Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1086
Title: ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ދިވެހި ޤައުމަށް ލިބުނު އެންމެ ބޮޑު ގެއްލުން
Other Titles: Dhivehiraajjeyge verikamuge baaruthah hoadhumuge beynumugai Athireegey aa”ilaa aai Kakaage aa”ilaage medhugai ufedhunu vaadhaverikamuge therein hin’gaa dhiya kanthahthakuge sababun Dhivehi qaumah libunu enme bodu gellun
Authors: އަޙްމަދު ޖަވާދު
Jawad, Ahmed
Issue Date: 1-Jun-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙްމަދު ޖަވާދު . (2016). ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ދިވެހި ޤައުމަށް ލިބުނު އެންމެ ބޮޑު ގެއްލުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ahmed, J. (2016). Dhivehiraajjeyge verikamuge baaruthah hoadhumuge beynumugai Athireegey aa”ilaa aai Kakaage aa”ilaage medhugai ufedhunu vaadhaverikamuge therein hin’gaa dhiya kanthahthakuge sababun Dhivehi qaumah libunu enme bodu gellun. Male', Maldives National University.
Abstract: މިއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ދިވެހި ޤައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ކޮބައިކަން ދެނެގަތުމަށް ކުރާ ދިރާސާއެކެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ބޭނުންކުރެވޭނީ ތާރީޚީ ލިޔުންތަކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކުގެ ވާހަކަތައް ބަޔާންކޮށް އެކިއެކި ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކާއި އަދި ހަމަ އެދުވަސްވަރު ދިވެހިރާއްޖޭގައި އެކިއެކި ކަންކަން ހިނގާދިޔަގޮތް ބަޔާންކޮށް އެކިއެކި ފަރާތްތަކުން ލިޔެފައިފައިވާ ލިޔުންތައް ދިރާސާކުރެވޭނެއެވެ. މީގެ އިތުރަށް މި ދިރާސާއަކީ ވަކިކަމެއް ހޯދުމަށް ކުރެވޭ ދިރާސާއަކަށް ވާތީ ސާމްޕްލިންގެ ގޮތުގައި ބޭނުންކޮށްފައިވަނީ ދިރާސާގެ ސުރުޚީއާ އެންމެ ބޮޑަށް ގުޅުންހުރި ފޮތްތައްކަމަށް ވާތީ، މިއީ ޕާޕަސިވް ސާމްޕަލް ބޭނުންކޮށްގެން ނަންބޮރޮބެބިލިޓީ އެޕްރޯޗް ބޭނުންކޮށްގެން ކުރާ ދިރާސާއެކެވެ. މި ދިރާސާއަކީ މަލްޓިޕްލް ކޭ ސްޓަޑީއަކަށްވާތީ، ދިރާސާގައި އެންމެ ފުރަތަމަ ބަލައިލާފައި ވާނީ އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން ހިނގާދިޔަ ތަފާތު ހާދިސާތަކުގެ މައްޗަށް ލިޔުންތެރިން ލިޔެފައިވާ ތާފާތު ލިޔުންތަކަށެވެ. އޭގެ ފަހުގައި، އެ ހާދިސާތަކުން ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެކި ދާއިރާތަކަށް ލިބުނު ގެއްލުންތައް ހޯދައި އެ ގެއްލުންތައް އަޅާ ކިޔުމަށްފަހު، ލިބުނު އެންމެ ބޮޑު ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްފައި ވާނެއެވެ. ހަމަ އެހެންމެ މި ދިރާސާ ހަދާފައި ވާނީ ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން ޑޮކިޔުމެންޓްރީ އެެނަލިސިސް މެތަޑް ބޭނުންކޮށްގެންނެވެ. މި ދިރާސާއިން ހާމަވާ ގޮތުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމާ ގުޅިގެން ވަރަށް ބޮޑެތި ހާދިސާތަކެއް ހިނގައި، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދާއިރާއަށް ދީފައިވާ ނުވަތަ ލިބިފައިވާ ގެއްލުންތަކާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ދީފައިވާ ނުވަތަ ލިބިފައިވާ ގެއްލުންތަކާއި ދިވެހިރާއްޖޭގެ އިޖުތިމާޢީ ދާއިރާއަށް ދީފައިވާ ނުވަތަ ލިބިފައިވާ ގެއްލުންތަކާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތަށް ދީފައިވާ ނުވަތަ ލިބިފައިވާ ގެއްލުންތައް ހިމެނެއެވެ. މި ދިރާސާގެ ނަތީޖާއިން ހާމަވި ގޮތުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި އަތިރީގޭ ޢާއިލާއާއި ކަކާގެ ޢާއިލާގެ މެދުގައި އުފެދުނު ވާދަވެރިކަމާ ގުޅިގެން ހިނގާފައިވާ ތަފާތު ހާދިސާތަކުގައި، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިސްލާމީ ވަޙުދަތަށާއި އިޖުތިމާޢީ މިނިވަންކަމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގެއްލުންތައް ލިބުމަށް މެދުވެރިވި މައިގަނޑު ހާދިސާތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރާއްޖޭގައި އިންޑިޔާގެ ވޯރާއިން ވިޔަފާރިކުރުމާއި، ބޮޑު ހުޅުގެ ހަދިސާގެ އިތުރުން ދިވެހިރާއްޖެ އިނގިރޭސިންގެ "ހިމާޔަތުގެ" ދަށަށް ދިޔުމާ ގުޅިގެން ކުރިމަތިވި ތަފާތު މައްސަލަތަކެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1086
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Jawaad.pdf1.61 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.