Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1049
Title: އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟
Other Titles: Ingireysibahugai dabal negeysh’an annagothah dhivehibahugai ehjumlaehgai nafeege akuru thakuraaruvumun maana ah badhalu aadhey heyyeve?
Authors: ޝާދިޔާ އަދުނާން
Adnan, Shadiya
Issue Date: 1-Jun-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޝާދިޔާ އަދުނާން. (2016). އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Adnan, S. (2016). Ingireysibahugai dabal negeysh’an annagothah dhivehibahugai ehjumlaehgai nafeege akuru thakuraaruvumun maana ah badhalu aadhey heyyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން (ނަފީ ތަކުރާރުވުން) އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ފަދަ ދިރާސާއެއް ހަދަން ނިންމީ އިނގިރޭސިބަހެކޭ އެއްފަދައިން ދިވެހިބަހުގައިވެސް ނަފީއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާއެއްޗަކަށް ވެފައި، ދިވެހިބަހުގައި ނަފީ ތަކުރާރުވުމުން މާނައަށް އަންނަ ބަދަލުތަކާއިމެދު ހެދިފައިވާ ދިރާސާތަކެއް ފެންނަން ނެތުމުން، މިއީވެސް ދިރާސާކުރުން މުހިއްމު ދާއިރާއެއް ކަމުގައި ދެކޭތީއެވެ. އިނގިރޭސިބަހުގައި ނަފީ ތަކުރާރުވުން އައިސްފައިވާ ގޮތަށް ބަލާއިރު އެއް ޖުމުލައެއްގައި/ ބުނުމެއްގައި ނަފީގެ އަކުރު ތަކުރާރުވެއްޖެނަމަ އެ ޖުމްލައެއް/ ބުނުމެއް ވަނީ ސާބިތު ޖުމްލައަކަށެވެ. މިގޮތުން ދިވެހި ބަހުގައިވެސް މިކަން ހިނގަނީ މި އުސޫލުންތޯ ބެލުމަށްޓަކައި ނަގާފައިވާނީ ދިވެހި ބަހުގައި ނަފީ ތަކުރާރުވެފައިވާ 35 ޖުމްލައެވެ. މި ދިރާސާ ހެދުމަށް އަޅުގަނޑު ބޭނުންކޮށްފައިވާ މެތަޑަކީ ކޮލިޓޭޓިވް މެތަޑެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެން ދިރާސާ ހެދީ މިއީ ޑާޓާ ތަކެއް އެއްކޮށްގެން އެ ޑާޓާތައް އެނަލިސިސް ކޮށްގެން ހެދި ދިރާސާއަކަށް ވުމުންނެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ ޕާޕޯސިވް ސާމްޕަލިންގް ބޭނުންކޮށްގެންނެވެ. ސަބަބަކީ މި ދިރާސާއަކީ ނަފީ ތަކުރާރު ވުމުން މާނައަށް ބަދަލު އާދޭތޯ ކުރާ ދިރާސާއަކަށް ވުމުން އެނޫންގޮތަކަށް ސާމްޕަލް ނަގައިފިނަމަ ދިރާސާގެ މަޤުޞަދު ހާޞިލު ނުވެދާނެތީއެވެ. މި ދިރާސާގެ ވެލިޑިޓީ އަދި ރިލައިބިލިޓީ އިތުރު ކުރުމަށްޓަކައި ތަފާތު ވެލިޑް ސޯސްތަކުން މައުލޫމާތު ނެގުމަށް އިސްކަން ދީފައިވާނެއެވެ. އަދި ނަފީ ތަކުރާރުވުމާއި ގުޅޭގޮތުން ގިނަ ރިސާޗަރުން ބުނެފައިވާ އެއްޗަކަށް ހޯދައި ބަލާފައިވާނެއެވެ. ހަމަ އެހެންމެ ސާމްޕަލްގައި ނަގާފައިވާ ޖުމްލަތަކުން ދޭހަވާ މާނަ ބެލުމަށްޓަކައި ދިވެހި ބަހުގެ ތަޖުރިބާ ހުރި ދެ ބޭފުޅަކާއި މަޝްވަރާކޮށްފައިވާނެއެވެ. މި ދިރާސާގެ ބާވަތުން މިއީ މީހުން ބޭނުންކޮށްގެން ހަދާ ދިރާސާއަކަށް ނުވާތީ، އެތިކަލް ގޮތުން މާބޮޑު ކަންތައްތަކެއް ވިސްނަން ނުޖެހުނަސް މި ރިސާރޗް ހެދުމުގައި އެތިކަލްގޮތުން ވިސްނަންޖެހޭ ހުރިހާކަމަކަށް ސަމާލުކަން ދީފައިވާނެއެވެ. މިގޮތުން މި ދިރާސާ ހެދުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު މިއީ އަމިއްލަ މަސައްކަތަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1049
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shadiya Adnan.pdf624.28 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.