Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1079
Title: ޅ.ނައިފަރު ރައްޔިތުން އެ ރަށު ރާގާމެދު ދެކޭގޮތް
Other Titles: Lh. Naifaru rayyithun e rashu raagaamedhu dhekey goiy
Authors: ލަމްޙާ ޢަލީ
Ali, Lamha
Issue Date: 1-Nov-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: .ލަމްޙާ ޢަލީ. (2016). ޅ.ނައިފަރު ރައްޔިތުން އެ ރަށު ރާގާމެދު ދެކޭގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Lamha, A. (2016). Lh. Naifaru rayyithun e rashu raagaamedhu dhekey goiy. Male', Maldives National University.
Abstract: ދިވެހިބަހުން ވާހަކަ ދެއްކުމުގައި ގެންގުޅޭ ރާގުތައް މިދަނީ ދުވަހެއް ދުވަހަކަށް ބަދަލު ވަމުންނެވެ. ބައެއް ރާގުތައް ފަނޑުވަމުން ގޮސް، މުޅިން ނެތިދާނެ ކަމުގެ އިޝާރާތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ރާގާމެދު މީހުން ދެކެމުން އަންނަ ގޮތް ތަފާތުވެފައި ވުމެވެ. އެހެންކަމުން މިހާރު ދިވެހި ރައްޔިތުން އެކި ރާގު ތަކާމެދު ދެކެމުން އަންނަނީ ކޮން ގޮތަކަށް ކަމާއި، މިކަން މިހެން ދިމާވަން މެދުވެރިވި ސަބަބު ހޯދުމަކީ، ދިވެހިބަހަށާއި، ބަހުގައި އެކުލެވޭ ބަހުރުވައަށާއި އަދި އިޖުތިމާޢީ ލާބައަށްޓަކައިވެސް މިއަދު ކޮންމެހެންވެސް ކުރަންޖެހިފައި އޮތް ކަމެކެވެ. މި ދިރާސާގެ މަޤްޞަދަކީ ދިވެހިބަހުގެ ރާގުތައް ސްޓީރިއޯޓައިޕް ކުރެވެމުންދާގޮތް ބެލިފައިނުވާ ދުވަސްވަރެއްގައި، ޅ.ނައިފަރު ރާގަށް އަމާޒުކޮށް މިފަދަ ދިރާސާއެއް ހަދާ، ޅ.ނައިފަރު ރާގާމެދު އެ ރާގުގެ އަހުލުވެރިން ދެކޭ ގޮތް ދެނެގަތުމެވެ. އަދި މިރަށުގެ ރައްޔިތުން ރަށުރާގާމެދު އެފަދައިން ދެކުމުގެ މައިގަނޑު ސަބަބުތަކަކީ ކޮބައިކަން ތަޙުލީލު ކުރުމެވެ. ދިރާސާ ހެދުމަށްޓަކައި ޅ.ނައިފަރުން މުޅިއެކު 198 މީހުން ރެޕްރެޒެންޓޭޓިވް ސާމްޕަލްސް ގެ ގޮތުގައި ނަގައިފައި ވާނެއެވެ. މިއިން ކޮންމެ ސާމްޕަލް އެއްވެސް ކުއެންޓިޓޭޓިވް ޑިޒައިން ގެ ދަށުން ދެ މެތަޑް އެއްގައި ބައިވެރި ކޮށްފައި ވާނެއެވެ. އެއީ މެޗްޑް ގައިސް އެކްސްޕެރިމަންޓް އަކާއި ކްރޮސް ސެކްޝަނަލް ސަރވޭ އެއްގައެވެ. ގައިސް ގެ އެކްސްޕެރިމަންޓުގެ ނަތީޖާ އިން ދައްކާފައިވަނީ، ނައިފަރު ރައްޔިތުން ރަސްމީ ދިވެހިބަހުގެ ރާގަށް ދޭ ތަރުޙީބު، އެރަށުގެ ދެ ސަރަޙައްދު ރަމްޒުކޮށްދޭ ދެ ރާގަށް ދީފައި ނުވާ ކަމެވެ. އެހެންކަމުން ޅ.ނައިފަރު ރާގާއި އެ ރާގުން ވާހަކަ ދައްކާ އުޅޭ މީހުންނާމެދު ދެކޭ ގޮތާއި ދެމެދު ވަރަށް ބޮޑު ގުޅުމެއް އުފެދިފައި ވާކަން މި ދިރާސާއިން ހާމަވިއެވެ. މީގެއިތުރުން ސަރވޭ ގެ ސުވާލު ކަރުދާހުގައި ކުރެވިފައިވާ ސުވާލުތަކުގެ ނަތީޖާ ދައްކާގޮތުން ސީދާ ރަށު ރާގުން ވާހަކަ ދެއްކުމާމެދު ދެކޭގޮތަކީ ކޮބައިތޯ އެހުމުން އެއީ ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި ދިރާސާގެ އެވްރެޖް ބައިވެރިން ނިންމާފައި ވެއެވެ. އަދި ރަށު މީހުންނާ މުޢާމަލާތު ކުރުމަށް ރަސްމީ ދިވެހިބަހުގެ ރާގު ބޭނުންކުރާއިރު އާންމު ދިރިއުޅުމުގައި ރަށު ރައްޔިތުންނާ ވާހަކަ ދެއްކުމަށްވެސް ރަށުރާގުގެ އިތުރުން ރަސްމީ ދިވެހިބަހުގެ ރާގު ބޭނުން ކުރާކަން އެނގުނެވެ. މީގެއިތުރުން ރަށުރާގުން ވާހަކަ ދެއްކުމުން މަދުން ނަމަވެސް މަލާމާތް ލިބޭ ކަމަށާއި، މުސްތަޤްބަލުގައި ރަށު ރާގުން ވާހަކަ ދައްކާ މީހުންގެ މިންވަރު ދާނީ ދަށަށް ކަމަށް ދިރާސާގެ އެވްރެޖު ބައިވެރިން ވަނީ ނިންމާފައެވެ. ޖުމުލަ ގޮތެއްގައި މިދިރާސާއިން ހާމަވީ ޅ.ނައިފަރުން ހޮވައިލެވުނު ބައިވެރިންގެ ފަރާތުން ރަސްމީ ދިވެހިބަހުގެ ރާގަށް ލިބުނު ތަރުޙީބު، އެރަށުގެ ދެކުނުކޮޅު އަދި އުތުރުކޮޅު ރާގަށް ލިބިފައި ނުވާ ކަމެވެ. އަދި މުޢާމަލާތު ކުރުމުގައި މިހާރު ޅ.ނައިފަރު މީހުން ހަމައެކަނި އެރަށު ރާގު ބޭނުން ކުރަން ފަސްޖެހެން ފަށާފައިވާ ކަމެވެ. މީގެއިތުރުން މުސްތަޤްބަލުގައި ޅ.ނައިފަރު ރާގުން ވާހަކަ ދައްކާ މީހުންގެ އަދަދު މަދުވާނެކަމަށް ދިރާސާގެ ބައިވެރިން ނިންމާފައި ވާކަންވެސް ހޯދުންތަކުގެ އަލީގައި ހާމަވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1079
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Lamha Ali.pdf1.18 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.