Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1109
Title: ޘާނަވީ ތަޢުލީމުގެ މަރުހަލާ ނިމޭ ދިވެހި ކިޔަވާ ކުދިންނަށް އިހު އެވޭލާ ޘަޤާފަތުގައި ދިވެހިން ފާހަގަކުރި ދުވަސްތައް އެނގޭ މިންވަރާއި އަދި މި ދުވަސްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށް ދެވިފައިވާ މިންވަރަކީ ކޮބާ؟
Other Titles: S’aanavee thauleemuge maruhalaa nimey Dhivehi kiyavaa kudhinnah ihu eveylaa s’aqaafathuge dhivehin faahagakuri dhuvasthah engey minvaraai adhi mi dhuvasthakaai behey mau’loomaathu foarukoh dhevifaavaa minvarakee kobaa?
Authors: Nuzuhaa, Aishath
އާއިޝަތު ނުޒުހާ
Keywords: ޘާނަވީ ތަޢުލީމު
އިހު އެވޭލާ ޘަޤާފަތް
ދިވެހިން ފާހަގަކުރި ދުވަސްތައް
ދުވަސްތަކާއި ބެހޭ މަޢުލޫމާތު
ޘަޤާފަތް
އާދަ ކާދަ
Issue Date: 1-Nov-2015
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Nuzuhaa, A. (2015). S’aanavee thauleemuge maruhalaa nimey Dhivehi kiyavaa kudhinnah ihu eveylaa s’aqaafathuge dhivehin faahagakuri dhuvasthah engey minvaraai adhi mi dhuvasthakaai behey mau’loomaathu foarukoh dhevifaavaa minvarakee kobaa?. Male', Maldives National University.
އާއިޝަތު ނުޒުހާ. (2015). ޘާނަވީ ތަޢުލީމުގެ މަރުހަލާ ނިމޭ ދިވެހި ކިޔަވާ ކުދިންނަށް އިހު އެވޭލާ ޘަޤާފަތުގައި ދިވެހިން ފާހަގަކުރި ދުވަސްތައް އެނގޭ މިންވަރާއި އަދި މި ދުވަސްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށް ދެވިފައިވާ މިންވަރަކީ ކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ޘާނަވީ ތަޢުލީމުގެ މަރުހަލާ ނިމޭ ދިވެހި ކިޔަވާ ކުދިންނަށް އިހު އެވޭލާ ޘަޤާފަތުގައި ދިވެހިން ފާހަގަކުރި ދުވަސްތައް އެނގޭ މިންވަރު ބަލައި އަދި މި ދުވަސްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށް ދެވިފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މިދިރާސާ ކުރިއަށް ގެންދިޔައީ ކުއޭންޓިޓޭޓިވް މެތަޑް ބޭނުންކޮށްގެނެވެ. ސާމްޕަލްގެ ގޮތުގައި ނެގިފައިވާނީ މާލޭގައި ފަސް ސުކޫލަކުން ކޮންމެ ސުކޫލަކުން ސާޅީސް ދަރިވަރުންނެވެ. ދަރިވަރުން ނެގިފައިވަނީ ހަމައެކަނި ގުރޭޑް ދިހައަކުންނެވެ. މިދިރާސާ ކުރިއަށް ގެންދެވިފައިވާނީ ސުޓުރަކްޗަރޑް ސާވޭ ފޯމުގެ އެހީގައެވެ. ސާވޭ ފޯމުގައި ސުވާލުތައް ހިމަނާފައިވާނީ އެވޭލާ ޘަޤާފަތުގައި ފާހަގަކުރި ފަސް ދުވަހާ ބެހޭ މަޢުލޫމާތު އެނގޭ އަދި ނޭނގޭ މިންވަރު ބެލުމުގެ ގޮތުންނާއި އަދި ފާހަގަކުރި ދުވަސްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވާ މިންވަރު ބެލުމުގެ ގޮތުންނެވެ. އެނގޭ އަދި ނޭނގޭ މިންވަރު ބެލުމުގެ ގޮތުން ކުރެވިފައިވާނީ ދިހަ ސުވާލެވެ. އެއީ ކޮންމެ ދުވަހަކަށް ދެސުވާލެވެ. އަދި މަޢުލޫމާތު ފޯރުކޮށްދެވިފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރެވިފައިވާނީ ދެސުވާލެވެ. މި ދިރާސާއިން ހާމަވިގޮތުގައި އެވޭލާ ޘަޤާފަތިގައި ދިވެހިން ފާހަގަކުރި ދުވަސްތަކުގެ ތެރެއިން ހަތަރުދުވަސް ގިނަ ދަރިވަރުންނަށް ނޭނގެއެވެ. ދަރިވަރުންނަށް އެނގޭ ދުވަހަކީ ބާރަ ދުވަހެއެވެ. ކިޔަވާ ކުދިންނަށް މިދުވަސްތައް ނޭގުމަށް މެދުވެރި ވެދާނެ މައިގަނޑު ދެ ސަބަބެއް ފާހަގަކުރެވުނެވެ. ފުރަތަމަ ސަބަބަކީ ސުކޫލުތަކުން މިދުވަސްތަކާބެހޭ މަޢުލޫމާތު ކިޔަވައި ނުދިނުމެވެ. އަދި ތާރީޚް އުގަންނައިދޭ ފަރާތްތަކުން މިދުވަސްތަކާބެހޭ މަޢުލޫމާތު، ދަރިވަރުންނަށް ފޯރުކޮށް ނުދިނުމެވެ. އަދި މީގެ އިތުރުން ޤައުމީ މަންހަޖުގައި ތާރީޙާއި ޘަޤާފަތް ހިމަނާފައި ނެތުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޓެކްސްޓް ފޮތްތަކުގައިވެސް މި ދުވަސްތަކާއި ބެހޭ މަޢުލޫމާތު ނެތުމީވެސް ކިޔަވާކުދިންނަށް މި މަޢުލޫމާތު ނޭނގުމަށް މެދުވެރި ވެދާނެ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1109
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
research.draft 3 Aishath Nuzuha.pdf867.85 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.