Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1313
Title: ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވުމާ ދެމެދު ގުޅުމެއް ވޭހެއްޔެވެ؟
Other Titles: Liyumehgai ekulevey vakivaki lafuzuthakun dheyhavaa maana engey minvaraai mulhi liyun dheyhavumaai dhemedhu gulhumehvey heyyeve?
Authors: އިބްރާހީމް އިސްމާޢީލް
Ismail, Ibrahim
Issue Date: 1-Nov-2015
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އިބްރާހީމް އިސްމާޢީލް. (2015). ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވުމާ ދެމެދު ގުޅުމެއް ވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ismail, I. (2015). Liyumehgai ekulevey vakivaki lafuzuthakun dheyhavaa maana engey minvaraai mulhi liyun dheyhavumaai dhemedhu gulhumehvey heyyeve?. Male', Maldives National University.
Abstract: މިދިރާސާއަކީ ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވުމާ ދެމެދު ގުޅުމެއް ވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ މަޤްޞަދު ހާޞިލުކުރުމަށް ދިރާސާ ހެދުމުގައި ބޭނުންކުރީ ކުއަންޓިޓޭޓިވް ޕެރެޑައިމް އެވެ. ސާމްޕަލް އަށް ނެގީ ސިމްޕަލް ރޭންޑަމްކޮށް ސްކޫލެއްގެ ގްރޭޑް 4 ގެ 60 ދަރިވަރުންނެވެ. މިދިރާސާގައި ޓެސްޓް ކޮށްފައި ވާނީ މައިގަނޑު 2 ކަމެކެވެ. އެއީ ލަފްޒުގެ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވާ މިންވަރެވެ. މިގޮތުން މިދިރާސާއަށް ޑާޓާ އެއްކުރީ ސާރވޭއެއްކޮށް ޓެސްޓް ހައްދައިގެންނެވެ. މިދިރާސާގެ ހޯދުން ތަކުން ދެއްކީ ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގުމާއި މުޅި ލިޔުން ދޭހަވުމާއި ދެމެދު ގުޅުމެއް ވާކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ވަރަށް ވިކް ކޮރިލޭޝަނެކެވެ. އެހެން ނަމަވެސް ދިރާސާގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އަންހެން ދަރިވަރުންގެ ނަތިޖާ އެކަނި ބަލައި ދިރާސަކުރި އިރު ކޯރިލޭޝަނެއް ހުރިކަމަށް ދެއްކިއެވެ. އެ ކޯރިލޭޝަން ވެލިއުވަނީ މޮޑަރޭޓް މިންގަނޑުގައެވެ. މިދިރާސާއިން ފާހަގަވި އެއްކަމަކީ ލަފްޒުތަކުގެ މާނަ ނޭނގޭނަމަ، އެލަފްޒު އެކުލެވޭ ސުވާލު ކުރުމުން، އެސުވާލަށް ޖަވާބުދިނުމުގައި އުނދަގޫތަކެއް ހުރިކަމެވެ. ނުވަތަ ނޭނގޭކަމެވެ. އަނެއްކަމަކީ މާނަ އެނގޭ ލަފްޒުތަކާއި ގުޅުން ހުރި ސުވާލުކުރުމުން އެސުވާލުތަކުގެ ޖަވާބު ރަނގަޅަށް ދީފައިވާ ކަމެވެ. ޖުމުލަ ގޮތެއްގައި ލަފްޒުތަކާއި ލިޔުމުން ދޭހަވާ މާނަ ފަހުމުވުމުގައި ގުޅުމެއް ނުވާކަމަށް ނަތީޖާ ތަކުން ފެނުނެވެ. އެހެން ނަމަވެސް ދިވެހި ބަހުން މިފަދަ އިތުރު ދިރާސާތަކެއް، ތަފާތު ފެންވަރުގެ ޓެސްޓުތަކާއި އެކިއެކި ފޯމެޓްގައި ޓެސްޓް ކުރެވިގެން، ވަގުތު ހޭދަކޮށްގެން މިފަދަ ދިރާސާތައް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1313
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ibrahim Ismail.pdf1.54 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.