Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1374
Full metadata record
DC FieldValueLanguage
dc.contributor.authorޢާއިޝަތު ނަޒުހާ-
dc.contributor.authorNazuha, Aishath-
dc.date.accessioned2018-03-29T08:58:50Z-
dc.date.available2018-03-29T08:58:50Z-
dc.date.issued2017-05-01-
dc.identifier.citationޢާއިޝަތު ނަޒުހާ. (2017). ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationNazuha, A. (2017). B. Dhonfanu schooluge saanavee dharivarun nafee kurumagai gengulhey usoolu. Male', Maldives National University.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1374-
dc.description.abstractމި ދިރާސާއަކީ ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލު ރަނގަޅުނޫން ކަމަށް ފެންނާތީ ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލުތައް ރަނގަޅުތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މިގޮތުން މި ދިރާސާގައި ބަލާލައިފައިވާނީ ނަފީ ކުރުމުގައި ގެންގުޅޭ އުސޫލުތައް ރަނގަޅުތޯ ބެލުމާއި އެކު، ގޯސްކޮށް ނަފީ ކުރަނީ ކިހާ މިންވަރެއްކަން ދެނެގަތުމަށެވެ. އަދި އެއުސޫލުތައް ރަނގަޅުނޫން ނަމަ، ރަނގަޅު އުސޫލުތައް ބ. ދޮންފަން ސުކޫލުގެ ގްރޭޑް 9 އަދި 10ގެ ކުދިންނަށް ބުނެދިނުމަށެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ މިކްސްޑް މެތަޑެއް ބޭނުންކޮށްގެންނެވެ. އެއީ ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް މި ދެ އެޕްރޯޗެވެ. މި ދިރާސާގައި މި ދެ އެޕްރޯޗް ބޭނުންކުރި ސަބަބަކީ މި ދިރާސާ އެންމެ ސައްޙަ ނަތީޖާއެއް ނިކުންނާނީ ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވްކޮށް ގެނެސްދީގެންކަމަށް ފެނުނީމައެވެ. މި ދިރާސާހެދުމަށް ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ގްރޭޑް 9ގެ 8 ދަރިވަރުންނެވެ. އަދި މި ދިރާސާ ކުރުމަށްޓަކައި ސާވޭ ފޯމް އަދި އިންޓަރވިއުވެސް ދިރާސާގެ ބައިވެރިންނާއި ކުރީމެވެ. ހަމައެޔާއެކު، ކިޔަވާ ފޮތްތަކުންވެސް ނަފީ ކުރުމުގެ އުސޫލުތަކާއި ޚިލާފުވެދާނެ ކަމަށް ބަލައި، ގްރޭޑް 9 އަދި 10 ގެ ފޮތްތައްވެސް ބަލާ އެނަލައިޒް ކުރީމެވެ. މި ދިރާސާ ހަދަމުން ދިޔައިރު، ދިމާވި އެންމެ އުނދަގޫ ކަމަކީ މި ދިރާސާއާއި ގުޅޭ އެއްވެސް ދިރާސާއެއް އަދި މިހާތަނަށް ހެދިފައި ނެތުމެވެ. އޭގެ ސަބަބުން، މި ދިރާސާއަށް އެކަށީގެންވާ ވަރަށް މަޢުލޫމާތެއް ނުލިބުނެވެ. ނަމަވެސް އިންޓަރނެޓް އަދި ބައެއް ފޮތްތަކުގެ އެހީގައި މިއާ ގުޅޭ މަޢުލޫމާތު ކޮންމެވެސްވަރަކަށް ލިބުނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އެންމެ ފާހަގަކުރެވުނު ކަންތައްތަކީ، ސުކޫލު ދަރިވަރުންނަށް ނަފީ ކުރުމަކީ ކުރުމުގައި އޮޅުންތަކެއް އެބަހުރި ކަމެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ހުރިހާ ކުދިންވެސް ނަފީ ކުރުމުގެ އުސޫލުތަކަށް ބޯލަނބާކަން ފާހަގަވިއެވެ.en_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University-
dc.titleބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލުen_US
dc.title.alternativeB. Dhonfanu schooluge saanavee dharivarun nafee kurumagai gengulhey usooluen_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Nazuha.pdf2.05 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.