ދިވެހި ބަހުގެ އެކަޑަމީން ނެރެ އާންމުކޮއްފައިވާ ދިވެހި އައު ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭ މިންވަރު

dc.contributor.authorއިބްރާހީމް ރަޝީދު
dc.contributor.authorRasheed, Ibrahim
dc.date.accessioned2018-03-28T04:51:16Z
dc.date.available2018-03-28T04:51:16Z
dc.date.issued2017-11-01
dc.description.abstractކޮންމެ ބަހެއްވެސް މުއްސަދި ވަނީ އެބަހަކަށް އިތުރުކުރެވޭ ލަފުޒުތަކަކުންނެވެ. އެގޮތުން ދިވެހިބަސް ވެސް މުއްސަދި ކުރުމަށްޓަކައި ވަގުތާއި ހާލަތާއި ގުޅުވައިގެން ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ އައު ލަފުޒުތައް އުފައްދާ ދިވެހިބަހުގެ ތެރެއަށް ވައްދަމުންނެވެ. މި ދިރާސާއަކީ ދިވެހިބަހުގެ އެކަޑަމީން އަލަށް ނެރޭ ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ސަބަބަކީ އަލަށް ނެރޭ ލަފުޒުތައް މުޖުތަމައު ބަލައި ނުގަންނަނަމަ ނުވަތަ ބޭނުން ނުކުރާނަމަ އަލަށް ނެރޭ ލަފުޒުތަކުން ބަހަށްކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އެހެންކަމުން އަލަށް ނެރޭ ލަފުޒުތައް އެނގޭ މިންވަރު އެނގުމަކީ ވަރަށް މުހިއްމުކަމެކެވެ. މި ދިރާސާއަކީ އަލަށް ނެރޭ ލަފުޒުތައް އެނގޭ މިންވަރު ބެލުމަށް ކުރެވޭ ދިރާސާއެކެވެ. އެހެންކަމުން މިންވަރު ބެލުމަށް ކުރެވޭ ދިރާސާއަކަށް ވާތީވެ، މި ދިރާސާގައި ބޭނުންކޮއްފައި ވާނީ ކްއަންޓިޓޭތިވް މެތަޑެވެ. އެގޮތުން ދިރާސާގައި ބޭނުންކޮއްފައިވާ ލަފުޒުތަައް ނަގާފައިވާނީ ސިސްޓަމެޓިކް ރެންޑަމް އުސޫލުންނެވެ. މިއުސޫލުގެތެރެއިން 59 ލަފުޒު ބޭނުންކޮއްފައި ވާނެއެވެ. އަދި ދިރާސާގައި ބޭނުންކުރި އާބާދީ ނަގާފައި ވާނީ ސްޓެޓިފައިޑް ރެންޑަމް އުސޫލުން 50 މީހުންނެވެ. މި އުސޫލުން މީހުން ނެގުުމުގެ ބޭނުމަކީ ދިރާސާ އަމާޒުކުރެވޭ އާބާދީގައި ހިމެނޭ ހުރިހާ ރޭންކަކަށް ހަމަހަމަ އުސޫލަކުން ފުރުޞަތު ދިނުމަށްޓަކައެވެ. މި ދިރާސާއިން ހާމަވެފައިވަނީ ދިވެހިބަހުގެ އެކަޑަމީން އަލަށް ނެރެފައި ލަފުޒުތައް ކޯސްޓްގާޑުގެ މުވައްޒަފުންނަށް ނޭނގޭ ކަމެވެ. ހަމައެހެންމެ މި ދިރާސާގައި ބަލައިލެވުނު ވަކިވަކި ބައިތަކުގެ ތެރޭގައި ހިމެނޭ ޖިންސް، އުމުރު، އަދި ރޭންކް ސްޓްރަކްޗަރ އަށް ބަލައި ހޯދުނު ނަތީޖާއިން ވެސް ހާމަވެފައި ވަނީ މިއިން ކޮންމެ ބައެއްގައި ހިމެނުނު މީހުންނަށްވެސް އަލަށް ނެރެފައިވާ ލަފުޒުތައް ނޭނގޭ ކަމެވެ. މި ވަކިވަކި ބައިތަކުގެ މެދުގައިވާ އެނގޭ މިންވަރުގެ އިންސައްތައަކީ 4 އިންސައްތައާއި 8 އިންސައްތައާއި ދެމެދެވެ. މި ދިރާސާގެ ސަބަބުން ދިވެހިބަހަށް ނެރޭ އައު ލަފުޒު އެނގޭ މިންވަރު އެނގިގެން ހިގައްޖެއެވެ. މި ދިރާސާގެ ސަބަބުން ދިވެހިބަހުގެ އައު ލަފުޒު އުފެއްދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތަކަށް އިތުރު އެހީއަކަށް، މި ދިރާސާ ވެގެންދާނެއެވެ.en_US
dc.identifier.citationއިބްރާހީމް ރަޝީދު. (2017). ދިވެހި ބަހުގެ އެކަޑަމީން ނެރެ އާންމުކޮއްފައިވާ ދިވެހި އައު ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭ މިންވަރު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationRasheed, I. (2017). Dhivehi bahuge acedamy in nere aanmukohfaivaa Dhivehi au lafuzuthah coastguard muvazzafunnah engey minvaru. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1293
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހި ބަހުގެ އެކަޑަމީން ނެރެ އާންމުކޮއްފައިވާ ދިވެހި އައު ލަފުޒުތައް ކޯސްޓްގާޑް މުވައްޒަފުންނަށް އެނގޭ މިންވަރުen_US
dc.title.alternativeDhivehi bahuge acedamy in nere aanmukohfaivaa Dhivehi au lafuzuthah coastguard muvazzafunnah engey minvaruen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ibrahim Rasheed.pdf
Size:
1.09 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: