Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1326
Title: ގްރޭޑް އެކެއްގެ ދަރިވަރުން ގޭގައި ދިވެހި ފޮތްކިޔުމާއި ބަސްކޮށާރު މުއްސަނދިވުމާ ގުޅުމެއްވޭހެއްޔެވެ؟
Other Titles: Grade ekehge dharivarun geygai dhivehi foiykiyumaai baskoshaaru mussan'dhivumaa gulhumehveyheyyeve?
Authors: މަރިޔަމް ދުމައިނާ
Dhumaina, Mariyam
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: މަރިޔަމް ދުމައިނާ. (2017). ގްރޭޑް އެކެއްގެ ދަރިވަރުން ގޭގައި ދިވެހި ފޮތްކިޔުމާއި ބަސްކޮށާރު މުއްސަނދިވުމާ ގުޅުމެއްވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Dhumaina, M. (2017). Grade ekehge dharivarun geygai dhivehi foiykiyumaai baskoshaaru mussan'dhivumaa gulhumehveyheyyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ ގްރޭޑް އެކެއްގެ ދަރިވަރުން ގޭގައި ދިވެހި ފޮތް ކިޔުމާ ބަސްކޮށާރު މުއްސަނދިވުމާ ގުޅުމެއްވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ފޮތް ކިޔަންވީ ސަބަބާއި، ފޮތްކިއުމުގެ މުހިއްމުކަމާއި ފޮތް ކިޔުމުގެ ފައިދާތަކަށް ބަލާފައިވާނެއެވެ. އަދި މީގެ އިތުރުން ބަސްކޮށާރު މުއްސަނދިވުމުން ކުރާނެ ފައިދާތަކަށްވެސް ބަލާފައިވާނެއެވެ. މި ދިރާސާއަށް ބައިވެރިން ހޮވުމުގައި ދެ ގޮތަކަށް ސާމްޕަލް ނެގިފައިވާނެއެވެ. ދިރާސާގައި ބައިވެރި ކުރި ބެލެނިވެރިން ހޮވާފައިވާނީ ޕްރޮބަބިލިޓީ ސާންޕަލްގެ ދަށުން ސިސްޓަމެޓިކް ސާންޕަލިންގެ އުސޫލުންނެވެ. މިގޮތުން ބެލެނިވެރިން ހޮވުމުގައި އެކެއްގެ 3 ކުލާސްގެ ތެރެއިން ކޮންމެ ކުލާހެއްގެ ހާޒިރީ ތަރުތީބުން ފުރަތަމަ 20 ދަރިވަރުންގެ ބެލެނިވެރިން ހޮވުނެވެ. މިގޮތުން ޖުމްލަ 60 ބެލެނިވެރިން ހިމެނުނެވެ. މި ދިރާސާއަށް ދަރިވަރުން ހޮވާފައިވާނީ ޕްރޮބަބިލިޓީ ސާންޕަލްގެ ދަށުން ސިންޕަލް ރެންޑޮމް ސާންޕަލިންގެ އުސޫލުންނެވެ. މިގޮތުން މިދިރާސާގައި ބެލެނިވެރިންގެ ލައްވާނުފުރުނު ސާރވޭ ފޯމުން ލިބުނު މައުލޫމާތުގެ އެހީގައި ކޮންމެ ކުލާހަކުން 10 ދަރިވަރުން ހިމެނުނެވެ. އެއީ ކޮންމެ ކުލާހަކުން ގޭގައި ދިވެހި ފޮތް ކިޔާ 5 ކުދިންނާއި ގޭގައި ދިވެހި ފޮތް ނުކިޔާ 5 ކުދިން ހިމެނޭ ގޮތަށެވެ. މޮގޮތުން ދަރިވަރުންގެ ޖުމްލަ އާބާދީ އަކީ 30 ދަރިވަރުންނެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ކުއޮންޓިޓަޓިވް ޕެރަޑައިމްގެ ދަށުން ކޮރޮލޭޝަން ޑިޒައިންނެވެ. މި ދިރާސާއަކީ ގްރޭޑް އެކެއްގެ ދަރިވަރުން ގޭގައި ދިވެހި ފޮތް ކިޔުމާ ބަސަކޮށާރު މުއްސަނދިވުމާ ގުޅުމެއްވޭތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެއްކަމުން މި ދިރާސާ އެނެލިސް ހެދުމަށް ބޭނުން ކޮށްފައިވަނީ ކޮރޮލޭޝަނަލް އެނެލިސިސް އެވެ. އަދި ކޮރޮލޭޝަނަލް އެނެލިސްއެއް ބޭނުންކޮށްގެން އެނެލިސިސްއެއް ހަދާފައިވުމުން ނަތީޖާ ނެރެފައިވާނީ ސްކެޓރ ޕްލޮޓެއްގެ އެހީގައެވެ މި ދިރާސާގެ ހޯދުންތަކުން ދެއްކީ މި ދިރާސާގެ ސުވާލު ކަމުގައިވާ ގްރޭޑް އެކެއްގެ ދަރިވަރުން ގޭގައި ދިވެހި ފޮތް ކިޔުމާ ބަސްކޮށާރު މުއްސަނދުވުމާ ގުޅުމެއް ނުވާކަމުގައެވެ. މިގޮތުން ހެދި ކޮރޮލޭޝަންގެ އާރް ވެލިޔު އަކީ 0.21 އެވެ. ކޮރޮލޭޝަންގައި 0.05 އަށް ވުރެ މަތިވީމަ އެއީ ސިގްނިފިކެންޓް ގުޅުމެއްކަމަށް ނުބެލެވެއެވެ. އަދި ނަލް ހައިޕޮތަސިސް ރިޖެކްޓް ނުކުރެވޭނެއެވެ. މި ދެވޭރިއަބަލް ދެމެދުގައިވާ ގުޅުމަކީ އެކަތި އަނެކަށްޗަށް އަސަރު ފޯރާފައިވާ ގުޅުމެއް ނޫންކަން ހާމަވެގެން ދެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1326
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mariyam Dhumaina.pdf1.25 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.