Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1294
Title: ދިވެހިރާއްޖޭގެ ރަސްކަމުގެ ދުވަސްވަރުގައި ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި މިހާރުގެ އެފަދަ ހާދިސާތަކުގައި ހުރިގުޅުން
Other Titles: Dhivehiraajjeyge raskamuge dhuvasvarugai verikamuge dhahivethukamugai hingaa laainsaanee amaluthakaai mihaaruge efadha haadhisaathakugai huri gulhun
Authors: ޢަލީ މަދީޙް
Madhyh, Ali
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޢަލީ މަދީޙް. (2017). ދިވެހިރާއްޖޭގެ ރަސްކަމުގެ ދުވަސްވަރުގައި ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި މިހާރުގެ އެފަދަ ހާދިސާތަކުގައި ހުރިގުޅުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Madhyh, A. (2017). Dhivehiraajjeyge raskamuge dhuvasvarugai verikamuge dhahivethukamugai hingaa laainsaanee amaluthakaai mihaaruge efadha haadhisaathakugai huri gulhun. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހި ތާރީޙުން ފެންނަން ހުރި ބައެއް ކަންތައްތައް ކަމަށްވާ " ދިވެހިރާއްޖޭގެ ރާއްޖޭގެ ރަސްކަމުގެ ދުވަސްވަރުގައި ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި މިހާރުގެ އެފަދަ ހާދިސާތަކުގައި ހުރިގުޅުން " ދެނެގަތުމަށް ކުރި ދިރާސާއެކެވެ.މިގޮތުން މިދިރާސާ އަމާޒުކުރެވިފައިވާނީ ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާފައިހުރި ލާއިންސާނީ ޢަމަލުތަކާއި މިހާރު ހިގަމުން އަންނަ ކަންތައްތަކުގައި ހުރި ގުޅުން ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ އިންޓަރޕުރިޓިވިސްޓްޕެރަޑައިމްގެ ދަށުން ކޮލިޓޭޓިވް ޑިޒައިން ބޭނުންކޮށްގެންނެވެ.މިގޮތަށް މިނިިންމި ސަބަބަކީ މިދިރާސާގެ ނަތީޖާ ހާމަކުރެވޭނީ ނަމްބަރު އަދަދުން ނޫން ކަމުގައިވެފައި މިދިރާސާ ކުރެވޭނީ ކަންތައްތައް ހިނގާފައިވާ ގޮތް ދެނެގަނެ މުޖުތަމަޢަށް ހުށައަޅާ އެއްޗަކަށް މިދިރާސާ ވާތީއެވެ.އެހެން މިނިންމީ އޮޅުންފިލުވުމަށާއި ކަމެއް ހޯދާ ބެލުމަށް ކުރާ ދިރާސާގައި ހިސާބު ޢަދަދުން މިންނުކުރެވޭތީއެވެ.އެހެންކަމުން މިފަދަ ދިރާސާތަކުގައި ބޭނުުންކުރާ ވައްތަރަކީ ކޮލިޓޭޓިވް ދިރާސާއެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަކުރެވުުނު އެންމެ މުހިއްމުކަމަކީ ރަސްކަމުގެ ދުވަސްވަރު އަޅުނގަޑުމެންގެ ރާއްޖޭގެ އިސްސަފުގައި ޙަރަކާތްތެރިވި ބޭފުޅުންނާއި މިއަދު މި ޑިމޮކުރެޓިކު އުޞޫލު ގެންގުޅޭ ޒަމާނުގައި ސިޔާސީގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި އިސްސަފުގައި ޙަރަކާތްތެރި ވެލައްވާ ބޭފުޅުންނާއި ކުރާ ކަންތައްތަކުގައި އުޅުއްވާގޮތުގައި ވަރަށް ބޮޑު ގުޅުމެެއްވާކަމެވެ.އަދި އަވައްޓެރި އިންޑިޔާއާއި ސްރީލަންކާގައި ހިނގާފައިހުރި އަދި ހިނގަމުންދާ ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ވާކަމެވެ. މި ދިރާސާއިން ފާހަގަކުރެވުނު އަނެއްކަމަކީ ކޮންމެ ޤައުމެއްގައިވެސް ކިތަންމެ ރަނގަޅަށް ކަންތައްތަކެއް ކުރެވިފައި އަދި ކުރެވެމުން ދިޔަނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައި ނިކުންނަވާ ބޭފުޅަކަށް ރަނގަޅަށް ކުރެވޭ ހަމަ އެއްކަމެއްވެސް ނުވާކަމެވެ.މިކަމުގެ ހެކި ލިޓުރޭޗަރ ރިވިއުއިން ފެންނަން އެބަހުއްޓެވެ.މިއީ ޖުމުލަގޮތެއްގައި އަޅުގަނޑަށް މި ދިރާސާއިން ހޯދުނު ކަންކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1294
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ali Madhyh.pdf541.43 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.