Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1387
Title: ދިވެހިރާއްޖޭގައި ކުރަމުންއައި ރަސްކަން އުވި ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްފަހު ޖުމްހޫރިއްޔާ އުވާލައި އަލުން ރަސްކަމަކަށް ބަދަލުވާން ދިމާވި ސަބަބުތައް
Other Titles: Dhivehiraajjeygai kuramun ai raskan uvi jumhooriyyaa akah badhaluvumahfahu jumhooriyyaa uvaalai alun raskamah badhaluvaan dhimaavi sababuthah
Authors: ޝަމީލާ މުރާދު
Muradh, Shameela
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޝަމީލާ މުރާދު. (2017). ދިވެހިރާއްޖޭގައި ކުރަމުންއައި ރަސްކަން އުވި ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްފަހު ޖުމްހޫރިއްޔާ އުވާލައި އަލުން ރަސްކަމަކަށް ބަދަލުވާން ދިމާވި ސަބަބުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Muradh, S. (2017). Dhivehiraajjeygai kuramun ai raskan uvi jumhooriyyaa akah badhaluvumahfahu jumhooriyyaa uvaalai alun raskamah badhaluvaan dhimaavi sababuthah. Male', Maldives National University.
Abstract: މިދިރާސާ އަކީ ދިވެހިރާއްޖޭގައި ކުރަމުންއައި ރަސްކަން އުވި ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްފަހު ޖުމްހޫރިއްޔާ އުވާލައި އަލުން ރަސްކަމަކަށް ބަދަލުވާން ދިމާވި ސަބަބުތަކަކީ ކޮބައިކަން ހޯދުމުގެގޮތުން ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ކޭސް ސްޓަޑީއަކަށް ވީއިރު މި ދިރާސާ ހަދާފައިވަނީ ރަސްކަންއުވި ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ދެމެދު ހިނގާދިޔަ މުހިންމު ކަންތައްތައް ހޯދުމަށް ފަހުގައެވެ. މިދިރާސާ ހަދާފައިވަނީ ކޮލިޓޭޓިވް އެނަލިސިސް މެތަޑު ބޭނުން ކޮށްގެންނެވެ. މި ދިރާސާއިން ހާމަވާ ގޮތުގައި ރަސްކަމުގެ ފަހު ދުވަސްކޮޅާއި ޖުމްހޫރީ ވެރިކަން އުފެދުމާއި އުވުމުގައި ބޮޑެތި ހާދިސާތަކެއް ހިނގާފައި ވާކަން ފާހަގަކުރެވެއެވެ. އަދި ހިނގާފަހުރި ހުރިހާ ކަމެއްވެސް ހިނގާފައިވަނީ ރަސްކަމުގެ ތެރޭގައި އުޅުއްވާ ބޮޑުންގެ ފަރާތުންކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި އެންމެގިނަ ކަންކަން ހިނގާފައިވަނީ މުޙައްމަދު ސަމްޝުއްދީންގެ ރަސްކަމުގެ ދުވަސްވަރުގައިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގާނޫނު އަސާސީ އުފައްދައި އުވާލުމާއި އަދި އެރަސްގެފާނުންގެ އާއިލާގެ ފަރާތުން ފެނިގެންދިޔަ ބޮޑެތި ކަންކަން ފާހަގަ ކުރެވުނެވެ. އަދި ހަމައެހެން ރަސްކަން އުވާލައި ޖުމްހޫރިއްޔަތެއް ޤާއިމް ކުރުމުގައި މުޙައްމަދު އަމީން ބޮޑު ދައުރެއް އަދާކޮށްފައި ވާކަން ފާހަގަ ކުރެވުނެވެ. އަދި ޖުމްހޫރިއްޔާ އުވާލުމުގައި އެންމެބޮޑު ރޯލެއް ކުޅުނީ އަމީންދީދީގެ އަރިހުގައި އުޅުއްވި އެންމެގާތް ބޭފުޅުން ކަމާއި، އަދި އާއިލާގެ ބޭފުޅުންގެ ބޮޑު ދައުރެއް އޮތްކަން މިދިރާސާއިން ހާމަވެފައި ވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1387
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shameela Muradh.pdf862.5 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.