Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1305
Title: ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދިވެހިބަހުން މުއާމަލާތު ކުރަނީ ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ހެއްޔެވެ؟
Other Titles: Dhivehiraajjeygai masakkaiykuraa bidheysee masakkaiytherin dhivehibahun muaamalaathu kuranee dhivehibahuge hamathakaai ehgothah heyyeve?
Authors: އިސްމާއިލް އާޒިމް
Azim, Ismail
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އިސްމާއިލް އާޒިމް. (2017). ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދިވެހިބަހުން މުއާމަލާތު ކުރަނީ ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Azim, I. (2017). Dhivehiraajjeygai masakkaiykuraa bidheysee masakkaiytherin dhivehibahun muaamalaathu kuranee dhivehibahuge hamathakaai ehgothah heyyeve?. Male'. Maldives National University.
Abstract: މި ދިރާސާއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދިވެހިބަހުން މުޢާމަލާތުކުރަނީ ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށްތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދުވެހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެކަމުގެ ނޭދެވޭ އަސަރު ދިވެހި ބަހަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެހެންކަމުން މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވާނީ ބިދޭސީ މަސައްކަތްތެރިން ދިވެހިބަހުން މުޢާމަލާތުކުރާއިރު ކުރަނީ ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށްތޯ ބެލުމަށެވެ. މި ދިރާސާ މައްސަލައަކީ ދިވެހި މުޖުތަމައުއަށް އެހާމެ ބޭނުންތެރި، އަދި ހައްލުކުރަން ޖެހިފައިވާ މުހިއްމު މައްސަލައަކަށް ވާއިރު، މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ގިނަ ތަހްލީލުތަކެއް ކޮށްގެންނެވެ. އެގޮތުން ނަގާފައިވާ މައްސަލަ ތަހްލީލުކޮށް ކުރިއަށްގެންގޮސްފައިވަނީ ކުއަންޓިޓޭޓިވް މެތަޑްގެ ދަށުން އަންނަ ސާރވޭ ޑިޒައިން ބޭނުންކޮށްގެންނެވެ. އަދި ސާރވޭ ކޮށްފައިވާނީ ލޭންގުއޭޖް ޓެސްޓް ކުރުމުގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 40 މީހަކާއި ކަނޑައެޅިގެން ވަކި ސުވާލުތަކެއް ކޮށް ފޭސް-ޓު-ފޭސް ކޮށޤ ވާހަކަދައޮކައިގެންނެވެ. ސަބަބަކީ އެމީހުން ދިވެހިބަހުގެ ހަމަތައް ބޭނުންކުރާ ގޮތް ދެނެގަނެވޭނީ ފޭސް-ޓު-ފޭސް ކޮށް އެމީހުންނާއި ވާހަކަގައްކައިގެންކަމަށް ވާތީއެވެ. މިގޮތަށް ފޭސް-ޓު-ފޭސް ކޮށް ސުވާލުތައްކޮށް ވާހަކަދައްކާފައިވާނީ ސެމީ ސްޓަރަކްޗރޑް ސުވާލުތަކެއް ކޮށްގެންނެވެ. އަދި ސާމްޕްލިން ނަގާފައިވާނީ ނޮން ޕްރޮބަބިލިޓީ ސާމްޕްލިން ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ރިޕޯޓް ހުށަހަޅާފައިވާނީ 6 ބާބެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ދިރާސާއަށް އެއްކުރެވުނު މައުލޫމާތުތަކުގެ އެހީގައި ހާމަވެގެންދިޔައީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދިވެހިބަހުން މުއާމަލާތު ކުރަނީ ދިވެހިބަހުގެ ހަމަތަކުގެ ތެރެއިން ބައެއް ހަމަތަކާއި މުޅިން ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި މުޖުމަތައުއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1305
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ismail Azim.pdf8.42 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.