Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1111
Title: ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުގައި މިނިކުރުން ބޭނުންކޮށްފައިވަނީ ކިހިނެއް ހެއްޔެވެ؟
Other Titles: Yoosuf Mohamed Fulhuge lhenthakugai minikirun beynun kohfaivanee kihineh hehyeve?
Authors: Rasheeda, Aminath
އާމިނަތު ރަޝީދާ
Keywords: ޔޫސުފް މުޙައްމަދުފުޅު
ޅެންތަކުގައި މިނިކުރުން
ކެޒުއަލް
ޖެނެރަލް
ރެޕްރެޒެންޓޭޓިވް
ޑިޕޯލްޓް
ކޮންވެންޝަނަލައިޒްޑް
ޕަރސޮނިފިކޭޝަން ވިތް މެޓޯނިމީ
ޝައުޤުވެރި ކުރުވުމަށް
ސަމާލުކުރުވުމަށް
Issue Date: 1-Nov-2015
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Rasheeda, A. (2015). Yoosuf Mohamed Fulhuge lhenthakugai minikirun beynun kohfaivanee kihineh hehyeve?. Male', Maldives National University.
އާމިނަތު ރަޝީދާ. (2015). ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުގައި މިނިކުރުން ބޭނުންކޮށްފައިވަނީ ކިހިނެއް ހެއްޔެވެ؟ މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މިއީ "ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުގައި މިނިކުރުން ބޭނުންކޮށްފައިވަނީ ކިހިނެއް ހެއްޔެވެ؟" މި ސުވާލުގެ ޖަވާބު ހޯދުމަށް ކުއަލިޓޭޓިވް ޕެރަޑައިމްގެ އެހީގައި ޑިޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެން ކުރާ ދިރާސާއެކެވެ. އެކަމަށްޓަކައި އެނަލިސިސް ހެދުމަށް ޑޮކިއުމަންޓް އިޚްތިޔާރުކުރީ ނޮންޕްރޮބަބިލިޓީ ސާމްޕަލިންގގެ ދަށުން ޕަރޕޮސިވް ކޮށެވެ. މިގޮތުން މިނިކުރުމުގެ ސިފަ އެކުލެވޭ 6 ޅެން ޕަރޕޮސިވްކޮށް އިޚްތިޔާރުކުރެވުނެވެ. އެއަށްފަހު މި ދިރާސާގައި ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުން ރަމްޒިއްޔާތުގެ އުޞްލޫބުގެ ތެރެއިން މިނިކުރުން ބޭނުންކޮށްފައި ހުރި ގޮތް އެނަލައިޒްކޮށްފައިވާނެއެވެ. މި ދިރާސާއިން އެނގުނުގޮތުގައި ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުގައި މިނިކުރުމުގެ ޚާއްސިއްޔަތުގެ ތެރެއިން ކެޒުއަލް، ޖެނެރަލް އަދި ރެޕްރެޒެންޓޭޓިވް ބޭނުންކުރައްވާފައިވެއެވެ. އަދިހަމައެހެންމެ މިނިކުރުމުގެ ވައްތަރުތަކުގެ ތެރެއިން ޑިޕޯލްޓް، ކޮންވެންޝަނަލައިޒްޑް، ޕަރސޮނިފިކޭޝަން ވިތް މެޓޯނިމީ އަދި ނޮވެލް ފާހަގަ ކުރެވުނެވެ. މީގެއިތުރުން ނޮވެލް މިނިކުރުމުގެ ސިފަ ޅެންތަކުން ފާހަގަ ކުރެވުނު މިންވަރު މަދުކަމާއި، ޑިފޯލްޓް ޚިޔާރުކުރި އެއްވެސް ޅެމަކުން ފާހަގައެއް ނުކުރެވެއެވެ. އަދި މިނިކުރުން ލަފުޒުގެ ފެންވަރާއި، ޢިބާރާތުގެ ފެންވަރާއި، މަފްހޫމްގެ ފެންވަރުގައި ބޭނުންކުރައްވާފައިވާކަން ހާމަވިއެވެ. މި ދިރާސާއިން ހާމަވި ގޮތުގައި ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުގައި މިނިކުރުން ބޭނުންކުރައްވާފައި ހުރީ ޝައުޤުވެރި ކުރުވުމަށާއި، ސަމާލުކުރުވުމަށެވެ. ޅެމުގެ އުފެއްދުންތެރިކަން އިތުރުކުރުވުމަށެވެ. ދެ އެއްޗެއްގެ ދެމެދުގައިވާ ގުޅުން އެނގި، އިހްސާސްތައް ހޭލައްވާ ހޭލުންތެރި ކުރުވުމަށެވެ. އަދިހަމައެހެންމެ ޅެމުން ޙަޤީޤީ މުޢާމަލާތެއް ކިޔުންތެރިންނާ ކުރުމަށް މަގުފަހި ކުރުވުމަށެވެ. ކުރުކޮށް ފޮނިކޮށް ފުން މަފްހޫމެއް ހުށައެޅުމަށެވެ. މީގެއިތުރުން ކިޔުންތެރިންނަށް ދެ ފެންވަރެއްގެ މާނަ ޅެމުން ހުށައަޅައިދިނުމަށެވެ. ދުނިޔޭގައި އަދަބީގޮތުން ފޭރާން ހެޔޮކަމަށް ނަން ހިނގާ ޅެން ޅެމާއި، ނަން މަޝްހޫރު އަދީބުންގެ ޅެންވެރިކަމުގައި މިނިކުރުން ބޭނުންކުރައްވާފައިވާ ގޮތަށް ޔޫސުފް މުޙައްމަދުފުޅުގެ ޅެންތަކުގައިވެސް މިނިކުރުން ބޭނުންކުރައްވާފައި ހުރިކަން ފާހަގަ ވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1111
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aminath Rashyda (10648).pdf1.09 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.