Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1071
Title: ކަނޑުލާއި ދިވެހިންނާއި ހުރި ގުޅުމަކީ ކޮބާ؟
Other Titles: Kandulaai dhivehinna huri gulhumakee kobaa?
Authors: Mohamed, Adhisa
އާދިސާ މުޙައްމަދު
Keywords: ކަނޑޫ
ކަނޑުލާ ދިވެހިންނާއ ހުރި ގުޅުން
ކަނޑޫގަހުގެ މޭވާ
އޮޑިދޯނިފަހަރުބަނުން
ގެދޮރުހިޔާކުރުން
ބޭސްފަރުވާ
ކަނޑޫދަނޑި
ކަނޑޫފަލު
ކަނޑޫފާ
Issue Date: 10-Nov-2010
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Mohamed, A. (2010). Kandulaai dhivehinna huri gulhumakee kobaa?. Male', Maldives College of Higher Education.
އާދިސާ މުޙައްމަދު. (2010). ކަނޑުލާއި ދިވެހިންނާއި ހުރި ގުޅުމަކީ ކޮބާ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިދިރާސާ އަކީ ކަނޑުލާ ދިވެހިންނާއ ހުރި ގުޅުމަކީ ކޮބައިތޯ އާއި އެގުޅުން މިހާރު އޮތް މިންވަރު ދެނެގަތުމަށް ކޮށްފައިވާ ދިރާސާ އެކެވެ.ކަނޑުލަކީ އެއްދުވަސްވަރެއްގައި ދިވެހިން އެއަށް ބަރޯސާވެފައިވާ އެއްޗެކެވެ.އެގޮތުން ކަނޑޫގަހުގެ މޭވާ ނުވަތަ ކަނޑޫގަހުގައި އަޅާވަކަކީ ކެއުމުގެ ތަފާތު ވައްތަރުތައް ހަދައިގެން ކައިއުޅުނު އެއްޗެކެވެ.އޭގެ އިތުރުން އޮޑިދޯނިފަހަރުބަނުމަށާއި ގެދޮރުހިޔާކުރުމަށާއި މަސްވެރިކަމުގެ މަސައްކަތުގައި އެންދަމާ ދާފެއްތުމަށާއި ހިފާ ގެންގުޅޭ ބައެއްތަކެތީގެ ދަނޑިލުމަށާއި ބޭސްފަރުވާގެ ބޭނުންތަކަކީ ކަނޑުލުގެ ބައިތަކުން ހިފަމުންގޮސްފައިވާ މުހިންމު ބޭނުންތަކެކެވެ.ދިވެހިންގެ ސަގާފަތާ އާދަކާދައިގައި ހިމެނޭ މާލޫދު ހަރުގެ އެޅުމާއި ވަހުތާންޖެހުމާ އީދުކުޅިވަރުފަދަ ކުޅިވަރުތަކުގައި ބޭނުންކުރާ ދަނޑިހެދުމަށްވެސް އިހުދިވެހިން ކަނޑޫދަނޑި ބޭނުންކޮށްފައިވެއެވެ.އޭގެ އިތުރުން ވާވެލާވެށްޔަށް ބޭނުންކޮށް އުޅުނު ރޯނު ތައްޔާރުކުރުމަށް ބޭނުންވާ ނަރުހެދުމަށް ބޮނބިފާކުރާ ތަނަކަށް ދިވެހިން ކަނޑޫފަލުގެ ބޭނުން ހިފާފައިވެއެވެ.މިސަބަބުތަކަށްޓަކައި ކަނޑުލަކީ ދިވެހިންނާ އެތަށްގޮތަކުން ގުޅިފައިވާ އެއްޗެކެވެ.މިފާހަގަކުރެވުނު ކަންތައްތަކުގެ އިތުރުން ދިވެހިބަހާ ދިވެހިންގެ ތާރީޚާ ކަނޑުލާ ވަނީ ވަަރަށްބޮޑަށް ގުޅިފައެވެ.އެގޮތުން ދިވެހި ބަސްކޮށާރުގައި ކަނޑުލާގުޅުންހުރި ލަފުޒު ހުރުމާއި މިސާލުބަހުގެ ގޮތުގައި ކަނޑުލާގުޅުވައިގެން މިސާލުބަސް ގެނެސްފައި އެބަހުއްޓެވެ.އެގޮތުން ބޮޑުތަކުރުފާނު ވާހަކައަކީ ޚާއްސަކޮށް ފާހަގަކޮށްލެވޭ ވާހަކައެކެވެ. ދިވެހިން ކަނޑޫގަހުގެ ބައިތަކުން މިހާގިނަ ބޭނުންތައް ކޮށްފައިވާކަމީ ކަނޑުލާ ދިވެހިންނާ ހުރިގުޅުން ދައްކުވައިދޭ ހެއްކެކެވެ.ދިވެހިން މިހުރިހާ ކަމަކަށް ކަނޑޫގެ ބައިތައް ބޭނުންކުރަމުން ގޮސްފައި ވީނަމަވެސް މިހާރު މިވަނީ މިގުޅުން މަޑުމަޑުން ހީނަރުވާން ފަށާފައެވެ. އެހެންކަމުން މިދިރާސާގައި ސާވޭ ކުރެވުނު ކަންކަމުގެ ތެރޭގައި ކަނޑުލާ ދިވެހިންނާ ގުޅުންހުރި ކަންކަން ބަލާ އެކަންކަން މިހާރު ދިވެހިންނާ ގުޅުންހުރި މިންވަރު ހޯދިފައިވާނެއެވެ.އޭގެ އިތުރުން ކަނޑުލުގެ ވިޔަފާރި އޮތް ގޮތް ބަލާ ހޯދިފައި ވާނެއެވެ. މުޅި ނަތީޖާ އިން ފާހަގަ ކުރެވުނީ ކަނޑުލަކީ ދިވެހިންނާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއްކަމަށެވެ.ނަމަވެސް މިގުޅުން މިފަހަކަށް އައިސް ހީނަރުވަމުން އަންނަކަން މިދިރާސާ އިން ހާމަވެގެން ދިޔައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1071
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Adhisa Mohamed.pdf1.85 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.