Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1427
Title: ދިވެހިބަހުގެ ތެރެއަށް ބޭރުބަސްބަހުގެ ލަފުޒުތައް ވެއްދުމާއިމެދު ދިވެހިން ދެކެނީ ކިހިނެއް ހެއްޔެވެ؟
Other Titles: Dhivehibahuge thereah beyrubasbahuge lafuzuthah vedhdhumaai medhu dhivehin dhekeneee kihineh heyyeve?
Authors: އާމިނަތު މޫމިނާ
Moomina, Aminath
Issue Date: 1-Dec-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އާމިނަތު މޫމިނާ. (2017). ދިވެހިބަހުގެ ތެރެއަށް ބޭރުބަސްބަހުގެ ލަފުޒުތައް ވެއްދުމާއިމެދު ދިވެހިން ދެކެނީ ކިހިނެއް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Moomina, A. (2017). Dhivehibahuge thereah beyrubasbahuge lafuzuthah vedhdhumaai medhu dhivehin dhekeneee kihineh heyyeve?. Male', Maldives National University.
Abstract: ދުނިޔޭގެ އެހެން ބަސްބަހެކޭ އެއްފަދައިން ދިވެހިބަހުގެ ތެރޭގައިވެސް އެހެން ބަސްބަހުގެ ލަފުޒުތައް އެބަހުއްޓެވެ. އަދި މިގޮތަށް ބަހުގެ ތެރެއަށް ބޭރުގެ ލަފުޒުތައް ވެއްދުމަކީ މީހުންގެ މެދުގައި ޚިޔާލުތަފާތުވުން އޮތްކަމެއް ކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ. މި ގޮތުން ބައެއް މީހުން ދެކޭގޮތުގައި މިއީ ބަސްމުއްސަނދިވާ ކަމެކެވެ. އަނެއްބައެއްގެ ޚިޔާލު މިއާއި މުޅިން ތަފާތެވެ. ވުމާއިއެކު މި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ތެރެއަށް ބޭރު ބަސްބަހުގެ ލަފުޒުތައް ވެއްދުމައިމެދު ދިވެހިން ދެކޭގޮތް ބެލުމެވެ. އެގޮތުން އެކި އުމުރުފުރައިގެ މީހުން މިކަމާއިމެދު ދެކޭގޮތާއި އެކި ޖިންސުގެ މީހުން މިކަމާއިމެދު ދެކޭގޮތް ބެލުމަށް މި ދިރާސާގެ އަލީގައި މަސައްކަތް ކޮއްފައި ވާނެއެވެ. މި ދިރާސާ ހަދާފައި މިވަނީ ކުއަންޓިޓޭޓިވް މެތަޑަށެވެ. އަދި މި ދިރާސާ ހެދުމަށް ބޭނުންކޮށްފައި ވާނީ ސާރވޭ ޑިޒައިނެކެވެ. މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިންޑަކްޓިވް އެޕްރޯޗެއް ބޭނުން ކުރެވުނެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމުގައި ތަފާތު ހަތަރު އުމުރުފުރައެއްގެ މީހުނާއި އަދި ދެޖިންސުގެ މީހުންނަށް ސަމާލުކަން ދެވިފައިވާނެއެވެ. މި ދިރާސާގެ ރިޕޯޓް ހުށައަޅާފައިވާނީ 6 ބާބުގެ މައްޗަށް ބަހާލައިގެނެވެ. މި ދިރާސާގެ ހޯދުންތަކުން ހާމަވި ގޮތުގައި ދިވެހިބަހުގެ ތެރެއަށް ބޭރުބަސްބަހުގެ ލަފުޒުތައް ވެއްދުމަކީ އޭގެ ސަބަބުން ބަހަށް މުއްސަނދިކަން ލިބޭނެ ކަމެއް ނޫންކަމުގައި ބައިވެރިން ދެކެއެވެ. އަދި މިއީ ބަސް މަރުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ގަބޫލުކުރެއެވެ. އަދި މިކަމުގައި އެކި އުމުރުފުރައިގެ މީހުންވެސް ދެކެނީ މިގޮތަށެވެ. އަދި ދެޖިންސުގެ މީހުންވެސް ދެކެނީ ހަމަ މިގޮތަށެވެ. ވުމާއިއެކު މި ދިރާސާއިން ހާމަވީ މިގޮތަށް ދެކުމުގައި އުމުރާއި ޖިންސާއި ތަފާތެއް ނެތްކަމެވެ. މި ދިރާސާއަކީ ބަހާއި ގުޅުންހުރި މަސަތްކަތްތައް ކުރާ ފަރާތްތަކައް މީގެ ސަބަބުން އިތުރު މަޢުލޫމާތު ތަކެއް ލިބިގެންދާނޭ ދިރާސާއެއްކަމުގައި ދެކެމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1427
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aminath Moomina.pdf1.43 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.