Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1308
Title: ކަލާފާނު ފަތްކޮޅުގައި ޑޭޓިވްކޭސް މާކަރ...
Other Titles: Kalaafaanu faiykolhugai dative case maakaru
Authors: މުޙައްމަދު ނާޒިމް
Nazim, Mohamed
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Nazim, M. (2017). Kalaafaanu faiykolhugai dative case maakaru. Male', Maldives National University.
Faculty of Arts, Maldives National University
Citation: .މުޙައްމަދު ނާޒިމް. (2017). ކަލާފާނު ފަތްކޮޅުގައި ޑޭޓިވްކޭސް މާކަރ.... މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ ޑޭޓިވް ކޭސް މާކަރަކީ ކޮބައިތޯ ބެލުމާއި އެ މާކަރު ބޭނުންކުރެވިފައި ހުރި ގޮތްތައް ބެލުމަށް ހެދި ދިރާސާއެކެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކޮލިޓޭޓިވް ޕެރަޑައިމްއެއްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެކެވެ. ދިރާސާއަށް ސާންޕަލް ނަގައިފައި ވަނީ ޕާޕަސިވުކޮށެވެ. މި ދިރާސާއަށް ޑާޓާ ނެގީ ދިވެސް އަކުރުން ލިޔެފައިވާ ފަތްކޮޅުންނެވެ. މި ދިރާސާގައި ހިމެނި ދިވެސް އަކުރުގެ ފަތްކޮޅުތަކަކީ ނާޒިމް އަބްދުއްސައްތާރު އެއްކުރައްވާ ނަސީމާ މުޙައްމަދު އެޑިޓް ކުރައްވާ ދިވެހިބަހާއި ތާރީޚަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒުން 2010 ވަނައަހަރު ނެރުއްވި "ކަލާފާނު ފަތްކޮޅުތައް" މި ފޮތުގައި ހިމެނިފައިވާ ފަތްކޮޅުތަކެވެ. ދިވެހި ބަސް ދިރާސާކުރައްވާފައިވާ ބޭފުޅުން ފާހަގަކުރައްވާފައިވާ ގޮތުގައި ދިވެހިބަހުގައި 5 ކޭސް މާކަރު އޮވެއެވެ. އެއީ ޑޭޓވް ކޭސް، އެބްލެޓިވް ކޭސް، ނޮމިނޭޓިވް ކޭސް، އެކިއުޒެޓިވް ކޭސް، ޖެނެޓިވް ކޭސް އެވެ. މި ކޭސްތަކުގެ ތެރެއިން މި ދިރާސާއަށް ނަގައިފައިވަނީ ޑޭޓިވް ކޭސް މާކައެވެ. ދިވެހިބަހުގައި ވެސް ކޭސް ސިސްޓަމް އޮންނަ ކަމުގައި ބުރޫސް ޑުވެން ކެއިން (2000) އާއި ސޮންޔާ ފްރިޓްޒް (2001) ބަޔާން ކުރަށްވައެވެ. އެހެންނަމަވެސް ޑޭޓިވް ކޭސް ބޭނުންކުރާ ގޮތް ބަޔާންކުރައްވާފައިނުވެއެވެ. އެހެންކަމުން މި ދިރާސާކުރި މަޤްޞަދަކީ މި ދެންނެވި ޑޭޓިވްކޭސް މާކަރު "އަށް" އެވޭލާ އަކުރަށް ފަހު ދިވެހީން ލިޔެކިއުމުގައި އިހުގައި ބޭނުންކުރި ދިވެސް އަކުރުގައި ބޭނުންކޮށްފައި ވޭތޯބެލުމާއި އެކު ބޭނުންކޮށްފައި ހުރި ގޮތްތައް ބެލުމެވެ. އަދި މި މާކަރުގެ ބަދަލިގައި އެހެން މާކަރުތަކެއް ބޭނުންކުރި ތޯ ބެލުން ވެސް އެއީ މި ދިރާސާ ހެދި އެއް ބޭނުމެވެ. ލިޓްރެޗަރ ރިވިއުގައި ދިވެހި ލިޔުންތެރިކަމުގެ ތާރީޚަށާއި އިންފްލެކްޝަނަލް މޯފޮލޮޖީގެ ތެރެއިން ކޭސް ސިސްޓަމާއި ޑޭޓިވް ކޭސް އަދި ދިވެހިބަހުގެ ކޭސް ސިސްޓަމްގެ ތެރެއިން ޑޭޓިވް ކޭހާ ބެހޭ މަޢުލޫމާތު ހިމަނައިފައިވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1308
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Nazim.pdf995.01 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.