Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/1112
Title: | ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް ހުވަދޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާ އިރު މި ލަފުޒުތައް ނިމިފައިވާ ސުކުންތަކަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެ ތަފާތުތައް އަންނަ އުޞޫލަކީ ކޮބައިހެއްޔެވެ؟ |
Other Titles: | Dhivehibahuge rasmee bahuruvaigai sukunah nimey namuge lafuzuthah huvadhoo bahuruvaaai Fuvahmulaku bahuruvaaai Addu bahuruvain kiyaairu mi lafuzuthah nimifaivaa sukunthakah anna fonologikal thafaathu thakakee kobaihehyeve? Adhi ey thafaathuthah anna us’oolakee kobaihehyeve? |
Authors: | މަރިޔަމް ޢަލިދީދީ Didi, Mariyam Ali |
Keywords: | ބަހުރުވަތަކުގެ މެދުގައި ފޮނޮލޮޖިކަލް (އަޑުގެ) ތަފާތު ހުވަދޫ ބަހުރުވަ ުއައްމުލަކު ބަހުރުވަ އައްޑޫ ބަހުރުވަ ލަފުޒުތަކުގެ ނިމޭ ސުކުނަށް އަންނަ ފޮނޮލޮޖިކަލް ތަފާތު ފޮނޮލޮޖިކަލް ތާފާތު ތަކެއް ހުންނަކަން |
Issue Date: | 1-Nov-2012 |
Publisher: | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Faculty of Arts, Maldives National University |
Citation: | މަރިޔަމް ޢަލިދީދީ. (2012). ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް ހުވަދޫ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާ އިރު މި ލަފުޒުތައް ނިމިފައިވާ ސުކުންތަކަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެ ތަފާތުތައް އަންނަ އުޞޫލަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. Didi, M. A. (2012). Dhivehibahuge rasmee bahuruvaigai sukunah nimey namuge lafuzuthah huvadhoo bahuruvaaai Fuvahmulaku bahuruvaaai Addu bahuruvain kiyaairu mi lafuzuthah nimifaivaa sukunthakah anna fonologikal thafaathu thakakee kobaihehyeve? Adhi ey thafaathuthah anna us’oolakee kobaihehyeve?. Male', Maldives National University. |
Abstract: | މި ދިރާސާއަކީ ދިވެހި ބަހުގެ ބަހުރުވަތަކުގެ މެދުގައި ފޮނޮލޮޖިކަލް (އަޑުގެ) ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާ މައިގަޑު ގޮތެއްގައި އަމާޒޮކޮށްފައިވާނީ ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ސުކުނަށް ނިމޭ ނަމުގެ ލަފުޒުތައް، ދިވެހި ބަހުގެ ސަރަޙައްދީ ބަހުރުވަތައް ކަމަށްވާ ހުވަދޫ ބަހުރުވައާއި ފުއައްމުލަކު ބަހުރުވައާއި އައްޑޫ ބަހުރުވައިން ކިޔާއިރު އެ ލަފުޒުތަކުގެ ނިމޭ ސުކުނަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށެވެ. މީގެ އިތުރުން އެ ބަދަލުތައް އަންނަ ޢާންމު އުޞޫލަކީ ކޮބައިތޯވެސް މި ދިރާސާގައި ބަލައިފައިވާނެއެވެ.
މި ދިރާސާއަށް ނަގާފައިވާ މައްސަލަ ތަހުލީލިކޮށް ކުރިއަށް ގެންގޮސްފައިވާނީ މިކްސްޑް މެތަޑަށެވެ. ދިރާސާގެ މައްސަލައަކީ ސޯޝަލް މައްސަލައަކަށް ވާތީ މި މައްސަލަ ދިރާސާކުރުމަށް ކުއަލިޓޭޓިވް ޑާޓާ އެއްކުރެވިފައިވާނެއެވެ. ހަމައެހެންމެ މައްސަލައިގެ އެއްބައިކަމަށްވާ، ފޮނިލޮޖިކަލް ތާފާތުތައް އަންނަ އުޞޫލު ހޯދާ ބެލުމަށް ޑާޓާ އެނެލައިޒްކުރުމުގައި ކުއަންޓިޓޭޓިވް ގޮތްތަކެއް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކުރެވުނެވެ. މި ދިރާސާ ރިޕޯޓް ހުށަހަޅައިފައިވާނީ 6 ބާބުގެ މައްޗަށް ބަހާލާއިގެންނެވ ދިވެހިބަހުގެ ބަހުރުވަތަކާ ބެހޭގޮތުން ހެދިފައިވާ ދިރާސާތައް މަދުކަމާހުރެ މި ދިރާސާގެ ލިޓްރޭޗަރ ރިވިއުއަށް، ދިރާސާގެ މައްސަލައާ ސިދާ ގުޅޭ މަޢުލޫމާތު ހޯދުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިރާސާއަށް އެއްކުރެވުނު ޑާޓާ ތަކުގެ އެހީގައި ލިންގުއިސްޓިކް އުޞޫލުގެ މަތިން ރަސްމީ ބަހުރުވައާއި ހުވަދުއަތޮޅު ބަހުރުވައާއި އައްޑޫ ބަހުރުވައިގެ މެދުގައި ހުރި ފޮނޮލޮޖިކަލް ތާފާތުތަކެއް ފެނިގެން ދިޔައެވެ.
މި ދިރާސާއަކީ ބަހާބެހޭގޮތުން މީގެ ކުރިން ހަދާފައިވާ ލިންގުއިސްޓިކް ދިރާސާތަކުގެ މަޢުލޫމާތަށް އިތުރު ޞައްޙަކަމެއް ގެނެސްދިން ދިރާސާއެކެވެ. އެ ގޮތުން ބަހާއި ބަހުރުވައިގެ މެދުގައި ފޮނޮލޮޖިކަލް ތާފާތު ތަކެއް ހުންނަކަން މި ދިރާސާއިންވެސް އެނގިގެން ދިޔައެވެ. ހަމައެހެންމެ ދިވެހި ބަހުގެ ބަހުރުވަތާކާ ބެހޭ ގޮތުން ކުރިން ހެދިފައިވާ ދިރާސާތަކުން ހޯދިފައިވާ ހޯދުންތަކާއި ތަފާތު މަޢުލޫމާތު ވެސް މި ދިރާސާއިން ލިބިގެން ދިޔައެވެ. މި ދިރާސާއަކީވެސް ދިވެހި ބަސް ދިރާސާކުރާ ފަރާތްތަކަށް މީގެ ސަބަބުން އިތުރު މަޢުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/1112 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.