ރަސްމީބަހުގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތު

dc.contributor.authorDidi, Aminath Hussain
dc.contributor.authorއާމިނަތު ޙުސައިން ދީދީ
dc.date.accessioned2018-03-23T01:37:16Z
dc.date.available2018-03-23T01:37:16Z
dc.date.issued2011-11-01
dc.description.abstractދިވެހިން ވާހަކަދައްކައި އުޅޭ ދިވެހިބަހަކީ އެ ބަހުން ވާހަކަދައްކާ މީހުންގެ އަދަދު މަދުކަމާއި ސަރަޙައްދުގެ ކުޑަކަމާއެކުވެސް ބަހުރުވައިގެ ތަފާތު ވަރަށް ބޮޑު ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮށްފައިވާނީ ރަސްމީ ބަހުގައި، ބަދަލުނަންތަކާއި ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި ބަދަލުނަންތަކާއި ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތުތަކަކީ ކޮބައިތޯ ބެލުމުގެ މައްޗަށެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއަލިޓޭޓިވް މެތަޑަށެވެ. އަދި މި ދިރާސާގައި ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ އެކަށައަޅާފައިވާ ޤަވާއިދު ފޮތްތަކާއި، ޏ. ފުވައްމުލަކުގެ 8 އަވަށުންކުރެ ކޮންމެ އަވަށަކުން 4 މީހުންގެ އިންޓަވިއުއެވެ. މި ދިރާސާއިން އެނގުނުގޮތުގައި ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަމަށްވުރެ ގިނަ ބަދަލުނަންތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރެއެވެ. މީގެތެރޭގައި ދެވަނަ ފަރާތާއި ތިންވަނަ ފަރާތަށް ރައްދުވާ ބަދަލުނަންތަކުގައި ރަސްމީބަހާ ޚިލާފަށް ޖިންސް އެނގޭ ބަދަލުނަންތައް ވެސް ހުރިކަން އެނގުނެވެ. ފާހަގަކުރެވުނު އަނެއްކަމަކީ، ރަސްމީބަހާއި ފުވައްމުލަކު ބަހުރުވައިގައި ވެސް ވޭވޭހުރިކަމުގެ ލަފުޒަށް ބަދަލު އަންނަނީ އެއް އުޞޫލަކުން ކަމެވެ. ރަސްމީބަހުގައި "އަހަރެމެން، ކަލޭ، ކަލޭމެން" މި ބަދަލުނަންތަކާ ގުޅިގެން "ވޭވޭހުރިކަން، ވާނޭކަން، ވާކަން އަދި ނިމުނުކަން" މި 4 ޒަމާނުގައި ވެސް އަންނަނީ އެއްކަހަލަ ބަދަލުތަކެކެވެ. މިގޮތުން ވާނޭކަމުގެ ޒަމާނުގައި "ނަމު"، ވާކަމުގެ ޒަމާނުގައި "މު"، "ނިމުނުކަމުގެ ޒަމާނުގައި "ފީމު" މި ސަފިކްސްތައް އަންނަކަން އެނގުނެވެ. ފުވައްމުލަކު ބަހުރުވައިން ފާހަގަވި އަނެއްކަމަކީ، ވާނޭކަން، ވާކަން، ނިމުނުކަން" މިއިން ކޮންމެ ޒަމާނެއް "އަހަރެން، އަހަރެމެން، ކަލޭ، ކަލޭމެން، އޭނާ، އެބައިމީހުން" މިއިން ކޮންމެ ބަދަލުނަމަކާއެކު ބޭނުންކުރި ކަމުގައިވިޔަސް، ކަމުގެ ލަފުޒަށް ތަފާތު ބަދަލެއް އަންނަކަމެވެ. އެހެންކަމުން، ބަދަލުނަމާ ނުލައި ކަމުގެ ލަފުޒު ބޭނުންކުރިކަމުގައިވިޔަސް ކަން ރައްދުވާ ބަދަލުނަން މި ބަހުރުވައިގައި އެނގޭކަން މި ދިރާސާއިން އެނގުނެވެ.en_US
dc.identifier.citationDidi, A. H. (2011). Rasmee bahugai, badhalunanthakaa gulhumun kamah anna moafolojical badhaluthakaai Gn. Fuvahmulaku bahuruvaigai, badhalunanthakaa gulhumun kamah anna moafolojical badhaluthakaa dhemedhu huri thafaathu. Male', Maldives College of Higher Education.en_US
dc.identifier.citationއާމިނަތު ޙުސައިން ދީދީ. (2011). ރަސްމީބަހުގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތު. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1094
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectރަސްމީބަސްen_US
dc.subjectބަދަލުނަންen_US
dc.subjectފުވައްމުލަކު ބަހުރުވަen_US
dc.subjectރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަen_US
dc.subjectފުވައްމުލަކުen_US
dc.subjectދެވަނަ ފަރާތާއި ތިންވަނަ ފަރާތަށް ރައްދުވާ ބަދަލުނަންen_US
dc.subjectވޭވޭހުރިކަންen_US
dc.subjectއަހަރެމެން، ކަލޭ، ކަލޭމެންen_US
dc.subjectނިމުނުކަމުގެ ޒަމާންen_US
dc.subjectވާނޭކަން، ވާކަން، ނިމުނުކަންen_US
dc.titleރަސްމީބަހުގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތުen_US
dc.title.alternativeRasmee bahugai, badhalunanthakaa gulhumun kamah anna moafolojical badhaluthakaai Gn. Fuvahmulaku bahuruvaigai, badhalunanthakaa gulhumun kamah anna moafolojical badhaluthakaa dhemedhu huri thafaathu.en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Aminath_Hussain_Didi.pdf
Size:
799.65 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: