Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1114
Title: "ވެރި" އަދި "ތެރި" މި ދެ މޯފީމު ލަފުޒުތަކާގުޅޭ އުޞޫލުތަކާއި، މިއިން މޯފީމެއް ގުޅިފައި ހުންނަ ލަފުޒުތަކުގެ ފަހަތަށް މޯފީމްތައް ގުޅޭ އުޞޫލުތައް
Other Titles: “Veri” adhi “theri” midhe moafeemu lafuzu thakaa gulhey us’ooluthakaai, miin moafeemeh gulhifaai hunna lafuzu thakuge fahathah moafeemuthah gulhey us’ooluthah.
Authors: ޢާއިޝަތު ސަލްމާ
Salma, Aishath
Keywords: ދިވެހިބަހުން ލިޔެކިޔުން
ވެރި އަދި ތެރި
މޯފީމް
ޑެރިވޭޝަނަލް
Issue Date: 1-Nov-2015
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޢާއިޝަތު ސަލްމާ. (2015). "ވެރި" އަދި "ތެރި" މި ދެ މޯފީމު ލަފުޒުތަކާގުޅޭ އުޞޫލުތަކާއި، މިއިން މޯފީމެއް ގުޅިފައި ހުންނަ ލަފުޒުތަކުގެ ފަހަތަށް މޯފީމްތައް ގުޅޭ އުޞޫލުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Salma, A. (2015). “Veri” adhi “theri” midhe moafeemu lafuzu thakaa gulhey us’ooluthakaai, miin moafeemeh gulhifaai hunna lafuzu thakuge fahathah moafeemuthah gulhey us’ooluthah. Male', Maldives National University.
Abstract: މިއީ ދިވެހިބަހުން ލިޔެކިޔުމުގައި ބޭނުންކުރާ ދެ މޯފީމްކަމުގައިވާ "ވެރި" އަދި "ތެރި" މިއިން މޯފީމެއް އެހެން ލަފުޒުތަކާ ގުޅޭ އުޞޫލުތައް ހޯދުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ "ވެރި" އަދި "ތެރި" މިއިން ކޮންމެ މޯފީމެއް، އެހެން ލަފުޒުތަކާ ގުޅެނީ ކޮންކޮން އުޞޫލަކުންކަން ދެނެގަތުމެވެ. ބޭނުމަކީ ދިވެހިބަހުގެ މޯފޮލޮޖީގައިވެސް ވަކި އުޞޫލުތަކަކާއި ހަމަތަކެއް އެބަހުރިކަމާއި، ދިވެހި ބަހަކީވެސް މުއްސަނދި ބަހެއްކަން ހާމަކުރުމެވެ. މީގެ އިތުރުން މިމަސައްކަތަކީ ބަހަށް ކުރެވޭ ޚިދުމަތަކަށްވެފައި މި މަސައްކަތުގެ ސަބަބުން މިފަދަ ކަންކަމަށް ޝައުޤުވެރިވާފަރާތްތަކަށް މަޢުލޫމާތުތަކެއް ލިބޭނެތީ، މިއީ މުހިންމު ދިރާސާއެއްކަމުގައި ދެކެމެވެ. މި ދިރާސާގެ ލިޓްރެޗަރ ރިވިއުއިން ފާހަގަވި ގޮތުގައި، ލަފުޒު އުފެދެނީ މޯފީމްތަކެއް ގުޅިގެންނެވެ. މޯފީމްގެ ތެރޭގައި ފްރީމޯފީމާއި ބައުންޑް މޯފީމް ހިމެނެއެވެ. ބައެއް މޯފީމްތައް ލަފުޒުގެ ކޯއަށް ނުވަތަ ސްޓެމްއަށް ގުޅުމުން ލަފުޒުގެ މާނަ އަދި ލެކްސިކަލް ކެޓަގަރީ ބަދަލުވެއެވެ. އަދި މޯފީމްތައް ގުޅިގެން ލަފުޒުތައް އުފެދުމުގައި ދުނިޔޭގެ އެކި ބަސްބަހުގައި ތަފާތު އުޞޫލުތަކެއް ބޭނުންކުރާކަންވެސް ހާމަވިއެވެ. މި ދިރާސާކޮށްފައިވަނީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެންނެވެ. އެގޮތުން މި ދިރާސާގައި ހަދާފައިވަނީ ޓެކްސްޓް އެނަލިސިސްއެކެވެ. ދިރާސާކުރުމަށް ޚިޔާރުކުރި 105 އަހަރުގެ މުއްދަތުގެތެރެއިން ހޮވައިލެވުނު 25 ލިޔުމެއްގެ 125 ޞަފްޙާއަކުން ހޮވައިލެވުނު 84 ލަފުޒު ތަޙުލީލުކޮށްފައި ވާނެއެވެ. "ވެރި" ހިމެނޭ 54 ލަފުޒާއި "ތެރި" ހިމެނޭ 30 ލަފުޒެވެ. ދިރާސާގެ ތަޙުލީލުތަކުން ހޯދުނު ގޮތުގައި "ވެރި އަދި ތެރި" މި ދެ މޯފީމަކީވެސް "ޑެރިވޭޝަނަލް" މޯފީމެވެ. އަދި މިއިން އެއްވެސް މޯފީމެއް "ޕްރީފިކްސް"ގެ ގޮތުގައި އައިސްފައެއް ނުވެއެވެ. މިއިން ކޮންމެ މޯފީމެއްގެވެސް ކުރިއަށާއި ފަހަތަށް ތަފާތު މޯފީމްތައް ގުޅެއެވެ. އެގޮތުން "ވެރި" އަދި "ތެރި" މިއިން މޯފީމެއްގެ ކުރިޔަށް އަބަދުވެސް އައިސްފައިވަނީ ރޫޓްލަފުޒެވެ. ފަހަތަށް ގުޅިފައިވަނީ މުޅިންވެސް ބައުންޑް މޯފީމެވެ. "ވެރި" އަދި "ތެރި" މިއިން މޯފީމެއްގެ ކުރިޔަށް ނުވަތަ ފަހަތަށް މޯފީމްތައް ގުޅޭ ތަފާތު އުޞޫލުތަކެއް ވާކަންމި ދިރާސާއިން ހޯދިފައިވެއެވެ. އަދި ޒަމާން ބަދަލުވުމަކުން، މި މޯފީމްތައް ބޭނުންކުރާ އުޞޫލުތައް ބަދަލު ނުވާކަންވެސް މި ދިރާސާއިން ހާމަވިއެވެ. ވީމާ މި ދިރާސާއިން ދިވެހިބަހުގެ މޯފޮލޮޖީގެ ބައެއް ޙަޤީޤަތްތައް ދެނެގަނެވިފައި ވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1114
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Salma.pdf2.13 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.