Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1264
Title: ދިވެހިބަހުގައި ނަފީކުރުމުގެ ސަބަބުން ލަފުޒުތަކަށާއި ޖުމްލަތަކަށް އަންނަ މޮފޮލޮޖިކަލް ބަދަލުތައް
Other Titles: Dhivehi bahugai nafeekurumuge sababun lafuzuthakashaai jumlathakah anna morphological badhaluthah
Authors: ޒުހުރާ އަލީ
Ali, Zuhura
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޒުހުރާ އަލީ. (2017). ދިވެހިބަހުގައި ނަފީކުރުމުގެ ސަބަބުން ލަފުޒުތަކަށާއި ޖުމްލަތަކަށް އަންނަ މޮފޮލޮޖިކަލް .ބަދަލުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Ali, Z. (2017). Dhivehi bahugai nafeekurumuge sababun lafuzuthakashaai jumlathakah anna morphological badhaluthah. Male', Maldives National University.
Abstract: މިއީ ދިވެހިބަހުގައި ނަފީކުރުމުގެ ސަބަބުން ލަފުޒުތަކަށާއި ޖުމުލަތަކަށް އަންނަ މޯފޮލޮޖިކަލް ބަދަލުތައް ހޯދުމަށް ކުރެވޭ ދިރާސާއެކެވެ. މި ދިރާސާގެ މަޤްސަދަކީ ނަފީކުރުމުގެ ސަބަބުން އަންނަ މޮފޮލޮޖިކަލް ބަދަލުތައް ދެނެގަތުމެވެ. ދިވެހިބަހުގައި ނަފީކުރުމުގެ ސަބަބުން ލަފުޒުތަކަށާއި ޖުމުލަތަކަށް އަންނަ މޯފޮލޮޖިކަލް ބަދަލު ދެނެގަތުމަކީ، ނަފީކުރުމުގެ ގަވާއިދުތައް ދެނެގަތުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތެކެވެ. ނަފީކުރުމުގެ ގަވާއިދު ކިޔަވައި ދިނުމާއި ދޭހަކުރުމުގައި މިހާރު ދިމާވާ އުނދަގޫތައް ހައްލު ކުރެވޭނީ މިފަދަ ދިރާސާތައް ކުރެވިގެން ކަމަށްވާތީ މިއީ މުހިއްމު ދިރާސާއެއް ކަމުގައި ދެކެމެވެ. މި ދިރާސާހަދާފައި މިވަނީ ޓެކުސްޓް އެނަލިސިސްއެއް ބޭނުންކޮށްގެން ކަމަށްވާތީ ދިރާސަ ހެދުމަށް ބޭނުންކުރީ ކޮލިޓޭޓިވް މެތަޑެވެ. މިގޮތުން މިދިރާސާގައި ބޭނުން ކުރީ ޕާޕޮސިވް ސާމްޕްލިންނެކެވެ. ޕާޕޮސިވް ސާމްޕްލިންނެއް ބޭނުންކުރީ ދިރާސާކުރާ ފަރާތުން އެ ދިރާސާއެއްގައި ބެލުމަށް ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް، ދިރާސާގައި ބަލާނެ ކަންކަން ހިމެނޭގޮތަށް ސާމްޕަލް ނެގުމަށެވެ. ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި ދިވެހިބަހުގެ އެދުރުން ލިޔުއްވާފައިވާ ބަހުގެ ގަވާއިދު ފޮތްތަކާއި ބަހަވީ އިލްމު ގެ ފޮތްތަކުންނެވެ. މިގޮތުން ލިޓްރޭޗަރ ރިވިއުއިން ފާހަގަވިގޮތުގައި ލަފުޒުތަކުގެ ކުރިއަށާއި މެދަށް އަދި ފަހަތަށް ގުޅޭ މޯފީމްތަކަކީ އިންފިކްސޭޝަންއެވެ. އަދި މި އިންފިކްސޭޝަންގެ ސަބަބުން އިންފްލެކްޝަނަލް އަދި ޑެރިވޭޝަނަލް ބަދަލުތައް ލަފުޒުތަކަށް އަންނަކަން ފާހަގަކުރެވުނެވެ. ދިރާސާއަށް ބޭނުންވާ ޑާޓާ އެއްކުރެވުނީ ނޫސްތަކުންނާއި ޝާއިޢު ކޮށްފައިވާ ފޮތްތަކުންނެވެ. މިގޮތުން ލިޔުންތަކެއް ހޮވުމަށްފަހު އެލިޔުންތަކުގައި ހުރި ނަފީގެ މިސާލުތައް ވަކިކޮށް ވޯޑްފައިލެއްގައި ލިޔުމަށްފަހު ނަފީކުރުމުގެ ސަބަބުން އަންނަ މޮފޮލޮޖިކަލް ބަދަލު ދެނެގަނެފައި ވާނެއެވެ. ދިރާސާގެ ތަހުލީލްތަކުން ހޯދުނު ގޮތުގައި ލަފުޒުތައް ނަފީކުރުމުގައި ނަފީގެ އަކުރު ލަފުޒުތަކުގެ ކުރިއަށާއި މެދަށް ގުޅޭއިރު އެލަފުޒުތައް ޑެރިވޭޓް ވެގެންދެއެވެ. ނަމަވެސް މާނައަށް އަންނަ ބަދަލު ފިޔަވައި އެހެން ބަދަލެއް ލަފުޒަކަށް ނާދެއެވެ. އަދިލަފުޒު ޑެރިވޭޓް ވަނީ ނަފީގެ "ނު" ޕްރިފިކުސްއެއްގެ ގޮތުގައި ލަފުޒުތަކާ ގުޅުމުންކަމެވެ. ދެން ފާހަގަކުރެވުނު އަނެއްކަމަކީ ސަފިކުސްއެއްގެ ގޮތުގައި ނަފީ ކުރާނަމަ އެ ނަފީކުރެވޭ އަކުރުގެ ފަހަތަށް "އެއް" މި ބައުންޑް މޯފީމް ގުޅިފައިވާކަމެވެ. އަދި މި މޯފީމް ގުޅުމުން އަންނަ ބަދަލަކީ އިންފްލެކްޝަނަލް ބަދަލެއްކަމެވެ. "އެއް" މި މޯފީމް ގުޅުމުގެ ސަބަބުން އެ މޯފީމް ގުޅޭ ލަފުޒަށް ވެސް އަދި ލަފުޒުގެ މާނައަށް ވެސް ބަދަލެއް ނާންނަކަން ދެނެގަނެވިފައި ވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1264
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Zuhura Ali.pdf374.33 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.