Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1085
Title: ތިކިޖެހިތާނައިގެ ޤަވާޢިދާ އެއްގޮތަށް ލިޔުމުގައި ތިކިޖެހިތާނަ ބޭނުންކުރުން
Other Titles: Thiki jehi thaanaige qavaaidhaai ehgothah liyumugawi thikijehi thaana beynunkurun
Authors: ޢަބްދުލްމުހައިމިން ޙުސައިން
Hussain, Abdul Muhaimin
Issue Date: 1-Jun-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޢަބްދުލްމުހައިމިން ޙުސައިން. (2016). ތިކިޖެހިތާނައިގެ ޤަވާޢިދާ އެއްގޮތަށް ލިޔުމުގައި ތިކިޖެހިތާނަ ބޭނުންކުރުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Hussain, A. (2016). Thiki jehi thaanaige qavaaidhaai ehgothah liyumugawi thikijehi thaana beynunkurun. Male', Maldives National University.
Abstract: މިފަދަ ދިރާސާއެއް ހެދުމުގެ މައިގަނޑު ބޭނުމަކީ، ދިވެހި ބަހުން ވާހަކަދައްކާ ލިޔުމުގައި ބޭރުބަސް ބަހުގެ ލަފުޒުތައް ބޭނުންކުރަންޖެހިފައި ވުމާއެކު ވެސް ތިކިޖެހިތާނައިގެ އަކުރުތަކަށް ސަމާލުކަން ނުދޭކަމަށް އެކިފަރާތްތަކުން ފާހަގަ ކުރަމުންދާތީ، މިޖީލުގެ ލިޔުންތެރީންނާއި އިހުގެ ލިޔުންތެރިން، ލިޔުންތައް ލިޔެފައި ހުންނަނީ ތިކިޖެހިތާނައިގެ ޤަވާޢިދާ އެއްގޮތަށްތޯ ބެލުމެވެ. އަދި ތިކިޖެހި ތާނައާމެދު ދިވެހި މުޖުތަމަޢުގެ އަފްރާދުން ދެކޭގޮތް ބެލުމެވެ. މީގެ އިތުރުން މިކަން އޮތް ނެތްގޮތް ބަލައި ހޯދާ، މުޖުތަމަޢަށް ފޯރުކޮށްދެވިއްޖެނަމަ، ޢިލްމު އުނގެނޭ ދަރިވަރުންނާއި މި ޖީލުގެ ލިޔުންތެރީންނަށް ވެސް ބޭނުން ހިފިދާނެ މަސައްކަތެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. މިގޮތުން މިދިރާސާއަށް މަޢުލޫމާތު އެއްކުރީ ތަފާތު ލިޔުންތެރީން ލިޔެ ޝާއިޢުކޮށްފައިވާ ލިޔުންތައް ބަލައިގެންނާއި ސާވޭ ކޮށްގެނެވެ. ލިޔުންތައް ބަލައި ކިޔައިގެން ހޯދީ، ތިކިޖެހިތާނަ ރަސްމީކޮށް އުފެދިގެން އައި ދުވަސްވަރުގެ ލިޔުންތެރީންނާއި ފަހުގެ ލިޔުންތެރީން ދިވެހިބަހުން ލިޔާއިރު، ތިކިޖެހިތާނައިގެ އަކުރުތައް ބޭނުންކޮށްފައިވާ މިންވަރެވެ. ސާވޭ ކޮށްގެން ހޯދާފައިވާނީ، ތިކިޖެހިތާނައާމެދު ސާވޭގެ ބައިވެރިން ދެކޭ ގޮތާއި އަދި އެފަރާތްތަކުން ލިޔާއިރު ތިކިޖެހިތާނައިގެ އަކުރުތަކަށް ސަމާލުކަން ދޭމިންވަރު ދެނެގަތުމެވެ. މި ދިރާސާގެ ނަތީޖާ ހާމަކޮށްފައިވާނީ މުޅިން އަލަށް އެއްކުރެވިފައިވާ މަޢުލޫމާތުގެ އަލީގައި މިކްސްޑް މެތަޑް ބޭނުންކޮށްގެންނެވެ. އެގޮތުން ކުއަންޓިޓޭޓިވްކޮށް (ހިސާބު ޢަދަދުން) ނާއި ކުއަލިޓޭޓިވްކޮށް ނަތީޖާ ބަޔާންކޮށްފައި ވާނެއެވެ. ތިކިޖެހިތާނަ ބޭނުންކުރާގޮތާއި ދެކޭގޮތް ދެނެގަތުމުގެ ބޭނުމުގައި ޑާޓާ އެއްކޮށްފައިވާނީ، ސްކޫލުތަކުގެ ޘާނަވީ ދަރިވަރުންނާއި މުދައްރިސުން ލައްވަ ސުވާލު ކަރުދާހެއް ފުރިހަމަ ކުރުވައިގެންނެވެ. މިގޮތުން ބެލި ބެލުމުން އެނގުނީ ދިރާސާގެ ސާވޭގައި ބައިވެރިވި ފަރާތްތަކުން ދިވެހިބަހުން ލިޔުމުގައި ތިކިޖެހިތާނައިގެ އަކުރުތަކަށް ސަމާލުކަން ދޭކަމެވެ. ސަމާލުކަން ދެއްވި ކަމުގައި ވިޔަސް ތިކިޖެހިތާނައިގެ އަކުރުތައް އޭގެ ޤަވާޢިދުން ބޭނުންކުރުމުގައި ކޮންމެވެސް މިންވަރެއްގެ އޮޅުންތަކެއް އަރާފައިވާކަމެވެ. ދިރާސާގެ ދެވަނަ ބައި ކަމަށްވާ ޑޮކިއުމަންޓް ކިޔައިގެން ހޯދީ ތިކިޖެހިތާނަ ބޭނުންކުރާ މިންވަރެވެ. އެގޮތުން ހޯދި މަޢުލޫމާތުން އެނގުނީ އެކި ދުވަސްވަރުގެ ލިޔުންތެރިންގެ ލިޔުންތަކުގައި، ދިވެހިބަހުން ލިޔުމުގައި ތިކިޖެހިތާނައިގެ އަކުރުތައް އޭގެ ޤަވާޢިދުން ބޭނުންކޮށްފައިހުރި ކަމެވެ. އެހެންނަމަވެސް އެއަކުރުތައް ބޭނުންކުރުމުގައި އެކިއެކި ލިޔުންތެރިން ތަފާތު ހަމަތަކަށް ޢަމަލުކޮށްފައިވާކަން ވެސް މި ދިރާސާއިން އެނގުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1085
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abdul Muhaimin Hussain.pdf1.65 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.