Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1343
Title: ދިވެހިބަހުގެ ތެރެއަށް އެހެނިހެން ބަސްބަހުގެ ލަފުޒުތައް ބޭނުންކުރުމުގެ ސަބަބުން ބަހަށް ކުރަނީ ކޮން އަސަރެއް؟
Other Titles: Dhivehibahuge thereah ehenihen basbahuge lafuzuthah beynunkurumuge sababun bahah kuranee kon asareh?
Authors: މުޙައްމަދު އުނައިސް
Unais, Mohamed
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: މުޙައްމަދު އުނައިސް. (2017). ދިވެހިބަހުގެ ތެރެއަށް އެހެނިހެން ބަސްބަހުގެ ލަފުޒުތައް ބޭނުންކުރުމުގެ ސަބަބުން ބަހަށް ކުރަނީ ކޮން އަސަރެއް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Unais, M. (2017). Dhivehibahuge thereah ehenihen basbahuge lafuzuthah beynunkurumuge sababun bahah kuranee kon asareh?. Male', Maldives National University.
Abstract: ދިވެހީންނަކީ ޒަމާނުއްސުރެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް އަދި މުޖުތަމަޢަށް ޚާއްޞަ ބަސްކޮށާރެއް ބެނުންކުރަމުން އައި ބައެކެވެ. ނަމަވެސް މިއަދު ދިވެހި މުޖުތަމަޢުން ފެންނަނީ ތަފާތު މަންޒަރެކެވެ. އަދުގެ ޒުވާނުންނާއި ސްކޫލްކުދިންނަށް ރީތި ދިވެހިބަހުން ބަސްމޮށެ އުޅެން މިވަނީ ދަތިވެފައެވެ. ވުމާއެކު ދިވެހީންގެ މި ފަޚުރުވެރި ރީތި ދިވެހިބަސް މިގޮތަށް އުވިގެން ދިއުމަކީ ދިވެހި ކޮންމެ ފަރުދަކުވެސް މިކަމާ ވިސްނަންޖެހޭ ކަމެއް ކަމުގައި ޤަބޫލުކުރެވެއެވެ. ވީމާ ދިވެހިބަސް ހިމާޔަތްކޮށް ދިރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަކީ މުހިންމު ކަމަކަށްވާތީ މިފަދަ ޢިލްމީ ދިރާސާއެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ. މި ދިރާސާއަކީ ދިވެހިބަހުގެ ތެރެއަށް އެހެނިހެން ބަސްބަހުގެ ލަފުޒުތައް ބޭނުންކުރުމުގެ ސަބަބުން ބަހަށް ކުރަނީ ކޮން އަސަރެއްތޯ ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރުމަށްޓަކައި ބަހުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިކޮށްފައިވާނެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި އެހއނިހެން ބަސްބަހުގެ ލަފުޒުތައް ބޭނުންކުރުމުގެ ސަބަބުން ބަހަށް ކުރާ އަސަރާއި ބެހޭގޮތުން ދިވެހި ބަހުގެ ޢިލްމުވެރިންނާއި އިންޓަރވިއުކުރެވި އެފަރާތްތަކުން ދެކޭގޮތް ހިއްސާކުރެއްވިއެވެ. މި ދިރާސާއިން ދިވެހިބަހުގެ ތެރޭގައި އެހެނިހެން ބަސްބަހުގެ ލަފުޒު ބޭނުންކުރުމުގެ ސަބަބުން ބަހަށްކުރަނީ ކޮން އަސަރެއްކަން ފާހަގަކުރެވުނެވެ. އޭގެތެރޭގައި އެހެނިހެން ބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެ ހަމަތަކާއި ޤަވާއިދުގެ ބޭރުން ބޭނުންކުރުމުގެ ސަބަބުން ދިވެހިބަހަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަން ފާހަގަކުރެވުނެވެ. އޭގެ އިތުރުން ދިވެހިބަހުގެ ބަސްކޮށާރަށް ބަސް އިތުރުކުރުމުގައި ދިވެހިންގެ އަޑުތަކާއި ގުޅޭގޮތަށް ބަސްވެއްދުމާއި، ދިވެހިންގެ އަޑުތަކާއި ނުގުޅޭގޮތަށް އެހެނިހެން ބަސްބަހުގެ ލަފުޒުތައް ބޭނުންކުރުމުގެ ސަބަބުން ހުރަސްތަކެއް ހުރިކަން ފާހަގަ ކުރެވުނެވެ. ހަމައެހެންމަ އިނގިރޭސި މީޑިއަމަށް ކިޔަވައިދިނުމުގެ ސަބަބުން ދިވެހިބަސް އުނގެނުމަށާއި، ދިވެހިބަހަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަން މި ދިރާސާއިން ފާހަގަ ކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1343
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Unais.pdf1.5 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.