Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/874
Title: އިޖްތިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟
Other Titles: Ijuthimaaee ilmu ingireysibahun kiyavaidhinumun dharivarun dhivehi vehtah beerahtehi veyhehyeve?
Authors: Zaheen, Mohamed Faisal
މުޙައްމަދު ފައިސަލް ޛަހީން
Keywords: އިޖުރިމާޢީ ޢިލްމު
Social studies
އިނގިރޭސިބަހުން ކިޔަވައިދިނުން
Teaching in English medium
ދަރިވަރުން މާދަރީބަހަށް ބީރައްޓެހިވުން
mother tongue
ދިވެހިވެއްޓަށް ބީރައްޓެހިވުން
Issue Date: 1-Nov-2009
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Zaheen, M. F., (2009). Ijuthimaaee ilmu ingireysibahun kiyavaidhinumun dharivarun dhivehi vehtah beerahtehi veyhehyeve?. Male', Maldives College of Higher Education.
Abstract: މި ދިރާސާއަކީ، ދިވެހިވެށި މާއްދާއެއްގޮތުގައި ކިޔަވައިދެމުން ދާއިރުވެސް ދިވެހި ކިޔަވާކުދިން ދިވެހި ވެއްޓާއި ބީރައްޓެހިކަމަށް ފާހަގަ ކުރެވޭތީ ކުރި ދިރާސާއެކެވެ. މާލޭގެ ދެ ސްކޫލެއް ދަރިވަރުން ބައިވެރިކޮށްގެން ހެދި މި ދިރާސާއާށް އެ ދަރިވަރުންގެ ބެލެނިވެރިންނާއި އިންޓަވިޔުކޮށް ބެލެނިވެރިން ދެކޭގޮތް ހޯދާފައިވާނެއެވެ. އަދި މި މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ރައުޔުވެސް ހޯދާފައިވާނެއެވެ. މިގޮތުން ކުރި ދިރާސާގެ ސުވާލަކީ [އިޖުރިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟] މި ދިރާސާގެ ނަތީޖާއިން ހާމަވެގެން ދިޔައީ ދިވެހިވެއްޓަށް މިހާރު ކިޔައިދޭގޮތަށް ދަރިވަރުންނަށް ކިޔަވައިދީގެން ދަރިވަރުން ދިވެހި ވެއްޓަށް ވަރަށް ބޮޑަށް ބީރައްޓެހިވަމުން ދާކަމެވެ. ހަމައެހެންމެ ސޯޝަލްސްޓާޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމާއި ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދެމުންދާތީވެ ކިޔަވާ މާޙައުލުގައި އަމިއްލަބަހުން ވާހަކަދެެއްކުމުގެ ފުރުޞަތު ކުޑަކަމާއި ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހިވާކަމުގައި ދިރާސާއަށް އެއްކުރި މަޢުލޫމާތުގެ އަލީގައި އެނގިގެން ދިޔައެވެ. ކޮލިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެން މިދިރާސާ ހަދާފައިވަނީ ލިޓްރޭޗަރ ރިވިއުކޮށް ލިބުނު މަޢުލޫމާތުގެ އިތުރުން ބުހެގެ އެދުރުންނާއި ކަރިކިއުލަމްގައި މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކާއި އިންޓަވިއުކޮށްގެންނެވެ. އަދި މީގެ އިތުރުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ތަފާތު ގިންތީގެ ފަރާތްތަކުގެ އިންޓަވިއުކޮށް މަޢުލޫމާތު ނަގައިގެންނެވެ. ހޯދި މަޢުލޫމާތުތައް ތަޙްލީލުކޮށް ބެލިބެލުމުން އެނގުނު އެންމެ މުހިންމު އެއްޗަކީ ސޯޝަލްސްޓަޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން މާދަރީބަހަށް ބީރައްޓެހިވާ ކަމެވެ. ހަމައެއާއެކު މިހާރު ކިޔައިދޭގޮތަށް ބޭރުބަހަކުން ކިޔަވައިދީގެން ދިވެއްސަކަށް ދިވެހިވެށި އެނގެންވާ މިންވަރު ކަމުގައި މުޤައްރަރުގައި ބަޔާންކޮށްފައިވާ މިންވަރަށް ދަރިވަރުންނަކަށް ދިވެހި ވެށި ދަސްކޮށެއް ނުދެވޭކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/874
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Faisal Zaheen.pdf11.97 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.