރިކަމާ ގާތްވުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ވޯރާވިޔަފާރިވެރިންނަށް ވިއްކާލުމާއި ދިވެހިރާއްޖޭގައި ހިނގި ބޮޑުހުޅުގެ ޙާދިޘާ ހިނގަން މެދުވެރިވުމެވެ. މިކަމާ ގުޅިގެން ދިވެހިންނާއި ވޯރާ ވިޔަފާރިވެރިން އިނގިރޭސީންގެ އެހީ ހޯދިކަން ދިރާސާއިން އެނގުނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރާ އެތައް ދުވަހެއްވަންދެން އޮތުމުގެ ސަބަބުން ދިވެހިންނަށް ކުރި އަސަރުތަކަކީ ކޮބައިތޯ ބެލި ބެލުމުން، އެނގުނީ ދިވެހިންނަށް ކުރި ފައިދާތަކަކާއި ގެއްލުންތަކެއްވެސްވާކަމެވެ. ހިމާޔަތުގެ ދަށުގައި އޮތުމަށްވުރެ ދިވެހިންނަށް ހުރިހާގޮތަކުންވެސް ރަނގަޅުވާނީ ފުރިހަމަ މިނިވަންކަން ލިބިގެންކަމަށް ދެކެ، މިނިވަންވުމަށް ދިވެހިން މަސައްކަތްތަކެއް ކުރިކަން ހޯދި ހޯދުމުން އެނގުނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965ގައެވެ.en_US
dc.identifier.citationAli, H. (2009). Dhivehiraajje ingireysinge himaayathuge dhashugai!. Male', Maldives College of Higher Education.en_US
dc.identifier.citationޙަފީޒާ ޢަލީ. (2009). ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1090
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectދިވެހިރާއްޖެen_US
dc.subjectއިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައިen_US
dc.subjectފުރިހަމަ މިނިވަންކަންen_US
dc.subjectހިމާޔަތުގެ ދަށުގައި އޮތުންen_US
dc.subject1965en_US
dc.titleދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!en_US
dc.title.alternativeDhivehiraajje ingireysinge himaayathuge dhashugai!en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Hafeeza Ali 10379.pdf
Size:
11.34 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: