Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1245
Title: މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރެވޭ ހެއްޔެވެ؟
Other Titles: Maleyge construction site thakugai masakkaiy’ kuraa bidheyseenge insaanee haqquthah rahkaatheri kurevey heyyeve?
Authors: ޢަލީ ޝަނޫން
Shanoon, Ali
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޢަލީ ޝަނޫން. (2017). މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރެވޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Shanoon, A. (2017). Maleyge construction site thakugai masakkaiy’ kuraa bidheyseenge insaanee haqquthah rahkaatheri kurevey heyyeve?. Male', Maldives National University.
Abstract: އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރަކީ 10 ޑިސެމްބަރ 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާނު ކޮށްފައިވާ ޤަރާރެކެވެ. މި ޤަރާރާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މެމްބަރު ޤަޢުމުތަކަށް އދ. އިން ވަނީ ގޮވާލައިފައެވެ. މިގޮތުން އދ. ގެ މެމްބަރު ޤައުމުތަކަށް މި ޤަރާރާމެދު އެގައުމުތަކުގެ ރައްޔިތުން ހޭލުންތެރި ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. މިއަދު ދިވެހިރާއްޖޭގައިވެސް ދުނިޔޭގެ ތަފާތު އެތަކެއް ޤައުމުތަކުގެ ރައްޔިތުން ތަފާތު މަސައްކަތުގައި މަޝްއޫލުވެގެން އުޅެއެވެ. މި ދިރާސާއަކީ މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބިދޭސީންގެ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވޭތޯ ބެލުމަށް ހެދުމަށް ގަސްދުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ލިޓްރޭޗަރ ރިވިއުގައި ބަލައިލައިފާ ވާނީ ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދިވެހިރާއްޖެއާއި ބޭރުގެ ބައެއް ޤައުމުގެތަކުގެ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން ކުރައްވައިފައިވާ އަދި ކުރައްވައިފައިވާ އިލްތިމާސްތަކަށް ވެސް ބަލައިލައިފައިވާނެއެވެ. މިގޮތުން ބަލާއިރު ޔޫކޭގައި 1998 ވަނަ އަހަރު ފާސްކޮށްފައިވަނީ ޤާނޫނުގައި ވާ ގޮތުން ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ ޙައްޤުތަކާ ބެހޭ ގޮތުން ޔޫކޭ ކޯޓުތަކާއި އަމިއްލަ ޖަމުޢިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުގައި ވާހަކަ ދެއްކިދާނެއެވެ. 2009 ވަނަ އަހަރު ވަނީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރަ ދިވެހި ބަހަށް ތަރުޖަމާކުރެވިފައި ވަނީ އެއްވެސް އުނި އިތުރު ކުރުމަކާ ނުލައި އޭގެ އަޞްލާ އެއްގޮތަކަށެވެ. ނަމަވެސް މި ޤަރާރުގައި ކަނޑައެޅިފައިވާ ޙައްޤުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤުތަކަށެވެ. މި ދިރާސާ ހެދުމަށް ބޭނުންކުރާނީ ކޮލިޓޭޓިވް ރިސަރޗް މެތަޑާއި އިންޑަކްޑިވް އެޕްރޯޗެވެ. އޭގެއިތުރުން މި ދިރާސާ ހަދަން ގަސްދުކޮށްފައިވަނީ ގުރައުންޑަޑް ތިއަރީ ބޭނުންކޮށްގެންނެވެ. މި ދިރާސާއަށް ޑާޓާ އެއްކުރުމަށް ހަމަޖެހިފައި ވަނީ ރެންޑަމްކޮންނެވެ. ސާންޕަލް ވެސް ނެގުމަށް ހަމަޖެހިފައި ވަނީ މާލޭން ރެންޑަމްކޮށް ހޮވައިލެވޭ ކޮންސްޓްރަކްޝަން މަސައްކަތްކުރާ 3 ތަނަކުން ރެންޑަމްކޮށް ހޮވައިލެވޭ 5 ބައިވެރީންނާ އިންޓަރވިއުކޮށްގެންނެވެ. މި ދިރާސާގެ ޑާޓާ އެއްކުރުމަށް ހަމަޖެހިފައިވާ ސުވާލު ކަރުދާހާއި ބައިވެރީންގެ އެތިކްސް ފޯމު ޖަދުވަލުގައި ވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1245
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ali Shanoon.pdf1.89 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.