Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1299
Title: ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން، ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔުމުގައި ނަފީކުރަނީ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟
Other Titles: Saanavee grade thakuge dharivarun, dhivehibahun vaahakadhekkumaai liyumugai nafeekuranee qavaaidhaai ehgothah heyyeve?
Authors: ރަމްޒާ ޔޫސުފް
Yoosuf, Ramza
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ރަމްޒާ ޔޫސުފް. (2017). ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން، ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔުމުގައި ނަފީކުރަނީ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Yoosuf, R. (2017). Saanavee grade thakuge dharivarun, dhivehibahun vaahakadhekkumaai liyumugai nafeekuranee qavaaidhaai ehgothah heyyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔުމުގައި ނަފީކުރަނީ ޤަވާޢިދާ އެއްގޮތަށްތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. ނަމަވެސް މި ދިރާސާއަކީ ކުރުމުއްދަތެއްގެ ތެރޭގައި ހެދޭ ދިރާސާއަކަށް ވުމުން ސްޕަރވައިޒަރގެ އިރުޝާދާއެކު، މި ދިރާސާއަށް ސާންޕަލް ނެގީ ރެންޑަމްކޮށް ފ. މަގޫދޫ ސްކޫލުގެ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 8،9،10)ގެ ކުދިންގެ ތެރެއިން 25 ކުދިންނެވެ. އެއީ މިފަދަ ކުރު ދިރާސާއެއްގެ ނަތީޖާ ދެނެގަނެވޭނީ އެގޮތުން ކަމަށްވާތީވެއެވެ. މި ދިރާސާ ހެދުމަށް ބޭނުންކުރީ ކޮލިޓޭޓިވް މެތަޑެވެ. މި ގޮތުން ކޮލިޓޭޓިވް މެތަރޑްގެ އެހީގައި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ވާހަކަދެއްކުން އޮބްޒާވްކޮށްގެންނާއި ލިޔުން ބަލައިގެން ނަފީކުރުމުގައި އެކުދިން ބޭނުންކުރަނީ ޤަވާޢިދާ އެއްގޮތަށްތޯ ދެނެގަތުމަށް މަސައްކަތްކުރީމެވެ. އަދި އެކުދިން ތަފާތު ތިން މާޙައުލެއްގައި ވާހަކަދައްކަމުން ދިޔައިރު ވާހަކަދެއްކުން އޮބްޒާވްކުރީމެވެ. މި ގޮތުން ކޮންމެ މާޙައުލެއްގައި ވެސް ތިން އޮބްޒަވޭޝަން ކުރީމެވެ. އަދި ކުލާހުގައި ލަފުޒުތަކެއް ދީ ނަފީކޮށްގެން ލިޔުމެއް ލިޔުއްވައިގެން ލިޓްރޭޗަރ ރިވިއުއާ އަޅައި ބެލީމެވެ. މިގޮތުން ދިވެހިބަހުގެ މައިގަނޑު ބައިތަކަށް ނަފީގެ އަކުރު ބޭނުންކުރާ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރެވިފައިވާނެއެވެ. މި ދިރާސާގެ ލިޓްރޭޗަރ ރިވިއުއިން ދައްކާގޮތާ ޚިލާފަށް ކުދިން ބައެއްފަހަރު ވާހަކަދައްކާއިރު، ބޭނުމެއް ނޫން ބުނުމުގެ ބަދަލުގައި ނުބޭނުން މިހެން ބޭނުންކޮށް މި ފަދަ ލަފުޒުތައް ނުބައިކޮށް ބޭނުންކުރާކަށް ފާހަގަވިއެވެ. ނަމަވެސް އޮބުޒަވޭޝަނުން މި ދިރާސާއަށް ނެގުނު 95 ލަފުޒުގެ ތެރެއިން 75 ލަފުޒު ނަފީކޮށްފައިވަނީ ދިވެހިބަހުގެ ޤަވާޢިދާއެއްގޮތަށެވެ. އަދި 25 ދަރިވަރުންނަށް ލިޔަންދެވުނު 20 ލަފުޒުގެ ތެރެއިން ނަފީކޮށްގެން ލިޔުނު އިރު އެއް ލަފުޒެއް އެންމެ ގިނައިން ނުބައިވެފައިވަނީ 10 ކުދިންނެވެ. އެހެންކަމުން ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ނަފީކުރަނީ ދިވެހިބަހުގެ ޤަވާޢިދާއެއްގޮތަށް ކަމުގައި މި ދިރާސާއިން ހާމަވިއެވެ. އަދި ނަފީކުރުމާ ގުޅޭގޮތުން މުހިއްމު ދިރާސާތަކެއް ހަދަންޖެހިފައިވާކަން ވެސް މި ދިރާސާގެ ސަބަބުން ފާހަގަވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1299
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ramza Yoosuf.pdf1.73 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.