Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1381
Title: އަލްސުލްޠާން މުހައްމަދު ޝަމްސުއްދީން (3) ރަސްކަމުން އަޒުލު ކުރެވުނީ ކީއްވެ؟
Other Titles: Al'sult'aan Mohamed Shamsudheen (3) raskamun azulu kurevunee kaahve?
Authors: ޝަރީފާ ހަސަން
Hassan, Shareefa
Issue Date: 1-Nov-2010
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޝަރީފާ ހަސަން. (2010). އަލްސުލްޠާން މުހައްމަދު ޝަމްސުއްދީން (3) ރަސްކަމުން އަޒުލު ކުރެވުނީ ކީއްވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Hassan, S. (2010). Al'sult'aan Mohamed Shamsudheen (3) raskamun azulu kurevunee kaahve?. Male', Maldives National University.
Abstract: މިދިރާސާއަކީ 20 ވަނަ ގަރުނުގައި ދިވެހިރާއްޖޭގެ ތަޚުތު ފަޅުފިލުވައި ދެއްވި ރަސްކަލެއް ކަމަށްވާ އަލްސުލްޠާން މުހައްމަދު ޝަމްސުއްދީން (3) ދެވަނަ ފަހަރަށް ރަސްކަމުން އަޒުލު ކުރެވުނީ ކީއްވެތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާއިން އެނގުނު ގޮތުގައި އަލްސުލްޠާން މުހައްމަދު ޝަމްސުއްދީން (3) ގެ 32 އަހަރުގެ ދިގު ރަސްކަމަށް ނިމުމެއް ގެނެވިފައިވަނީ އެރަދުންގެ ރަސްކަމުގެ ފަހުކޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އަތިރިގޭ އާއިލާގެ ބޭފުޅުންނާ ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ. މިގޮތުން އަލްއަމިރު ހަސަން އިއްޒައްދީނުގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން އަތިރިގޭ އާމިނަތު އަމީނާއާ ކުރެވުނު ކައިވެނިފުޅު ރޫޅުމާއި އަދި ކިޔަވާވިދާޅުވެގެން ތިއްބެވި އަތިރިގޭ އާއިލާގެ ބޭފުޅުން ވެރިކަމުގެ ބާރު ހޯއްދަވަންވެގެން ޝަމްސުއްދީން ރަދުންގެ ދެބަފައިކަލުންނާ އިދިކޮޅު ހަރަކާތްތަކެއްވަނީ ހިންގަވާފައެވެ. މީގެއިތުރުން އަލްއަމިރު ހަސަން އިއްޒައްދީނުގެ ބަދުއަޚްލާގީ މައްސަލަތަށް އަތިރިގޭ އާއިލާއަށް ނިސްބަތްވާ ބޭފުޅުން ރައްޔިތުންނަށް ހާމަކުރެއްވިއެވެ. މިކަންތަކާއި ގުޅިގެން އަލްއަމިރު ހަސަން އިއްޒައްދީނުގެ އަމަލުތަށް ހުރިގޮތުން ދަރިކަލުން ހަސަން އިއްޒައްދީނަށްޓަކައި ރަސްކަން ގުރުބާން ކުރައްވަން ޝަމްސުއްދީން ރަދުންނަށް މަޖުބޫރުވީއެވެ. މިގޮތުން ޤާނޫނާއި ޚިލާފަށް ބަނޑޭރިގެއަށް ވަޑައިގަތެވެ. އެހެންކަމުން ޤާނޫނާއި ޚިލާފުވިކަމުގެ ކުށުގައި އޭރުގެ އޮތް ރައްޔިތުންގެ މަޖުލީހުން ޝަމްސުއްދީން ރަދުން ރަސްކަމުން އަޒުލުކުރިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1381
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shareefa Hassan.pdf914.24 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.