Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1136
Title: ހިދާޔާސްކޫލުގެ ސާަނވީ ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުން ނަފީކުރަނީ އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށްހެއްޔެވެ؟
Other Titles: Hidhaya schooluge saanavee gureyduthakugai kiyavaa dharivarun nafeekuranee ekashaalhaafaivaa qavaaidhaai ehgothah heyyeve?
Authors: ޙަރިއްޔާ މޫސާ
Moosa, Hariyya
Issue Date: 1-May-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: .ޙަރިއްޔާ މޫސާ. (2017). ހިދާޔާސްކޫލުގެ ސާަނވީ ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުން ނަފީކުރަނީ އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށްހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Moosa, H. (2017). Hidhaya schooluge saanavee gureyduthakugai kiyavaa dharivarun nafeekuranee ekashaalhaafaivaa qavaaidhaai ehgothah heyyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ ހިދާޔާސްކޫލުގެ ސާނަވީ ގުރޭޑްތަކުގެ ދަރިވަރުން ނަފީކުރަނީ އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށްތޯއާއި ބެލުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ދިރާސާގައި ބައިވެރިކުރި 36 ދަރިވަރުން ލިޔެފައިވާ އެކިއެކި ލިޔުންތަކުންނާއި ކުލާހުގައި ދައްކާފައިވާ ވާހަކަތަކުން ނެގުނު ނަފީގެ ލަފުޒުތަކުގެ އަލީގައި އެކަން ދެނެގަތުމަށް މަސައްކަތް ކުރެވިފައިވާނެއެވެ. އެހެންކަމުން މި ދިރާސާ ކުރެވިފައިވާނީ އެމްޕިރިކަލް ރިސާޗް ފްރޭމް ވާރކެއް ބޭނުންކޮށްގެން ކޮލިޓޭޓިވް މެތަޑަށެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރި ސަބަބަކީ ނަފީގެ ލަފުޒުތައް ބޭނުންކުރަނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ދަރިވަރުންގެ ލިޔުންތަކުން ނެގުނު ނަފީގެ ލަފުޒުތަކުގެ އަލީގައާއި ދަރިވަރުންގެ ފަރާތުން ނަފީގެ މައްސަލަ ފާހަގަކުރެވޭތޯ ބެލުމަށް ބައެއް ފަރާތްތަކާއެކު އިންޓަވިއުކޮށް ލިބުނު މައުލޫމާތު ލިޔުމުން ހުށައަޅާފައިވާތީއެވެ. ވުމާއެކު މި ދިރާސާގެ ނަތީޖާއިން އެނގުނުގޮތުގައި ހިދާޔާސްކޫލުގެ ސާނަވީ ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދިރާސާގައި ބައިވެރިކުރި ދަރިވަރުންގެ ލިޔުންތަކާއި ވާހަކަދެއްކުމުން ނެގުނު ނަފީގެ 114 ލަފުޒުގެ ތެރެއިން 105 ލަފުޒު ނަފީކޮށްފައިވަނީ ދިވެހިބަހުގައި އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށެވެ. އެއީ ދިރާސާގައި ބޭނުންކުރި ލަފުޒުގެ 92 އިންސައްތަ ލަފުޒެވެ. އެހެންކަމުން ހިދާޔާސްކޫލުގެ ސާނަވީ ގުރޭޑްތަކުގައި ކިޔަވާ ދަރިވަރުން ނަފީކުރަނީ ދިވެހިބަހުގައި އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށްކަމުގައި މި ދިރާސާއިންވަނީ ހާމަވެފައެވެ. ހަމައެހެންމެ ދަރިވަރުންނާ ބެލެނިވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު ދަރިވަރުންގެ ފަރާތުން ނަފީގެ މައްސަލަ ހައްލުނުކުރެވެނީ މުދައްރިސުން ޢަމަލްކުރައްވާ ގޮތުގެ ސަބަބުންނާއި މަންހަޖު ބައްޓަންކުރެވިފައިވާ ގޮތުގެ ސަބަބުންނާއި ދަރިވަރުން ދޭންވާ ސަމާލުކަން ނުދެވުމުގެ ސަބަބުންކަމަށާއި، މުދައްރިސުން އެކަމަށް ދެއްވާ ސަމާލުކަން މިހާރަށްވުރެ އިތުރުކޮށް ދޭ ފީޑްބެކް ރަނގަޅުކުރަންޖެހޭކަމުގައި ވެސް އެނގިގެން ދިޔައެވެ. މީގެއިތުރުން ނަފިކުރުމާއި ގުޅޭގޮތުން މުހިއްމު، އިތުރު ދިރާސާތަކެއް ކުރަންޖެހިފައިވާކަން ވެސް މި ދިރާސާގެ ސަބަބުން އެނގިގެން ދިޔައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1136
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Hariyya Moosa.pdf2.47 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.