Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1374
Title: ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލު
Other Titles: B. Dhonfanu schooluge saanavee dharivarun nafee kurumagai gengulhey usoolu
Authors: ޢާއިޝަތު ނަޒުހާ
Nazuha, Aishath
Issue Date: 1-May-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޢާއިޝަތު ނަޒުހާ. (2017). ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Nazuha, A. (2017). B. Dhonfanu schooluge saanavee dharivarun nafee kurumagai gengulhey usoolu. Male', Maldives National University.
Abstract: މި ދިރާސާއަކީ ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލު ރަނގަޅުނޫން ކަމަށް ފެންނާތީ ބ. ދޮންފަން ސުކޫލުގެ ސާނަވީ ދަރިވަރުން ނަފީ ކުރުމުގައި ގެންގުޅޭ އުސޫލުތައް ރަނގަޅުތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މިގޮތުން މި ދިރާސާގައި ބަލާލައިފައިވާނީ ނަފީ ކުރުމުގައި ގެންގުޅޭ އުސޫލުތައް ރަނގަޅުތޯ ބެލުމާއި އެކު، ގޯސްކޮށް ނަފީ ކުރަނީ ކިހާ މިންވަރެއްކަން ދެނެގަތުމަށެވެ. އަދި އެއުސޫލުތައް ރަނގަޅުނޫން ނަމަ، ރަނގަޅު އުސޫލުތައް ބ. ދޮންފަން ސުކޫލުގެ ގްރޭޑް 9 އަދި 10ގެ ކުދިންނަށް ބުނެދިނުމަށެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ މިކްސްޑް މެތަޑެއް ބޭނުންކޮށްގެންނެވެ. އެއީ ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް މި ދެ އެޕްރޯޗެވެ. މި ދިރާސާގައި މި ދެ އެޕްރޯޗް ބޭނުންކުރި ސަބަބަކީ މި ދިރާސާ އެންމެ ސައްޙަ ނަތީޖާއެއް ނިކުންނާނީ ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވްކޮށް ގެނެސްދީގެންކަމަށް ފެނުނީމައެވެ. މި ދިރާސާހެދުމަށް ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ގްރޭޑް 9ގެ 8 ދަރިވަރުންނެވެ. އަދި މި ދިރާސާ ކުރުމަށްޓަކައި ސާވޭ ފޯމް އަދި އިންޓަރވިއުވެސް ދިރާސާގެ ބައިވެރިންނާއި ކުރީމެވެ. ހަމައެޔާއެކު، ކިޔަވާ ފޮތްތަކުންވެސް ނަފީ ކުރުމުގެ އުސޫލުތަކާއި ޚިލާފުވެދާނެ ކަމަށް ބަލައި، ގްރޭޑް 9 އަދި 10 ގެ ފޮތްތައްވެސް ބަލާ އެނަލައިޒް ކުރީމެވެ. މި ދިރާސާ ހަދަމުން ދިޔައިރު، ދިމާވި އެންމެ އުނދަގޫ ކަމަކީ މި ދިރާސާއާއި ގުޅޭ އެއްވެސް ދިރާސާއެއް އަދި މިހާތަނަށް ހެދިފައި ނެތުމެވެ. އޭގެ ސަބަބުން، މި ދިރާސާއަށް އެކަށީގެންވާ ވަރަށް މަޢުލޫމާތެއް ނުލިބުނެވެ. ނަމަވެސް އިންޓަރނެޓް އަދި ބައެއް ފޮތްތަކުގެ އެހީގައި މިއާ ގުޅޭ މަޢުލޫމާތު ކޮންމެވެސްވަރަކަށް ލިބުނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އެންމެ ފާހަގަކުރެވުނު ކަންތައްތަކީ، ސުކޫލު ދަރިވަރުންނަށް ނަފީ ކުރުމަކީ ކުރުމުގައި އޮޅުންތަކެއް އެބަހުރި ކަމެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ހުރިހާ ކުދިންވެސް ނަފީ ކުރުމުގެ އުސޫލުތަކަށް ބޯލަނބާކަން ފާހަގަވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1374
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Nazuha.pdf2.05 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.