ރަސްމީބަހުގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތު

Loading...
Thumbnail Image

Date

2011-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

ދިވެހިން ވާހަކަދައްކައި އުޅޭ ދިވެހިބަހަކީ އެ ބަހުން ވާހަކަދައްކާ މީހުންގެ އަދަދު މަދުކަމާއި ސަރަޙައްދުގެ ކުޑަކަމާއެކުވެސް ބަހުރުވައިގެ ތަފާތު ވަރަށް ބޮޑު ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮށްފައިވާނީ ރަސްމީ ބަހުގައި، ބަދަލުނަންތަކާއި ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި ބަދަލުނަންތަކާއި ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތުތަކަކީ ކޮބައިތޯ ބެލުމުގެ މައްޗަށެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއަލިޓޭޓިވް މެތަޑަށެވެ. އަދި މި ދިރާސާގައި ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ އެކަށައަޅާފައިވާ ޤަވާއިދު ފޮތްތަކާއި، ޏ. ފުވައްމުލަކުގެ 8 އަވަށުންކުރެ ކޮންމެ އަވަށަކުން 4 މީހުންގެ އިންޓަވިއުއެވެ. މި ދިރާސާއިން އެނގުނުގޮތުގައި ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަމަށްވުރެ ގިނަ ބަދަލުނަންތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރެއެވެ. މީގެތެރޭގައި ދެވަނަ ފަރާތާއި ތިންވަނަ ފަރާތަށް ރައްދުވާ ބަދަލުނަންތަކުގައި ރަސްމީބަހާ ޚިލާފަށް ޖިންސް އެނގޭ ބަދަލުނަންތައް ވެސް ހުރިކަން އެނގުނެވެ. ފާހަގަކުރެވުނު އަނެއްކަމަކީ، ރަސްމީބަހާއި ފުވައްމުލަކު ބަހުރުވައިގައި ވެސް ވޭވޭހުރިކަމުގެ ލަފުޒަށް ބަދަލު އަންނަނީ އެއް އުޞޫލަކުން ކަމެވެ. ރަސްމީބަހުގައި "އަހަރެމެން، ކަލޭ، ކަލޭމެން" މި ބަދަލުނަންތަކާ ގުޅިގެން "ވޭވޭހުރިކަން، ވާނޭކަން، ވާކަން އަދި ނިމުނުކަން" މި 4 ޒަމާނުގައި ވެސް އަންނަނީ އެއްކަހަލަ ބަދަލުތަކެކެވެ. މިގޮތުން ވާނޭކަމުގެ ޒަމާނުގައި "ނަމު"، ވާކަމުގެ ޒަމާނުގައި "މު"، "ނިމުނުކަމުގެ ޒަމާނުގައި "ފީމު" މި ސަފިކްސްތައް އަންނަކަން އެނގުނެވެ. ފުވައްމުލަކު ބަހުރުވައިން ފާހަގަވި އަނެއްކަމަކީ، ވާނޭކަން، ވާކަން، ނިމުނުކަން" މިއިން ކޮންމެ ޒަމާނެއް "އަހަރެން، އަހަރެމެން، ކަލޭ، ކަލޭމެން، އޭނާ، އެބައިމީހުން" މިއިން ކޮންމެ ބަދަލުނަމަކާއެކު ބޭނުންކުރި ކަމުގައިވިޔަސް، ކަމުގެ ލަފުޒަށް ތަފާތު ބަދަލެއް އަންނަކަމެވެ. އެހެންކަމުން، ބަދަލުނަމާ ނުލައި ކަމުގެ ލަފުޒު ބޭނުންކުރިކަމުގައިވިޔަސް ކަން ރައްދުވާ ބަދަލުނަން މި ބަހުރުވައިގައި އެނގޭކަން މި ދިރާސާއިން އެނގުނެވެ.

Description

Keywords

ރަސްމީބަސް, ބަދަލުނަން, ފުވައްމުލަކު ބަހުރުވަ, ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަ, ފުވައްމުލަކު, ދެވަނަ ފަރާތާއި ތިންވަނަ ފަރާތަށް ރައްދުވާ ބަދަލުނަން, ވޭވޭހުރިކަން, އަހަރެމެން، ކަލޭ، ކަލޭމެން, ނިމުނުކަމުގެ ޒަމާން, ވާނޭކަން، ވާކަން، ނިމުނުކަން

Citation

Didi, A. H. (2011). Rasmee bahugai, badhalunanthakaa gulhumun kamah anna moafolojical badhaluthakaai Gn. Fuvahmulaku bahuruvaigai, badhalunanthakaa gulhumun kamah anna moafolojical badhaluthakaa dhemedhu huri thafaathu. Male', Maldives College of Higher Education.
އާމިނަތު ޙުސައިން ދީދީ. (2011). ރަސްމީބަހުގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތު. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.

Endorsement

Review

Supplemented By

Referenced By