Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1113
Title: މޭލޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ސާނަވީ ދިވެހި މުދައްރިސުންނަށް ދިވެހިބަހުގެ ޤަވައިދު އެނގޭ މިންވަރާއި ކިޔަވައިދޭ ދަރިވަރުންނަށް ދިވެހިބަހުގެ ޤަވާޢިދު އެނގޭ މިންވަރާ ގުޅުމެއްވޭ ހެއްޔެވެ؟
Other Titles: Maaleyge sukoolthakugai kiyavaidhey saanavee Dhivehi mudhahrisunnah Dhivehi bahuge qavaaidhu engey minvaraai kiyavaidhey dharivarunnah Dhivehi bahuge qavaaidhu engey minvaraa gulhumeh veyhehyeve?
Authors: އިސްމާޢީލް ޝާނިމް
Shanim, Ismail
Keywords: މަލޭގެ ސާނަވީ ގުރޭޑް
ދިވެހި މުދައްރިސުން
ދިވެހިބަހުގެ ޤަވާޢިދު
ދަރިވަރުންނަށް ޤަވާޢިދު އެނގޭ މިންވަރު
Issue Date: 1-Nov-2013
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އިސްމާޢީލް ޝާނިމް. (2013). މޭލޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ސާނަވީ ދިވެހި މުދައްރިސުންނަށް ދިވެހިބަހުގެ ޤަވައިދު އެނގޭ މިންވަރާއި ކިޔަވައިދޭ ދަރިވަރުންނަށް ދިވެހިބަހުގެ ޤަވާޢިދު އެނގޭ މިންވަރާ ގުޅުމެއްވޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Shanim, I. (2013). Maaleyge sukoolthakugai kiyavaidhey saanavee Dhivehi mudhahrisunnah Dhivehi bahuge qavaaidhu engey minvaraai kiyavaidhey dharivarunnah Dhivehi bahuge qavaaidhu engey minvaraa gulhumeh veyhehyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ މަލޭގެ ސާނަވީ ގުރޭޑްތަކުގައި ކިޔަވައިދެއްވާ ދިވެހި މުދައްރިސުންނަށް ދިވެހިބަހުގެ ޤަވާޢިދު އެނގޭ މިންވަރާއި ކިޔަވައިދެއްވާ ދަރިވަރުންނަށް ދިވެހިބަހުގެ ޤަވާޢިދު އެނގޭ މިންވަރާ ދެމެދު ގުޅުމެއްވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ ބޭނުމަކީ ދަރިވަރުންގެ ކިބައިން ފާހަގަވާ ގަވައިދުގެ މައްސަލަތަކާ ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނާ ގުޅުމެއްވޭތޯ ޢިލްމީ ނަޒަރަކުން ބަލައި، ދިވެހިބަހުގެ ޤަވާއިދު އެނގޭ މިންވަރު ދެނެގަތުމެވެ. މިދިރާސާކުރުމަށް ލިބިފައިވާ ވަގުތުގެ ކުޑަކަމުން މުޅި ރާއްޖޭގެ ހުރިހާ ސުކޫލުތައް ހިމެނޭގޮތަށް މިފަދަ ދިރާސާއެއް ކުރުމުގެ ފުރުސަތެއް ނެތެވެ. އެހެންކަމުން މި ދިރާސާގެ ސުވާލު މިވަނީ ހަމައެކަނި މާލޭގެ ސާނަވީ ސުކޫލުތަކަށް އަމާޒުކުރެވިފައެވެ. އެގޮތުން މާލޭގައި ހިމެނޭ ސާނަވީ ސްކޫލުތަކާއި ސާނަވީ ގުރޭޑްތަކަށް ކިޔަވައިދޭ ސްކޫލުތައް ދިރަސާގައި ބައިވެރިކޮށްފައިވާނެއެވެ. މި އަަތްދަށު ތަހުޤީޤުގައި ދިރާސާކުރުމުގައި ބޭނުންކުރި ޤަވާޢިދުގެ ބައިތަކަކީ އައިބައިފިއްޔާއި އާބާފިއްޔާއި، ތިކިޖެހިތާނައާއި، ހުސްނޫނާއި، ވާހަކަދެއްކުމުގެ ދަރަޖަތަކާއި، ފުޅު، ކޮޅު އާއި، ނަފީކުރުމާއި، ހުރުން، އިނުން، އޮތުމާ އަދި ސުކުންކުރުމުގެ ހަމަތަކެވެ. މިދިރާސާއަކީ މުދައްރިސުންނާއި ދަރިވަރުންނަށް ޤަވާޢިދު އެނގޭ މިންވަރުގައި ގުޅުމެއް ވޭތޯ ބެލުމަށް ހަދާ ދިރާސާއަކަށްވުމުން ނަތީޖާ ދެނެގަތުމަށް މިންކުރަންޖެހެއެވެ. އެހެންކަމުން މި ރިސަރޗްގައި ބޭނުންކޮށްފައިވާނީ ކުއަންޓިޓޭޓިވް ޕެރަޑައިމް އެވެ. ރިސަރޗް މެދަޑް ގޮތުގައި ބޭނުންކުރީ ސަރވޭ އާއި އިންޓވިއުއެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި މަޢޟޫއަށް ބޭނުންވާ ޑޭޓާ އެއްކޮށް ނަތީޖާ ހޯދުނެވެ. ދިރާސާއިން ހާމަވި ގޮތުގައި މުދައްރިސުންނަށް ދިވެހި ބަހުގެ ޤަވާޢިދުގެ ހަމަތަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ދަރިވަރުންނަށް އެނގެނީ ވަރަށް ކުޑަކޮށެވެ. އެގޮތުން %75 އިންސައްތަ މުދައްރިސުންނަށް ދިވެހިބަހުގެ ޤަވާޢިދު ވަރަށްް ރަނގަޅަށް އެނގޭއިރު ދަރިވަރުންގެ ތެރެއިން އެނގެނީ އެންމެ %11 އިންސައްތަ ކުދިންނަށެވެ. ނަމަވެސް ފުދޭވަރަަކަށް ދިވެހިބަހުގެ ޤަވައިދު އެނގޭ މިންވަރާއި ދަރިވަރުންނާއި މުދައްރިސުންނަށް އެނގޭ މިންވަރުގެ ހުރީ %4 އިންސައްތައިގެ ތަފާތެކެވެ. ޖުމުލަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ގަވާޢިދު އެނގޭ މިންވަރުގައި ތަފާތު ހުރިނަމަވެސް ސުވާލުތަކަށް ޖަވާބު ދިނުމުގައި އެއްގޮތް ސިފަތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ދަރިވަރުން އެންމެ ގިނައިން ޖަވާބު ރަނގަޅުކުރި ސުވާލުތައް މުދައްރިސުންގެ ތެރެއިންވެސް އެންމެ ގިނަ މުދައްރިސުންވަނީ ރަނގަޅުކޮށްފައެވެ. އެހެންކަމުން ދިރާސާގެ ހޯދުންތަކުން ދައްކަނީ ދަރިވަރުންނާ ޚިލާފަށް މުދައްރިސުންނަށް ދިވެހިބަހުގެ ޤަވާޢިދު ރަނގަޅަށް އެނގުނު ނަމަވެސް ދަރިވަރުންނަށް ޤަވާޢިދު އެނގޭ މިންވަރުގައި ގުޅުމެއްވާކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1113
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ismail_Shanim_(11221).pdf1.11 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.