Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1027
Title: ރާއްޖޭގައި ނުކުންނަ މަޝްހޫރު ނޫސްތަކުގައި ޚަބަރު ލިޔެފައި ހުންނަނީ ޚަބަރު ލިޔުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ހެއްޔެވެ؟
Other Titles: Raajeygai nukunna mash'hooru noosthakugai khabaru liyefai hunnanee khabaru liyumah kan'dalhaafaivaa usooluthakaai qavaaidhuthakaa ehgothah heyyeve?
Authors: އަޙުމަދު ޒަކަރިއްޔާ
Zakariyya, Ahmed
Issue Date: 5-Jun-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙުމަދު ޒަކަރިއްޔާ. (2016). ޕްރީ ސްކޫލް ކުދިންނަޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅު ބަސް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Zakariyya, A. (2016). Raajeygai nukunna mash'hooru noosthakugai khabaru liyefai hunnanee khabaru liyumah kan'dalhaafaivaa usooluthakaai qavaaidhuthakaa ehgothah heyyeve?. Male' Maldives National University.
Abstract: މި ދިރާސާއަކީ ދިވެހިރާއްޖޭގައި ނުކުންނަ ނޫސްތަކުގައި ޚަބަރުތައް އެކުލަވާލާފައި ހުންނަނީ، ޚަބަރު އެކުލަވާލުމަށް ކަނޑައަޅާފައިވާ އުސޫލްތަކާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މަޤްޞަދަކީ، ޚަބަރު ލިޔުމުގެ ޤަވާޢިދު ހިފެހެއްޓުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، ޚަބަރުގެ ސުރުޚީއާއި ލީޑް ޖުމްލައާއި ސްޓޯރީ ހުށައެޅުންފަދަ ބައިތައް ލިޔުމަށް ޤަވާޢިދުތަކެއް ކަނޑައަޅާފައި ވީނަމަވެސް އެ ޤަވާޢިދުތައް އެންމެ ރަނގަޅަށް ހިފެހެއްޓޭކަން ނުވަތަ ނޫންކަން ހާމަކޮށްދިނުމެވެ. ޤަވާޢިދުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް އެ ޤަވާޢިދުތަކާ އެއްގޮތަށް ޚަބަރު ނުލިޔެވުމަކީ، އެކި ގޮތްގޮތަށް ޚަބަރުލިޔެވި ޝާއިޢުކުރެވި ޚަބަރުތަކުގެ ފެންވަރާއި އޮއްޓަރު ދަށްވެ، ޚަބަރުތަކަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނޭ ކަމަކަށް ވާތީ މި ދިރާސާއަކީ ވަރަށް މުހިންމު ދިރާސާއެކެވެ. މި ދިރާސާގައި ބަލާލާފައިވާނީ ނޫސްތަކުގައި ހުންނަ ޚަބަރުތަކުގެ ސުރުޚީއަށާއި، ލީޑް ޖުމްލައަށާއި ސްޓޯރީ ހުށައަޅައިދީފައިވާ ގޮތަށެވެ. މީގެ އިތުރުން ފާހަގަކުރެވުނު އެހެނިހެން ބައިތަކަށާއި، ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ބައެއް ބައިތަކަށްވެސް މި ދިރާސާގައި ބަލާލައިފައި ވާނެއެވެ. އޮންލައިން ނޫސްތަކުން ޚަބަރުތައް ނަގައިގެން ކުރެވުނު ދިރާސާއަކަށް ވާތީ މިއީ ޓެކްސްޓް އެނަލިސިސް ކުރެވުނު ކޮލިޓޭޓިވް ދިރާސާއެކެވެ. ޚަބަރު ލިޔުމުގައި ޢަމަލުކުރުމަށް ވަކި ޤަވާޢިދުތަކެއް ކަނޑައަޅާފައިވާއިރު، މި ދިރާސާގައި ބެލީ، ޚަބަރު ލިޔުމުގައި އެކަމަށް އެކަށައަޅާފައިވާ ޤަވާޢިދު ހިފެހެއްޓޭ މިންވަރަށެވެ. އެގޮތުން، ސުރުޚީ ލިޔުމަށާއި، ލީޑް ޖުމްލަލިޔުމަށާއި ސްޓޯރީ ހުށައަޅައިދިނުމަށް ކަނޑައަޅާފައިހުރި ޤަވާޢިދުތަކުގެ ތެރެއިން، ބައެއް ޤަވާޢިދުތަކަށް ޢަމަލުކުރެވޭ މިންވަރު ކުޑަކަން މި ދިރާސާއިން ހޯދުނެވެ. އަދި ބައެއް ޤަވާޢިދުތަކަށް ވަރަށް ރަނގަޅަށް ޢަމަލުކުރެވޭކަން ވެސް ފާހަގަކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1027
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Zakariyya.pdf1.23 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.