Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/1254
Title: | ދިވެހިބަހުގެ އައު ލަފުޒުތައް އުފެއްދުން : ލަފުޒު އުފެއްދުމުގައި ބޭނުންކުރާ އުސޫލުތަކާއި ހަމަތައް |
Other Titles: | Dhivehi bahuge au lafuzuthah ufedhdhun : lafuzu ufedhdhumugai beynunkuraa usooluthakaai hamathah |
Authors: | ރާޙަތު އިސްމާޢީލް Ismail, Raahath |
Issue Date: | 1-Nov-2017 |
Publisher: | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Faculty of Arts, Maldives National University |
Citation: | ރާޙަތު އިސްމާޢީލް. (2017). ދިވެހިބަހުގެ އައު ލަފުޒުތައް އުފެއްދުން : ލަފުޒު އުފެއްދުމުގައި ބޭނުންކުރާ އުސޫލުތަކާއި .ހަމަތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ Ismail, R. (2017). Dhivehi bahuge au lafuzuthah ufedhdhun : lafuzu ufedhdhumugai beynunkuraa usooluthakaai hamathah. Male', Maldives National University. |
Abstract: | މި ދިރާސާއަކީ ދިވެހި ބަހުގައި އުފެދޭ އައު ލަފުޒު އުފެދިފައިވަނީ ކިހިނެތްތޯ ކޮންގޮތަކަށް ވިސްނާފައިތޯ ބެލުމަށް ހަދާފައިވާ ދިރާސާއެކެވެ. އެގޮތުން މި ދިރާސާ ކުރިޔަށް ގެންދިޔައީ ދިވެހި ބަހުގެ ޤަވާއިދު ފޮތްތަކުގައިވާ މައުލޫމާތުތަކާއި އެހެނިހެން ލިންގުއިސްޓިކްސް ފޮތްތަކުގައިވާ މައުލޫމާތު ތަކަށް ބަލާފައެވެ. އަދި ދިވެހި ބަހުގެ އެކެޑެމީއިން އައު ލަފުޒު އުފައްދާ ގޮތުގެ ޤަވާއިދުތަކާއި ހަމަތަކަށް ވެސް ރިއާޔަތްކޮށްގެންނެވެ.
އެގޮތުން މި ދިރާސާ ކުރިޔަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރެޑައިމް ގެ ދަށުން ކޮންޓެންޓް އެނަލިސިސް އެއް ހަދައިގެންނެވެ. އަދި މިދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނީ ދިވެހި ބަހުގެ އެކެޑެމީގެ "އައު ލަފުޒު ފޮތް" މި ފޮތުން 40 ލަފުޒު ނަގައިގެންނެވެ. މިފޮތުގައި ހިމެނިފައިވަނީ މުޅި އެކު 294 ލަފުޒެވެ. މި ފޮތުން ލަފުޒު ތައް ނަގާފައިވާނީ ސިމްޕަލް ރެންޑަމް ސާމްޕްލިންގ ގެ ދަށުންނެވެ.
މި ފޮތުން 40 ލަފުޒު ނެގުމަށްފަހު ކޮންމެ ލަފުޒެއް ވަކިވަކީން، އެ ލަފުޒެއްގެ އިނގިރޭސި މާނައާއި، ދިވެހި މާނައަށް ވެސް ބަލައިލީމެވެ. އަދި މި ލަފުޒުތައް އުފައްދާފައި މިވަނީ ކިހިނެއްތޯ ބެލުމަށް ދިރާސާ ކުރީމެވެ. އެގޮތުން ދިވެހި ބަހުގައި އައު ލަފުޒު އުފެއްދުމަށް އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތް ވޭތޯ ބަލައި ނުވަތަ ލިންގުއިސްޓިކްސް ގެ ހަމަތަކަށް ފެތޭތޯ ބެލީމެވެ. އަދި މިޤަވާއިދުތަކާ ތަފާތު ކޮށް އެހެން ގޮތަކަށް ލަފުޒެއް އުފައްދާފައިވޭތޯ ވެސް މި ދިރާސާގައި ބެލީމެވެ.
އެގޮތުން މިދިރާސާއިން ފެނުނީ ދިވެހި ބަހުގެ ބަސްކޮށާރަށް ލަފުޒު އިތުރު ކޮށްފައިވަނީ ކުރީގައި ވެސް ލަފުޒު އުފެދޭ ގޮތްތަކާއި އެއްގޮތަށް ކަމުގައެވެ. އަދި މީގެ އިތުރު ގޮތްގޮތަށް ވެސް ލަފުޒު އުފައްދާފައިވާކަން ދޭހަވިއެވެ. އެގޮތުން އިނގިރޭސި ބަހުގެ ލަފުޒުތައް ތަރުޖަމާ ކޮށްގެން ދިވެހި ލަފުޒު އުފައްދާފައިވާކަން ވެސް ފާހަގަކުރެވުނެވެ. އަދި އިނގިރޭސި ބަހުގެ ލަފުޒުތައް ލޯނުކޮށްގެން ވެސް ދިވެހި ބަހުގެ ލަފުޒަކަށް ހަދާފައިވާކަން ފާހަގަކުރެވުނެވެ. އަދި އިނގިރޭސި ބަހުގެ ލަފުޒުތައް ދިވެހި ބަހުގެ އަޑަށް ބަދަލުކޮށްގެން ވެސް ދިވެހި ލަފުޒު އުފައްދާފައިވާކަން ފާހަގަކުރެވުނުވެ. އަދި އެއްޗެހީގެ ސިފައާއި އެއްޗެއްގެ މާނައަށް ބަލާފަ އެއްޗެއްސަށް ނަން ކިޔާފައިވާކަން ވެސް ފާހަގަކުރެވުނެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/1254 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.