Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1360
Title: އަޙުމަދިއްޔާ ސްކޫލުގެ ދަރިވަރުން ޕްރީސްކޫލް އުމުރުފުރާ ނިމޭއިރު އެ ދަރިވަރުންގެ މާދަރީބަސް (ދިވެހިބަސް) ތަރައްޤީވެފައި ވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
Other Titles: Ahmadhiyya schooluge dharivarun pre school umurufuraa nimeyiru e dharaivarunge maadhareebas (Dhivehi bas) tharaqqeevefai vane kihaa minvarakah heyyeve?
Authors: އާއިޝަތު އިބްރާހިމްފުޅު
Ibrahim Fulhu, Aishath
Issue Date: 1-Nov-2010
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އާއިޝަތު އިބްރާހިމްފުޅު. (2010). އަޙުމަދިއްޔާ ސްކޫލުގެ ދަރިވަރުން ޕްރީސްކޫލް އުމުރުފުރާ ނިމޭއިރު އެ ދަރިވަރުންގެ މާދަރީބަސް (ދިވެހިބަސް) ތަރައްޤީވެފައި ވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ibrahim, A. (2017). Ahmadhiyya schooluge dharivarun pre school umurufuraa nimeyiru e dharaivarunge maadhareebas (Dhivehi bas) tharaqqeevefai vane kihaa minvarakah heyyeve?. Male', Maldives National University.
Abstract: މިދިރާސާއަކީ އަޙުމަދިއްޔާ ސްކޫލްގެ ދަރިވަރުން ޕްރީސްކޫލް އުމުރުފުރާ ނިމޭއިރު އެދަރިވަރުންގެ މާދަރީބަސް ތަރައްޤީ ވެފައިވާ މިންވަރު ބެލުމުގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒު ކުރެވިފައި ވަނީ އަޙުމަދިއްޔާ ސްކޫލްގެ ޔޫ ކޭ ޖީގައި މިއަހަރު (2010) ކިޔަވަމުންދާ ދަރިވަރުންނަށެވެ. މިދިރާސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު ކަމަކީ އަޙުމަދިއްޔާ ސްކޫލްގެ ޔޫ ކޭ ޖީގައި މިއަހަރު ކިޔަވަމުންދާ ދަރިވަރުންނަކީ މާދަރީ ބަހުގެ ހުނަރުތައް، އެ އުމުރުފުރާގައި ޙާޞިލްވާން ޖެހޭނެ އެންމެ ފުރިހަމައަށް ޙާޞިލް ވެފައިވާ ކުދިންކަމެވެ. މިކުދިންެގެ މާދަރީ ބަހުގެ ހުނަރުތައް މިހާ ފުރިހަމައަށް ޙާޞިލް ވެފައި މިވަނީ ޕްރިސްކޫލު ހިންގަވާ ބޭފުޅުން މާދަރީބަސް ތަރައްޤީ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ނެވެ. އެއީ ސްކޫލްގައި ކުދިންނާ މުއާމަލާތު ކުރުމުގައި މާދަރީބަހުން މުއާމަލާތު ކުރުމާއި ކިޔަވައިދޭއިރު މާދަރީބަހުން ކިޔަވައި ދިނުމާއި ހަތަރު ހުނަރު ކުރިއެރުވުމަށް ދަރިވަރުން ލައްވާ ކުރުވާ މަސައްކަތްތަކުގެ ސަބަބުންނެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ކުޑަކުދިންގެ ބަހުގެ ހުނަރުތައް ތަރައްޤީ ވުމުގައި ތަފާތު މަރުހަލާތަކެއް ކަޑައްތު ކުރާކަމާއި، އެކިހުނަރު ތަރައްޤީވަމުން އަންނަނީ އެކިމިންވަރަށް ކަމެވެ. އަދި މިހުނަރުތައް ތަރައްޤީ ވުމުގައި އެކިކުދިންގެ ޤާބިލްކަން ތަފާތުކަމާއި މާދަރީބަސް ތަރައްޤީ ކުރުމުގައި އެކުދިންގެ ވަށައިގެންވާ މީހުން ވަރަށް މުހިއްމު ދައުރެއް އަދާކުރާކަންވެސް ހާމަވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1360
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Ibrahim Fulhu.pdf1.85 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.