Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1023
Title: ކަލާފާނު ސުކޫލް ގުރޭޑު ހަތެއްގައި ކިޔަވަމުންދާ ދަރިވަރުން، ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކުން އެންމެ ގިނައިން ފާހަގަކުރެވޭ ބަހުގެ ޤަވާއިދު ކުށްތަކާއި އެފަދަ ކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބައިހެއްޔެވެ."
Other Titles: “Kalaafaanu School gureydu hathehgai kiyavamundhaa dharivarun, dhivehibahun liyefaivaa liyunthakun enme ginain faahagakurevey bahuge qavaaidhu kuhthakaai efadha kuhthah hedhumah medhuverivaa sababuthakakee kobaiheyyeve”
Authors: އައްބާސް މުޙައްމަދު
Mohamed, Abbas
Issue Date: 1-May-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އައްބާސް މުޙައްމަދު. (2016). ކަލާފާނު ސުކޫލް ގުރޭޑު ހަތެއްގައި ކިޔަވަމުންދާ ދަރިވަރުން، ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކުން އެންމެ ގިނައިން ފާހަގަކުރެވޭ ބަހުގެ ޤަވާއިދު ކުށްތަކާއި އެފަދަ ކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބައިހެއްޔެވެ.". މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Mohamed, A. (2016). “Kalaafaanu School gureydu hathehgai kiyavamundhaa dharivarun, dhivehibahun liyefaivaa liyunthakun enme ginain faahagakurevey bahuge qavaaidhu kuhthakaai efadha kuhthah hedhumah medhuverivaa sababuthakakee kobaiheyyeve”. Male', Maldives National University
Abstract: މިއީ ކަލާފާނު ސުކޫލް ގުރޭޑު ހަތެއްގައި ކިޔަވަމުންދާ ދަރިވަރުން، ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކުން ފާހަގަކުރެވޭ ބަހުގެ ޤަވާއިދު ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރެވުނު ދިރާސާއަކަށްވާތީ، މި ދިރާސާ ބިނާކޮށްފައިވާނީ ކުއޮންޓިޓޭޓިވް ޑޭޓާތަކެކެވެ. އަދި ދިރާސާ ހެދުމަށް ޓަކައި ބޭނުންކުރީ ޑިސްކްރިޕްޓިވް ޑިޒައިންއެވެ. ދަރިވަރުންގެ ލިޔުންތައް ތަހުލީލުކޮށް ނިމުނުއިރު، ކަލާފާނު ސުކޫލް ގުރޭޑު ހަތެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ލިޔުންތަކުގައި އެންމެ ގިނައިން ހެދިފައިވާކަމަށް ފާހަގަކުރެވުނު، ބަހުގެ ޤަވާއިދު ކުށްތަކަކީ، އައިބައިފިއްޔާއި އާބާފިލީގެ ކުށްތަކާއި ލަފުޒު ވަކިކުރުމުގެ ކުށްތަކާއި ސުކުންކުރުމުގެ ހަމައިގެ ކުށްތަކާއި ޖުމުލަ އިބާރާތްކުރުމާއި ހުސްނޫނުގެ ކުށްތަކާއި އަކުރު ބޭނުންކުރުމުގެ ކުށްތަކާއި ލިޔެކިޔުމުގެ ނިޝާންތަކާއި ތިކިޖެހިތާނައިގެ ކުށްތަކެވެ. މި ދިރާސާއިން ހޯދުނު ގޮތުގައި، ފާހަގަކުރެވުނު ބަހުގެ ޤަވާއިދު ކުށްތައް ހެދުމަށް މެދުވެރިވަނީ، ދަރިވަރުންގެ ފޮތްތަކާއި މުޤައްރަރުގައި އެންމެ އެދެވޭ މިންވަރަށް ޤަވާއިދުގެބައިތައް ހިމަނާފައި ނުވުމާއި، ދަރިވަރުންނަށް ބަހުގެ ޤަވާއިދުގެ ބައިތައް ނޭނގުމާއި ޤަވާއިދާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު ދަށްވުމުންނެވެ. އަދި މުދައްރިސުން އެންމެ އެދޭ ގޮތެއްގައި ޤަވާއިދުގެ ބައިތައް އޮޅުންފިލުވައި ނުދެވުމާއި، މުދައްރިސުން ކިޔަވައިދިނުމުގައި ބަހުގެ ޤަވާއިދުގެ ބަޔަށްވުރެ ބޮޑަށް އެހެންބައިތަކަށް ސަމާލުކަން ދިނުމާއި، މުދައްރިސުންނަށް އެންމެ ފުރިހަމައަށް ބަހުގެ ޤަވާއިދު އެނގިފައި ނުވުމެވެ. މީގެއިތުރުން ދަރިވަރުންގެ މަސައްކަތްތަކަށް އެންމެ އެދެވޭ ގޮތަށް ފީޑްބެކް ނުދެވުން ވެސް ހިމެނެއެވެ. ދިރާސާއިން ހާމަވީ، ކަލާފާނު ސުކޫލް ގުރޭޑު ހަތެއްގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ ލިޔުންތަކުގައި ބަހުގެ ޤަވާއިދުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދައްކަމާއި، ދަރިވަރުން ބަހުގެ ޤަވާއިދަށް ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1023
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abbas Mohamed.pdf2.69 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.