Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1115
Title: މާލޭގެ ޕްރީސުކޫލު ދަރިވަރުން ބޮޑަށް ޝައުޤުވެރިވަނީ ދިވެހިބަހައް ހެއްޔެވެ؟ ނުވަތަ އިނގިރޭސި ބަހަށް ހެއްޔެވެ؟
Other Titles: Maaleyge preesukool dharivarun bodah sh’auquverivanee Dhivehi bahah hehyeve? Nuvatha ingireysi bahah hehyeve?.
Authors: Manik, Nafiza Ali
ނާފިޒާ އަލިމަނިކު
Keywords: ޕްރީ ސުކޫލު މަރުޙަލާ
ބަސް ތަރައްޤީވުން
އިނގިރޭސިބަސް ބޭނުން ކުރުން
ކްލާސްރޫމް ތެރޭގައި
ކްލާސްރޫމް އިން ބޭރުގައި
ދެބަސް މަސްހުނިކޮށްގެން ވާހަކަ
Issue Date: 1-Nov-2014
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Manik, N. A. (2014). Maaleyge preesukool dharivarun bodah sh’auquverivanee Dhivehi bahah hehyeve? Nuvatha ingireysi bahah hehyeve?. Male', Maldives National University.
ނާފިޒާ އަލިމަނިކު. (2014). މާލޭގެ ޕްރީސުކޫލު ދަރިވަރުން ބޮޑަށް ޝައުޤުވެރިވަނީ ދިވެހިބަހައް ހެއްޔެވެ؟ ނުވަތަ އިނގިރޭސި ބަހަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: ޕްރީ ސުކޫލު މަރުޙަލާއަކީ ކުއްޖާ ބަސް ތަރައްޤީވުމުގެ މުހިންމު މަރުޙަލާ އެކެވެ. މިގޮތުން ވަށައިގެން ފެންނަ ކަންތައްތަކާއި އިވޭ އަޑުތަކުން ކުއްޖާގެ ބަސް ތަރައްޤީވެ ކުރިއަރައިގެން ދެއެވެ. މި ދިރާސާއަކީ މާލޭގެ ޕްރީސުކޫލު ދަރިވަރުން ބޮޑަށް ދިވެހިބަހަށް ނުވަތަ އިނގިރޭސި ބަހަށްތޯ ބަލައި، ވަކި ބަހަކަށް ބޮޑަށް ޝައުޤުވެރިވާނަމަ އެކަމުގެ ސަބަބު ހޯދައިބެލުމަށްޓަކައި ކުރި ދިރާސާއެކެވެ. މި ދިރާސާ ހެދުމުގައި ބަލާފައިވާނީ މާލޭގައި ހިންގާ ޕްރީސުކޫލުތަކުގެ ތެރެއިން އިންޓަރނޭޝަނަލް ޕްރީސުކޫލުތައް ފިޔަވައި ރެންޑަމްކޮށް ހޮވާލެވުނު 8 ޕްރީ ސުކޫލެއްގެ، ކޮންމެ ސުކޫލަކުން 10 ބެލެނިވެރިންނާއި، 4 ޓީޗަރުން، ޖުމްލަ 8 ބެލެނިވެރިންނާއި 16 ޓީޗަރުންގެ ފަރާތުން ހޯދުނު މަޢުލޫމާތުގެ އިތުރުން ރެންޑަމްކޮށް ހޮވާލެވުނު ހަތަރު ސުކޫލެއްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާސްތަށް އޮބްޒަރވް ކޮށްގެން ނެގުނު މަޢުލޫމާތުގެ މައްޗަށެވެ.މިގޮތުން އޮބްޒާރވް ކޮށްފައިވަނީ ކޮންމެ ސުކޫލަކުން، އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާލެކެވެ. ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން މަޢުލޫމާތު ނެގީ ކުއެޝަންއެއާރ އެއް ބޭނުން ކޮށްގެންނެވެ. މިދިރާސާ ހެދުމުގައި ކްއަންޓިޓޭޓިވް އަދި ކޮލިޓޭޓިވް ޑޭޓާ ބޭނުންކޮށްފައިވާނެއެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ މާލޭގެ ޕްރީ ސުކޫލުތަކުގެ ދަރިވަރުން ދިވެހި ބަހަށްވުރެ ބޮޑަށް އިނގިރޭސި ބަހަށް ޝައުޤުވެރިވާކަމެވެ. އިނގިރޭސި ލަފުޒުތަކާއި ޖުމްލަތައް ފިރިހެން ދަރިވަރުންނަށް ވުރެބޮޑަށް އަންހެން ދަރިވަރުން ބޭނުންކުރި ނަމަވެސް ފިރިހެން ދަރިވަރުންނާއި އަންހެން ދަރިވަރުން ބަސް ބޭނުންކުރާގޮތުގައި މާބޮޑު ތަފާތެއް ނެތްކަން ފާހަގަކުރެވުނެވެ. ކްލާސްރޫމް ތެރޭގައި ދަރިވަރުން ގިނައިން އިނގިރޭސިބަސް ބޭނުން ކުރާކަމާއި ދެބަސް މަސްހުނިނުކޮށް ފުރިހަމަޔަށް ދިވެހި ބަހުން ވާހަކަދައްކާ ކުދިންގެ ނިސްބަތް މަދުކަން ފާހަގަ ކުރެވުނެވެ. އަދި ފިރިހެން ދަރިވަރުންނަށްވުރެ ބޮޑަށް އަންހެން ދަރިވަރުން ދެބަސް މަސްހުނިކޮށްގެން ވާހަކަ ދައްކާ ކަންވެސް ފާހަގަކުރެވުނެވެ. މީގެ އިތުރުން ކުލާހުގައި ކިޔަވައިދޭ ޓީޗަރުންވެސް އިނގިރޭސިބަހަށް އިސްކަންދޭ ކަމާއި ދަރިވަރުންނާއި ވާހަކަ ދެއްކުމުގައި ގިނައިން އިނގިރޭސިބަހަށް އިސްކަންދޭ ކަމާއި ދަރިވަރުންނާއި ވާހަކަ ދެއްކުމުގައި ގިނައިން އިނގިރޭސި ލަފުޒުތަކާއި ޖުމްލަތައް ބޭނުން ކުރާކަން ފާހަގަ ކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1115
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
NAAFIZA ALIMANIK.pdf1.58 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.