ދިިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައިވާ ގުޅުންތައް

dc.contributor.authorAhmed, Fathuhulla
dc.contributor.authorފަތުހުﷲ އަޙުމަދު
dc.date.accessioned2018-03-23T02:09:32Z
dc.date.available2018-03-23T02:09:32Z
dc.date.issued2011-11-01
dc.description.abstractމިދިރާސާއަކީ ދިވެހިބަހާއި ސިންހަޅަބަހުގައި ގުޅުންތަކެއްވާކަމަށް ތާރީޚީ ޢިލްމުވެރިންނާއި ބަހަވީ ޢިލްމުވެރިން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން ފެންނާތީ، ދިވެހިބަހާއި ސިންހަޅަބަހުގެ ފޯނީމުތަކުގެ ދެމެދުގައިވާ ގުޅުންތައް ދެނެގަތުމަށް ކުރިއަށް ގެންގޮސްފައިވާ ޢިލްމީ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ މި ދެބަހުގައިވާ އާންމު ވަވަލް އަދި ކޮންސަނަންޓް ފޯނީމުތަކުގެ ދެމެދުގައިވާ އެއްގޮތް އަދި ތަފާތުތަކުގެ މައްޗަށް ބަހަވީ ނަޒަރަކުންނެވެ. މީގެއިތުރުން، މި ދެބަހުގައިވާ ފޯނީމުތައް އެތުރި ތަރުތީބުވާގޮތާއި ލަފުޒުގައި ފޯނީމުތައް އައުން ހުއްދަވާ ހިސާބުތަކުގައި ގުޅުންތަކެއްވޭތޯ ބެލުމީވެސް މި ދިރާސާގެ ބޭނުމެކެވެ. މިކަންކަން ބެލުމަށް ކުރިއަށް ގެންދެވުނު މި ދިރާސާގެ ރިޕޯޓު ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ހަ ބާބަށް ޖުމުލަކޮށް ބަލާއިރު، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައި ގުޅުންތަކެއްވާކަން އެނގިގެންދެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް ބޭނުން ކޮށްގެންނެވެ. ދިވެހިބަހުގެ ފޯނީމުތަކަކީ ކޮބައިކަން ރަސްމީކޮށް ކަނޑައަޅާފައި ނުވާތީ އަދި ދިވެހިބަހާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން މިހާތަނަށް ޝާއިޢުކޮށްފައިވަނީ މަދު ދިރާސާތަކެއް ކަމުން، މި ދިރާސާގައި ދިވެހިބަހުގެ ފޯނީމުތަކެއް ކަމަށް ކަނޑައަޅާފައިވާނީ މި ދިރާސާއިން ފެނުނު ފޯނީމުތަކެވެ. ނަމަވެސް، ސިންހަޅަބަހުގެ ފޯނީމުތަކެއް ކަމަށް މި ދިރާސާގައި ބޭނުންކޮށްފައިވާނީ ސިންހަޅަބަހާ ގުޅޭގޮތުން، 7 ޢިލްމުވެރިއަކު ހައްދަވާފައިވާ ދިރާސާތަކާއި ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ފޯނީމުތަކެވެ. މީގެއިތުރުން، މި ދިރާސާގެ ސާންޕަލްގެ ގޮތުގައި މުޅިންވެސް ބޭނުންކޮށްފައިވާނީ ދިވެހިބަހާއި ސިންހަޅަބަހުގެ ލަފުޒުތަކެވެ. ލަފުޒުތައް އެއްކޮށްފައިވާނީ ދެބަހުގެ ރަދީފުތަކުންނާއި މިދެބަހުން ވާހަކަދައްކާ އަހުލުވެރިންގެ ފަރާތުންނެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުތަކުން ހޯދުނު ހޯދުންތަކަށް ބަލާއިރު، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައި ގާތްގުޅުންތަކެއްވެއެވެ. މިގޮތުން، މި ދެބަހުގައިވެސް އެއްގޮތް ފޯނީމުތަކާއި ތަފާތު ފޯނީމުތައް ހިމެނެއެވެ. ހަމައެހެންމެ، ދެބަހުގައި ހިމެނޭ ފޯނީމުތަކުން އެއް ގޮތް ސިފަތަކެއް ލިބިވާ ތަފާތު ފޯނީމުތަކެއްވާކަން ވެސް ހޯދުނެވެ. މީގެއިތުރުން، ދެބަހުގައި ހިމެނޭ ފޯނީމުތައް ލަފުޒުގެ އެކި ހިސާބުގައި އަންނަ އުޞޫލުތަކުގައި ގާތްގުޅުންތަކެއް ހިމެނެއެވެ. އަދި ފޯނީމުތައް އެތުރިތަރުތީބުވެ ސިލަބަލްތައް އުފެދުމުގައިވެސް ގުޅުންތަކެއްވެއެވެ. ހަމައެހެންމެ، ތަފާތު އެކި އުޞޫލުތަކުން ސިލަބަލްތައް އެތުރި ތަރުތީބުވެގެން ލަފުޒުތައް އުފެދެއެވެ. މިގޮތުން، ލަފުޒުތައް އުފެދުމުގައި މޮނޯ ސިލަބަލް، ޑައިސިލަބަލް، ޓްރައި ސިލަބަލް އަދި ޕޮލި ސިލަބަލްގެ ގޮތުގައި ފޯނީމުތައް އެތުރި ތަރުތީބުވެއެވެ. މީގެ އިތުރުން، މިދެބަހުގައި ސިލަބަލްގެ އޮންސެޓުގެ ގޮތުގައި އަންނަ ފޯނީމުތަކަކީ ލަފުޒުގެ ފެށުމުގައި އައުން ހުއްދަ ފޯނީމުތައް ކަމާއި ސިލަބަލްގެ ކޯޑާގެ ގޮތުގައި އައުން ހުއްދަ ހުރިހާ ފޯނީމެއް ލަފުޒުގެ ނިމުމުގައި އައުން ހުއްދަވެއެވެ. އަދި މި ދެބަހުގައި ހިމެނޭ ހުރިހާ ވަވަލް ފޯނީމެއް ސިލަބަލްގެ ނިއުކްލިއަސްގެ ގޮތުގައި އައުން ހުއްދަވެއެވެ. ޖުމުލަކޮށް ބަލާއިރު، ދިބެހިބަހާއި ސިންހަޅަބަހުގެ ފޯނީމުތަކާއި ލަފުޒުގައި ފޯނީމުތައް އެތުރި ތަރުތީބުވުމުގައި ގާތްގުޅުންތަކެއް ވާކަމަށް ބަހުގެ ޢިލްމުވެރިންނާއި ތާރީޚީ ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަކީ ބަހަވީ އުޞޫލުން ބަލާއިރު ތެދެއްކަން މި ދިރާސާއިން ސާބިތުކުރެވެއެވެ.en_US
dc.identifier.citationAhmed, F. (2011). Dhivehi bahaai sinhalhabahugai himeney foanim thakugaivaa gulhunthah. Male', Maldives College of Higher Education.en_US
dc.identifier.citationފަތުހުﷲ އަޙުމަދު. (2011). ދިިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައިވާ ގުޅުންތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1096
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectދިވެހިބަސްen_US
dc.subjectސިންހަޅަބަސްen_US
dc.subjectދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތައްen_US
dc.subjectއެއްގޮތް ފޯނީމުތައްen_US
dc.subjectތަފާތު ފޯނީމުތައen_US
dc.subjectދެބަހުގައި ހިމެނޭ ފޯނީމުތައްen_US
dc.titleދިިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައިވާ ގުޅުންތައްen_US
dc.title.alternativeDhivehi bahaai sinhalhabahugai himeney foanim thakugaivaa gulhunthah.en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Fathuhulla Ahmed.pdf
Size:
4.98 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: