Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1372
Title: ......ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު
Other Titles: Saadhaa jumla aai, koani jumula adhi ekuvi jumula furihamavumugai clause ge dhauru
Authors: ޢާއިޝަތު އިސްމާޢިލު
Ismail, Aishath
Issue Date: 1-Aug-2015
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޢާއިޝަތު އިސްމާޢިލު. (2015). ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު...... މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ismail, A. (2015). Saadhaa jumla aai, koani jumula adhi ekuvi jumula furihamavumugai clause ge dhauru. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރަކީ ކޮބައިތޯ ބެލުމުގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒު ކުރެވިފައި ވާނީ ދިވެހި ބަހުން އެކުލަވާލައިފައިވާ ބައެއް ފޮތްތަކުގައި ހުރި މިފަދަ ޖުމުލަ ތަކުގެ މައްޗަށެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު ކަމަކީ ދިވެހި ބަހުގައި ވެސް ދުނިޔޭގެ އެހެން ބަސްތައް ފަދައިން ސާދާ ޖުމުލަ، އެކުވި ޖުމުލަ އަދި ކޯނި ޖުމުލަ ވެސް އުފެދިފައި ހުންނަނީ ދާދި އެއްގޮތަށް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި މި ޖުމުލަތަކުގައި ކްލޯޒް އަދާކުރާ ދައުރުވެސް އެއްގޮތެވެ. އެހެންނަމަވެސް ޢާންމުކޮށް އިނގިރޭސި ބަހުގައި ސާދާ ޖުމުލައިގެ ކްލޯޒްގެތެރޭގައި އިސްބަޔާއި ޚަބަރުގެ އިތުރުން ވާބް ފްރޭޒް ވެސް އައިސްފައި ހުރެއެވެ. ދިވެހި ބަހުގައިވެސް މިފަދަ ޖުމުލަތައް ހުރިކަން، މި ދިރާސާއިން ހޯދުނެވެ. ނަމަވެސް މިއޢި ދިވެހި ބަހުގައި ޢާންމުކޮށް ސާދާ ޖުމުލަ އުފެދިފައި ހުންނަ އުޞޫލެއް ނޫނެވެ. އަދި މިފަދަ ޖުމުލަތައް އަންނަ އުޞޫލު ހޯދުމަކީ މިދިރާސާގައި ހޯދަން ކަނޑައޅިފައިވާ ބަޔަކަށް ނުވާތީ، އެބަޔަށް ބަލާފައެއް ނުވާނެއެވެ. ހަމަ އެއާއެކު އިނގިރޭސި ބަހާއި ޢަރަބި ބަހުގައި ހުންނަ ފަދަ ކޯނި ޖުމުލައާއި އެކުވި ޖުމުލައިގެ ކްލޯޒްގެ ބައެއް ވައްތަރުތައް ދިވެހި ބަހުން ފެންނަން ނެތްކަން ވެސް މި ދިރާސާއިން ހާމަވިއެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހި ބަހުގައި ސާދާ ޖުމުލަ، ކޯނި ޖުމުލަ އަދި އެކުވި ޖުމުލައިގެ ތެރެއަށްވެސް ނުފެތޭ ފަދަ ޖުމުލަތައް ހުރުމެވެ. އެފަދަ ޖުމުލަތައް ހިމެނިގެންދާނީ ޖުމުލައިގެ ތެރެއިން ކޮން ބަޔަކަށްކަން ކަނޑައަޅަން ނޭގޭ ޖުމުލަވެސް ހުއްޓެވެ. ކޮންމެ މީހަކީ ނުވަތަ ކޮންމެ ކުއްޖަކީ ބަހުގެ ގޮތުން މާމޮޅު ނޫން ފަރާތަކަށް ވެދާނެއެވެ. ނަމަވެސް މިދެންނެވި ފަދައިން ޖުމުލަތައް ކެޓަގަރައިޒް ކުރެވިފައި ހުރުމުން ބަހުގެ އަހުލުވެރިންނަށް ދޭހަވުމަށް ފަސޭހަވެގެން ދާނެއެވެ. އެހެނީ ކޮންމެ ޖުމުލައެއްވެސް އުފެދުމަށްފަހު އެޖުމުލައަކީ ކޮންމެވެސް ކެޓެގަރީއަކަށް ފެތޭ ޖުމުލައަކަށް ވުމީ މުހިންމު ކަމެކެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1372
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Ismail.pdf899.82 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.