Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1112
Full metadata record
DC FieldValueLanguage
dc.contributor.authorމަރިޔަމް ޢަލިދީދީ-
dc.contributor.authorDidi, Mariyam Ali-
dc.date.accessioned2018-03-24T05:05:57Z-
dc.date.available2018-03-24T05:05:57Z-
dc.date.issued2012-11-01-
dc.identifier.citationމަރިޔަމް ޢަލިދީދީ. (2012). ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް ހުވަދޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާ އިރު މި ލަފުޒުތައް ނިމިފައިވާ ސުކުންތަކަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެ ތަފާތުތައް އަންނަ އުޞޫލަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationDidi, M. A. (2012). Dhivehibahuge rasmee bahuruvaigai sukunah nimey namuge lafuzuthah huvadhoo bahuruvaaai Fuvahmulaku bahuruvaaai Addu bahuruvain kiyaairu mi lafuzuthah nimifaivaa sukunthakah anna fonologikal thafaathu thakakee kobaihehyeve? Adhi ey thafaathuthah anna us’oolakee kobaihehyeve?. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1112-
dc.description.abstractމި ދިރާސާއަކީ ދިވެހި ބަހުގެ ބަހުރުވަތަކުގެ މެދުގައި ފޮނޮލޮޖިކަލް (އަޑުގެ) ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާ މައިގަޑު ގޮތެއްގައި އަމާޒޮކޮށްފައިވާނީ ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް، ދިވެހި ބަހުގެ ސަރަޙައްދީ ބަހުރުވަތައް ކަމަށްވާ ހުވަދޫ ބަހުރުވައާއި ފުއައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާއިރު އެ ލަފުޒުތަކުގެ ނިމޭ ސުކުނަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށެވެ. މީގެ އިތުރުން އެ ބަދަލުތައް އަންނަ ޢާންމު އުޞޫލަކީ ކޮބައިތޯވެސް މި ދިރާސާގައި ބަލައިފައިވާނެއެވެ. މި ދިރާސާއަށް ނަގާފައިވާ މައްސަލަ ތަހުލީލިކޮށް ކުރިއަށް ގެންގޮސްފައިވާނީ މިކްސްޑް މެތަޑަށެވެ. ދިރާސާގެ މައްސަލައަކީ ސޯޝަލް މައްސަލައަކަށް ވާތީ މި މައްސަލަ ދިރާސާކުރުމަށް ކުއަލިޓޭޓިވް ޑާޓާ އެއްކުރެވިފައިވާނެއެވެ. ހަމައެހެންމެ މައްސަލައިގެ އެއްބައިކަމަށްވާ، ފޮނިލޮޖިކަލް ތާފާތުތައް އަންނަ އުޞޫލު ހޯދާ ބެލުމަށް ޑާޓާ އެނެލައިޒްކުރުމުގައި ކުއަންޓިޓޭޓިވް ގޮތްތަކެއް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކުރެވުނެވެ. މި ދިރާސާ ރިޕޯޓް ހުށަހަޅައިފައިވާނީ 6 ބާބުގެ މައްޗަށް ބަހާލާއިގެންނެވ ދިވެހިބަހުގެ ބަހުރުވަތަކާ ބެހޭގޮތުން ހެދިފައިވާ ދިރާސާތައް މަދުކަމާހުރެ މި ދިރާސާގެ ލިޓްރޭޗަރ ރިވިއުއަށް، ދިރާސާގެ މައްސަލައާ ސިދާ ގުޅޭ މަޢުލޫމާތު ހޯދުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިރާސާއަށް އެއްކުރެވުނު ޑާޓާ ތަކުގެ އެހީގައި ލިންގުއިސްޓިކް އުޞޫލުގެ މަތިން ރަސްމީ ބަހުރުވައާއި ހުވަދުއަތޮޅު ބަހުރުވައާއި އައްޑޫ ބަހުރުވައިގެ މެދުގައި ހުރި ފޮނޮލޮޖިކަލް ތާފާތުތަކެއް ފެނިގެން ދިޔައެވެ. މި ދިރާސާއަކީ ބަހާބެހޭގޮތުން މީގެ ކުރިން ހަދާފައިވާ ލިންގުއިސްޓިކް ދިރާސާތަކުގެ މަޢުލޫމާތަށް އިތުރު ޞައްޙަކަމެއް ގެނެސްދިން ދިރާސާއެކެވެ. އެ ގޮތުން ބަހާއި ބަހުރުވައިގެ މެދުގައި ފޮނޮލޮޖިކަލް ތާފާތު ތަކެއް ހުންނަކަން މި ދިރާސާއިންވެސް އެނގިގެން ދިޔައެވެ. ހަމައެހެންމެ ދިވެހި ބަހުގެ ބަހުރުވަތާކާ ބެހޭ ގޮތުން ކުރިން ހެދިފައިވާ ދިރާސާތަކުން ހޯދިފައިވާ ހޯދުންތަކާއި ތަފާތު މަޢުލޫމާތު ވެސް މި ދިރާސާއިން ލިބިގެން ދިޔައެވެ. މި ދިރާސާއަކީވެސް ދިވެހި ބަސް ދިރާސާކުރާ ފަރާތްތަކަށް މީގެ ސަބަބުން އިތުރު މަޢުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.subjectބަހުރުވަތަކުގެ މެދުގައި ފޮނޮލޮޖިކަލް (އަޑުގެ) ތަފާތުen_US
dc.subjectހުވަދޫ ބަހުރުވަen_US
dc.subjectުއައްމުލަކު ބަހުރުވަen_US
dc.subjectއައްޑޫ ބަހުރުވަen_US
dc.subjectލަފުޒުތަކުގެ ނިމޭ ސުކުނަށް އަންނަ ފޮނޮލޮޖިކަލް ތަފާތުen_US
dc.subjectފޮނޮލޮޖިކަލް ތާފާތު ތަކެއް ހުންނަކަންen_US
dc.titleދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް ހުވަދޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާ އިރު މި ލަފުޒުތައް ނިމިފައިވާ ސުކުންތަކަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެ ތަފާތުތައް އަންނަ އުޞޫލަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehibahuge rasmee bahuruvaigai sukunah nimey namuge lafuzuthah huvadhoo bahuruvaaai Fuvahmulaku bahuruvaaai Addu bahuruvain kiyaairu mi lafuzuthah nimifaivaa sukunthakah anna fonologikal thafaathu thakakee kobaihehyeve? Adhi ey thafaathuthah anna us’oolakee kobaihehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
maryam ali didi .. dissertation.. final (2012).pdf2.09 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.