Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1081
Title: ދިވެހިބަހުން ލިޔެފައިވާ އޮންލައިން ނޫސްތަކުން ފާހަގަ ކުރެވުނު އަލިފު، ށަވިޔަނި އަދި ތާ ސުކުނުގެ މައްސަލަތަކާއި އިމްލާ ކުށްތައް
Other Titles: Dhivehi bahun liyefaivaa onlain noosthakun faahaga kurevunu alifu, shaviyani adhi thaa sukunuge massalathakaai imlaa kuhthah
Authors: މަރްޔަމް ރަހްޒާ
Rahuza, Mariyam
Issue Date: 1-Nov-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: މަރްޔަމް ރަހްޒާ. (2016). ދިވެހިބަހުން ލިޔެފައިވާ އޮންލައިން ނޫސްތަކުން ފާހަގަ ކުރެވުނު އަލިފު، ށަވިޔަނި އަދި ތާ ސުކުނުގެ މައްސަލަތަކާއި އިމްލާ ކުށްތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Rahuza, M. (2016). Dhivehi bahun liyefaivaa onlain noosthakun faahaga kurevunu alifu, shaviyani adhi thaa sukunuge massalathakaai imlaa kuhthah. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހިބަހުން ލިޔެފައިވާ އޮންލައިން ނޫސްތަކުގައި އަލިފު ސުކުން، ށަވިޔަނި ސުކުން އަދި ތާ ސުކުން ކުރެވެނީ ދިވެހިބަހުގެ ޤަވާއިދާއި ހަމަތަކާއި އެއްގޮތަށްތޯއާއި އޮންލައިން ނޫސްތަކުގައިވާ ލިޔުންތަކުން އިމްލާ ކުށް ފާހަގަ ކުރެވޭތޯއާއި ފާހަގަކުރެވެނީ ކިހާ ނިސްބަތަކުންކަން ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާ ހެދުމަށް ބޭނުންކޮށްފައިވާނި ޑައިރެކްޝަނަލް ހައިޕޮތެސިސްއެކެވެ. ސަބަބަކީ ދިރާސާއިން ހާމަކޮށްދޭން ބޭނުންވަނީ އަލިފު ސުކުން (އް)، ތާ ސުކުން (ތް) އަދި ށަވިޔަނި ސުކުން (ށް) ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ބޭނުން ނުކޮށްފިނަމަ ދިވެހިބަހަށް އަސަރު ކުރާނެކަމެވެ. އަދި ހަމައެހެންމެ ގިނަބަޔަކު ކޮންމެ ދުވަހަކުމެ ބޭނުންކުރަމުންދާ މީޑިޔާގެ ވަސީލަތެއްކަމަށްވާ އޮންލައިން ނޫސްތަކުގައި އިމްލާ ކުށް ހުންނަނަމަ އޭގެ ސަބަބުންވެސް ދިވެހިބަހަށް އަސަރު ކުރާނެކަމެވެ. މިދިރާސާ ހެދުމަށް ބޭނުންކޮށްފައިވާނީ ކުއަންޓިޓޭޓިވް ޑިޒައިންނެވެ. ސަބަބަކީ މިދިރާސާގައި ލިބުނު މައުލޫމާތުގެ ނަތީޖާ ހާމަކޮށްދިނުމަށް ބޭނުންކޮށްފައިވާނީ ހިސާބު އަދަދުން ކަމަށް ވާތީއެވެ. އެގޮތުން މަޢުލޫމާތު ހާމަކޮށްފައިވާނީ ކުއަންޓިޓޭޓިވް ޑޭޓާގެ ދަށުން ޑިސްކްރިޕްޓިވް ސްޓެޓިސްޓިކްސް ބޭނުންކޮށްގެންނެވެ. މި ދިރާސާ ހެދުމުގައި ދިވެހިބަހުން ލިޔެފައިވާ 5 ނޫހަކުން، 2016 ވަނަ އަހަރުގެ ޖުލައިން މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ލިޔެފައިވާ އާޓިކަލްތަކުގެ ތެރެއިން ކޮންމެ ނޫހަކުން ތަފާތު 6 ލިޔުންތެރިޔަކު ލިޔެފައިވާ ޖުމުލަ 30 އާޓިކަލަކަށް ބަލާލެވިފައިވާނެއެވެ. ރާއްޖޭގައި އޮންލައިން ގިނަ ނޫސްތަކެއް ނެރެވެމުންދާ ޒަމާނެއްގައި ނޫހުން މަޢުލޫމާތުތައް ނެގުމުގައި ބަލާލާފައިވާނީ މިދުވަސްވަރު އެންމެ ގިނަބަޔަކު ކިޔާ 5 ނޫހަކުން މަޢުލޫމާތު ނެގުމަށެވެ. މީހުންނަށް އެންމެ ކަމުދާ ނޫސް ހޯދުމުގައި ބެލީ ރާއްޖޭގައި ނެރެވެމުންދާ ނޫސްތަކުގެ ތެރެއިން އެންމެ ގިނަ ވިއުސް ލިބިފައިވާ ނޫސްތަކުން މަޢުލޫމާތު ނެގުމަށެވެ. މިގޮތުން ނެގޭ ސާމްޕަލްތަކެއްގެ މައްޗަށް ބަލާލުމަށްފަހު ލިބުނު ނަތީޖާގެ އަލީގައި ނިންމުން ގެނެސްދިން އިރު ފާހަގަކޮށްލެވުނީ ނޫސްތަކުގައި ލިޔެފައިވާ އާޓިކަލްތަކުގައި އަލިފު ސުކުން ށަވިޔަނި ސުކުން އަދި ތާ ސުކުނުގެ މައްސަލަތައް ގިނަކަމެވެ. މީގެ އިތުރަށް އިމްލާ ކުށް ގިނަކަމާއި މިކަމުގެ ސަބަބުން ލިޔުންތެރިޔާ ބުނަން ބޭނުންވާ އެއްޗެއްގެ މަޤްޞަދުވެސް ބައެއް ފަހަރު ނޭނގޭ މިންވަރަށް އިތުރުވެފައި ހުރިކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1081
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mariyam Rahuza.pdf1.05 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.