Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1016
Title: ދިވެހިބަސް ކިޔަވައިދިނުމާމެދު އަދުގެ ކިޔަވާ ކުދިން ދެކެނީ ކިހިނެއް؟
Other Titles: Dhivehibas kiyavaidhinumaamedhu adhuge kiyavaa kudhin dhekenee kihineh?
Authors: Azeez, Viladha Abdul
ވިލާދާ ޢަބްދުލްޢަޒީޒު
Keywords: ދިވެހިބަސް
ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން
ދިވެހިބަސް ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން
މުޖުތަމަޢު ބަހާމެދު ދެކޭގޮތް
ކިޔަވައިދޭ މީޑިއަމް
އިނގިރޭސިބަހާއި ދިވެހިބަސް
Issue Date: 1-Nov-2015
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Azeez, V. A. (2015) Dhivehibas kiyavaidhinumaamedhu adhuge kiyavaa kudhin dhekenee kihineh?. Male', Maldives National University.
ވިލާދާ ޢަބްދުލްޢަޒީޒު. (2015). ދިވެހިބަސް ކިޔަވައިދިނުމާމެދު އަދުގެ ކިޔަވާ ކުދިން ދެކެނީ ކިހިނެއް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ދިވެހިބަސް ކިޔެވުމުގައި ކޮށްފައިވާ ތަޖުރިބާތައް ދެނެގަނެ، މިހާރަށްވުރެ ބޮޑަށް ޝައުޤުވެރިކުރުވުމަށް ކުރެވޭނެ ކަންކަން އެކުދިންގެ ނަޒަރުން ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގައި ދިވެހިބަސް ކިޔަވާ ޖުމުލަ 70 ދަރިވަރުން ބައިވެރިކޮށްގެން ކޮށްފައިވާ ކުއަންޓިޓޭޓިވް ސާރވޭއެކެވެ. މި ދިރާސާގެ ހޯދުންތަކުން ދެއްކިގޮތުގައި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ގިނަ ކުދިންގެ ޝައުޤުވެރިކަން ވަނީ ގެއްލިފައެވެ. އާއްމު ދިރިއުޅުމުގައި ދިވެހިބަސް ބޭނުންކުރާ މިންވަރު ދަށެވެ. ވާހަކަދެއްކުމަށް ގިނަ ދަރިވަރުން ދިވެހިބަސް ބޭނުންކުރި ނަމަވެސް އިނގިރޭސި އަދި ދެބަސް (އިނގިރޭސިބަހާއި ދިވެހިބަސް) އެއްވަރަކަށް ބޭނުންކުރާ ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ދިވެހިބަސް ކިޔެވުމަށް ގިނަ ދަރިވަރުން ޝައުޤުވެރިނުވާއިރު މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދޭކަށް ވެސް ގިނަ ދަރިވަރުންގެ ޝައުޤުވެރިކަމެއް ނެތެވެ. މިގޮތުން ދަރިވަރުން ދިވެހިބަސް ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ގެއްލެން މެދުވެރިވާ މައިގަނޑު ސަބަބަކީ ކިޔަވައިދިނުން ބައްޓަންވެފައިވާ ގޮތެވެ. ޚާއްޞަކޮށް މުދައްރިސުން ދިވެހިބަސް ކިޔަވައިދޭގޮތާއި ފޮތުގެ ފިލާވަޅުތަކެވެ. މީގެ އިތުރުންވެސް ސާނަވީ ދަރިވަރުން ދިވެހިބަސް ކިޔެވުމުގެ ޝައުޤުވެރިކަމަށް އަސަރު ފޯރާ ގިނަ ކަންތައްތަކެއް މި ދިރާސާއިން ހޯދުނެވެ. އޭގެތެރޭގައި މުޖުތަމަޢު ބަހާމެދު ދެކޭގޮތާއި ކިޔަވައިދޭ މީޑިއަމްގެ ސަބަބުން މެދުވެރިވާ ކަންތައްތަކެއް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1016
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Vilaadha Abdul Azeez.pdf1.46 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.