Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1037
Title: މާލޭގެ މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ނަތީޖާ ރަނގަޅުވޭހެއްޔެވެ؟
Other Titles: Maaleyge madharusaa thakugai kiyavaa dharivarunnah hingey ithuru harakaaiythakuge sababun dharivarunge natheejaa rangalhuveyhehyeve?
Authors: Musthafa, Mueena
މުޢީނާ މުޞްތަފާ
Keywords: ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތް
ދަރިވަރުންގެ ފެންވަރު ރަނގަޅުވޭތޯ
ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން
އިތުރު ހަރަކާތް
ފިޒިކަލީ ހަރަކާތްތެރިވާންޖެހޭ ހަރަކާތް
ރާއްޖޭގެ ތައުލީމީ ނިޒާމު
ނޭދެވޭ އަސަރު
މާލޭގެ މަދަރުސާތައް
Issue Date: 1-Nov-2012
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Musthafa. M. (2012). Maaleyge madharusaa thakugai kiyavaa dharivarunnah hingey ithuru harakaaiythakuge sababun dharivarunge natheejaa rangalhuveyhehyeve?. Male', Maldives National University.
މުޢީނާ މުޞްތަފާ. (2012). މާލޭގެ މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ނަތީޖާ ރަނގަޅުވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ މާލޭގެ މަދަރުސާތަކުގައި ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ފެންވަރު ރަނގަޅުވޭތޯ ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. އެގޮތުން މާލޭގެ 3 ސްކޫލަކުން ދަރިވަރުންނާ ސާރވޭކޮށްފައިވާނެއެވެ. ޑާޓާ އެނަލައިސްކުރުމަށްޓަކައި މީން، ސްޓެންޑަޑް ޑިވިއޭޝަން އަދި ޓީ ޓެސްޓް ފަދަ ސްޓެސްޓިކަލް ޓޫލްސް ބޭނުންކޮއްފައިވާނެއެވެ. މިހާތަނަށް މި ދާއިރާއިން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވެއެވެ. އަދި ގިނައިން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ދަރިވަރުގެ ކިޔެވުމުގެ ފެންވަރު މަތިކޮށްދޭ ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. މިފަދަ ދިރާސާތަކަށް ރިއާޔަތްކޮށް މާލޭގެ މަދަރުސާތަކުގައި އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރަށް ބަލާއިރު، މި ދިރާސާއިން މުހިއްމު ހޯދުންތަކެއް ހޯދުނެވެ. އެގޮތުން މާލޭގެ މަދަރުސާތަކުގައިވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަކީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންކަން މި ދިރާސާއިން ހޯދުނެވެ. ހަމައެހެންމެ ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވާއިރު އަމިއްލަ އިޙްތިޔާރުގައި ބައިވެރިވުމުގެ މުހިއްމުކަންވެސް ހާމަވެގެންދިޔައެވެ. މީގެ އިތުރުން މާ ގިނަ ވަގުތު އިތުރު ހަރަކާތްތަކުގައި ހޭދަ ކުރުމަކީ އޭގެއިން ނޭދެވޭ އަސަރުތަކެއްކޮއްފާނެކަން ދިރާސާއިން ހާމަވެގެންދިޔައެވެ. ހަމައެހެންމެ ދަރިވަރުންނަށް ބޮޑަށް ފިޒިކަލީ ހަރަކާތްތެރިވާންޖެހޭ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމަކީ ދަރިވަރުންގެ މުސްތަޤްބަލަށްޓަކައި އެޅޭނެ ރަނގަޅު ފިޔަވަޅެއްކަން މި ދިރާސާ ގެ އަލީގައި ހޯދުނެވެ. އެހެންކަމުން މި ދިރާސާއިން ހޯދުނު މުހިއްމު ހޯދުންތަކަކީ އޭގެއިން ދަރިވަރުންނަށް، ބެލެނިވެރިންނަށް، މަދަރުސާތަކަށް އަދި ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމަށްވެސް އޭގެއިން ފައިދާކުރާނެ މުހިއްމު ހޯދުންތަކެކެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1037
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
MUEENA MUSTHFA.pdf1.12 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.