Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1036
Title: މެދު މަދަރުސީ ދިވެހި ފޮތްތައް މި ޒަމާނާއި އެކަށީގެންވޭ ހެއްޔެވެ؟
Other Titles: Medhumadhurasee dhivehi foiythah mizamaanaai ekasheegenvey hehyeve?
Authors: Mohamed, Zidhna
ޒިދުނާ މުޙައްމަދު
Keywords: ދިވެހި ބަސް
ދިވެހި ޓެކްސްޓް ފޮތް
ޒަމާނަށް އެކަށީގެންވާގޮތަށް
ޒަމާނާއި ނުގުޅޭ ވާހަކަތައް
Issue Date: 1-Nov-2014
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Mohamed, Z. (2014). Medhumadhurasee dhivehi foiythah mizamaanaai ekasheegenvey hehyeve?. Male', Maldives National University.
ޒިދުނާ މުޙައްމަދު. (2014). މެދު މަދަރުސީ ދިވެހި ފޮތްތައް މި ޒަމާނާއި އެކަށީގެންވޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ދިވެހި ބަސް ކިޔަވައިދިނުމަށް ބޭނުންކުރާ ދިވެހި ޓެކްސްޓް ފޮތަކީ މި ޒަމާނަށް އެކަށީގެންވާ ފޮތެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރާ ދިރާސާއެކެވެ. މި ދިރާސާ އަމާޒުކޮށްފައިވަނީ ގްރޭޑް 6 އަދި 7ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ކިޔަވައިދެއްވާ ޓީޗަރުންނަށެވެ. މި ދިރާސާ ހަދާފައިވަނީ މިކްސްޑް މެތަޑެއް ބޭނުންކޮށްގެނެވެ. މި ދިރާސާގެ ސާމްޕަލް ނަގާފައިވަނީ، މާލޭގައި ގްރޭޑް 6 އަދި 7 ކިޔަވައިދޭ 4 ސްކޫލުންނެވެ. އެއީ 20 ކުދިންނާއި 8ޓީޗަރުންނެވެ. މި ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ދެ ގްރޭޑުގެ ވެސް ދަރިވަރުން ދެކޭގޮތުގައި ދިވެހި ފޮތްތައް ތައްޔާރުކޮށްފައިވަނީ މި ޒަމާނަށް އެކަށީގެންވާގޮތަށެވެ. އެހެންނަމަވެސް މި ގްރޭޑުތަކަށް ކިޔަވައިދޭ ޓީޗަރުން ދެކޭގޮތް ތަފާތެވެ. އެގޮތުން ގްރޭޑް 6ގެ ޓީޗަރުން ގަބޫލުކުރާ ގޮތުގައި ގްރޭޑް 6ގެ ދިވެހި ޓެކްސްޓް ފޮތަކީ ޒަމާނަށް އެކަށީގެންވާ ފޮތެއްނޫނެވެ. އެހެންނަމަވެސް ގްރޭޑް 7ގެ ޓީޗަރުންގެ ސްކޫލުގެ ނަތީޖާއިން ދިވެހި ފޮތަކީ އެކަށީގެންވާ ފޮތެއްކަމަށް ދެއްކިޔަސް އޯޕެން އެންޑެޑް ސުވާލުގެ ބައިން ނަތީޖާ ދައްކާގޮތުގައި ދިވެހި ފޮތަކީ ޒަމާނަށް އެކަށީގެންނުވާ ފޮތެކެވެ. ސާރވޭގައި ބައިވެރިވި ގިނަ ބައިވެރިން ފޮތަށް ގެންނަ އެންމެ ބޮޑު ބަދަލެއް ގޮތުގައި ފާހަގަކޮށްފައިވަނީ، ފޮތުގައި ހުރި ޒަމާނާއި ނުގުޅޭ ވާހަކަތައް އަޕްޑޭޓް ކޮށް މިހާރުގެ މާހައުލާއި ކުދިންނާއި ގުޅޭގޮތަށް ބަދަލުކުރުމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1036
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Zidhna Mohamed.pdf1.16 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.