Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1173
Title: ރަސްމީބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތަކާއި، ލ. އަތޮޅުގެ އެކިރަށްރަށުގެ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތަކުގެ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުން
Other Titles: Rasmee bahuruvaigai beynunkuraa badhalunan thakaai, L. Atholhuge eki rahrashuge bahuruvaigai beynunkuraa badhalunanthakuge fonolojikal thafaathuthah dhenegathun
Authors: ޝާހިދާ ޢަލީ
Ali, Shahida
Issue Date: 1-May-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޝާހިދާ ޢަލީ. (2017). ރަސްމީބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތަކާއި، ލ. އަތޮޅުގެ އެކިރަށްރަށުގެ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތަކުގެ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ali, S. (2017). Rasmee bahuruvaigai beynunkuraa badhalunan thakaai, L. Atholhuge eki rahrashuge bahuruvaigai beynunkuraa badhalunanthakuge fonolojikal thafaathuthah dhenegathun. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތައް ލ. އަތޮޅުގެ ބަހުރުވައިގައި ބޭނުންކުރާއިރު ބަދަލު ނަންތަކަށް އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިކަން ހޯދުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި ބަލާލި ބައިތަކަކީ، ދިވެހި ބަހުގެ ރަސްމީ ބަރުވައިގައި ބޭނުންކުރާ ބަދަލުނަންތައް ލ. އަތޮޅުގެ އެކިރަށްރަށުގެ މީހުންގެ ބަހުރުވައިގައި ބޭނުން ކުރާއިރު ފާހަގަ ކުރެވޭ ތަފާތުތަކަކީ ކޮބައިތޯއާއި، ތަފާތު ވެފައިވަނީ ކިހިނެއްކަމާއި، ފޮނޮލޮޖިކަލް ގޮތުން އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯއާއި އެކަހެރިކޮށް އަދި ގިނަކޮށް ބޭނުން ކުރުމުގައި ރަށްރަށުގެ މެދުގައި ހުރި ތަފާތުތަކަކީ ކޮބައިތޯ ބެލުމުގެ މައްޗަށެވެ. މި ދިރާސާއިން ފާހަގަކުރެވުނު މައުލޫމާތުގެ މައްޗަށް ބަލާއިރު ފާހަގަކުރެވުނު އެއްކަމަކީ ރަސްމީ ބަހުރުވައިގައި ބޭނުން ކުރާ ބަދަލުނަންތަކަށް ވުރެ މާ ގިނަ ނަންތަކެއް ލ. އަތޮޅު ބަހުރުވައިގައި ބޭނުންކުރާ ކަމެވެ. އޭގެތެރޭގައި "އަހަރެމެން، ކަލޭމެން، އޭނާ އަދި އެބައިމީހުން" މި ބަދަލު ނަންތަކުގެ ބަދަލުގައި ލ. އަތޮޅުގައި ބޭނުންކުރާ ބަދަލު ނަންތައް ތަފާތުވެފައި ގިނަކަން ފާހަގަކުރެވެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޖިންސު ތަފާތުވާގޮތަށް ބަދަލުނަން ބޭނުންކުރާ ކަމެވެ. ރަސްމީ ބަހުރުވައިން މި ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ލ. އަތޮޅު ބަހުރުވައިގައި އަންހެން، ފިރިހެން އަދި ދެޖިންސް އެއްކޮށް ވެސް ތަފާތު ނަންތަކެއް ބޭނުންކުރާކަން ފާހަގަކުރެވުނެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ "އަހަރެމެން، ކަލޭމެން، އެބައިމީހުން" މި ބަދަލުނަންތަކާ ގުޅިގެން ލ. އަތޮޅު ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތައް ނިމިފައި ހުރީ "ކޮންސަނެންޓް" އަޑެއްކަމަށްވާ /P/ ގެ އަޑަށްކަމެވެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ލ. އަތޮޅުގެ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަންތަކުން ފޮނޮލޮޖިކަލް ތަފާތު ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަކަމެވެ. އަދި މީގެއިތުރުން މޯފޮލޮޖިކަލް ތަފާތާއި، ލެކްސިކަލް ތަފާތުތައް ވެސް ފާހަގަކުރެވިގެން ދިޔައެވެ. މި ދިރާސާގެ ސަބަބުން މި އަތޮޅުގެ ބަހުރުވައިގައި ހުރި ފޮނޮލޮޖިކަލް ދާއިރާގެ އިތުރުން ލިންގުއިސްޓިކް އެހެނިހެން ދާއިރާތަކުން ވެސް އިތުރު ދިރާސާތަކެއް ހެދިދާނެކަން އެނގުނެވެ. ޖުމުލަގޮތެއްގައި ބަލާނަމަ ލ. އަތޮޅު ބަހުރުވައަކީ ދިރާސާކުރުން މުހިންމު ބަހުރުވައެއްކަން މިދިރާސާގެ އަލީގައި ކަށަވަރު ކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1173
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shahidha Ali.pdf1.3 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.