Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1124
Title: މޭނާސްކޫލް ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ދިވެހިބަހުން އޭ ގްރޭޑް ލިބުން މަދުވާ ސަބަބުތައް
Other Titles: Meynaa school gureydu 10 nimmaa dharivarunnah dhivehibahun A gureydu libun madhuvaa sababuthah
Authors: އަޙުމަދު ޒުހުރީ
Zuhury, Ahmed
Issue Date: 1-May-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙުމަދު ޒުހުރީ. (2016). މޭނާސްކޫލް ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ދިވެހިބަހުން އޭ ގްރޭޑް ލިބުން މަދުވާ ސަބަބުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Zuhury, A. (2016). Meynaa school gureydu 10 nimmaa dharivarunnah dhivehibahun A gureydu libun madhuvaa sababuthah. Male', Maldives National University.
Abstract: މި ދިރާސާއަކީ މޭނާސްކޫލް ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ދިވެހިބަހުން އޭ ގްރޭޑް ލިބުން މަދުވާ ސަބަބުތައް ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާ ކުރަން ޖެހުނީ ވޭތިވެ ދިޔަ 22އަހަރު ތެރޭގައި ދިވެހިބަހުގެ އެވްރެޖް ނަތީޖާ ރަނގަޅު ނަމަވެސް އޭ ގްރޭޑް ލިބުން މަދުވީމައެވެ. އެހެން މާއްދާތަކުން އޭ ގްރޭޑް ހޯދާ ނިސްބަތް ވަރަށް ބޮޑަށް އިތުރު، ދިވެހިބަހުން އޭ ގްރޭޑް ނުހޯދޭތީއެވެ. މި ދިރާސާ އަކީ ކޮލިޓޭޓިވް މަޢުލޫމާތާއި ކުއަންޓިޓޭޓިވް ޑާޓާތަކެއްގެ މައްޗަށް ބިނާކޮށް، މިކްސްޑް މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެެކެވެ. ސާންޕަލްގެ ގޮތުގައި ނެގުނީ މޭނާސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި ކިޔަވާ ނިމިފައިވާ އިސްދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ދިވެހިޑިޕާޓްމަންޓުގެ ވެރިޔާއާއި ސްކޫލްގެވެރިޔާއެވެ. އަދި ދަރިވަރުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ނަތީޖާއެވެ. މި ދިރާސާއަށް ޑާޓާ ނަގާފައިވާނީ ސާވޭކޮށްގެންނާއި އިންޓަވިއުކޮށްގެންނާއި އޮބްޒާވްކޮށްގެންނެވެ. މިގޮތުން ބެލުނު ކަންތައްތަކަކީ ކީ ސްޓޭޖް 1އަދި 2ގައި ދިވެހިބަސް ކިޔަވައިދޭ ގޮތްތަކާއި ޘާނަވީ ގްރޭޑް ތަކުގައި ކިޔަވައިދޭ ގޮތްތަކެވެ. މީގެއިތުރުން ކިޔަވައިދޭ މުދައްރިސުންގެ ފެންވަރާއި ބޭނުންކުރައްވާ އުކުޅުތަކާއި ގޮތްތަކެވެ. ހަމައެއާއެކު އުނގަންނައި ދިނުމަށް ބޭނުންކުރާ ވަސީލަތްތަކެވެ. މީގެ އިތުރުން ސްކޫލް މާހައުލަކީ އުނގެނުމަށް ފަހި މާޙައުލެއްތޯއެވެ. މި ދިރާސާއަށް ޑާޓާ ނެގުމަށްފަހު ޑާޓާތައް އެނަލައިޒްކުރީ މެނުއަލްކޮށް ގުނައިގެން، މައިކްރޯ ސޮފްޓް އެކްސެލް ބޭނުންކޮށްގެންނެވެ. މީގެއިތުރުން އޮބްޒާވްކޮށްގެން ލިބުނު މަޢުލޫމާތުތައް ތަފްޞީލްކޮށް ހުށަހަޅައިގެންނެވެ. މި ދިރާސާއިން އެނގުނީ މޭނާސްކޫލް ގްރޭޑް 10 ނިންމާ ދަރިވަރުންނަށް އޭ ގްރޭޑް ލިބުން މަދުވާ ސަބަބުތައް ހުރިކަމެވެ. މި ސަބަބުތަކަށް އެކަށީގެންވާ ޙައްލު ހޯދައި ދެވިގެންނޫނީ މި ކަމަށް ހައްލެއް ލިބުން ދުރުވާނެކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1124
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Zuhury.pdf2.26 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.